އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ބަނދަރު ހެދުމުގެ މަޝްރޫޢު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ރަސްމީކޮށް ފަށްޓަވައިދެއްވާނެއެވެ. މިއަދު ހަވީރު 5 ޖަހާއިރު އޮންނަ މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވާގޮތަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ ފާޠިމަތު އިބްރާހީމް، މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.