ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ހުސްވެފައިވާ މެންބަރުކަމަށް ޢައްޔަނު ކުރެއްވުމަށްޓަކައި، ޤާނޫނު ނަންބަރު 5/2008‏‏ (ފުލުހުންގެ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން، ޢާންމުކޮށް އިޢުލާނު ކުރެއްވުމުން، އެކަމަށް އިޖާބަ ދެއްވި ބޭފުޅުންގެ ތެރެއިން ‏‏ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ދެ ބޭފުޅުންގެ ނަންފުޅު، ރައީސުލްޖުމްހޫރިއްޔާ ‏‏ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފިއެވެ. ‏

މިގޮތުން ހުށަހެޅުއްވި ދެ ބޭފުޅުންގެ ނަންފުޅު ތިރީގައި މިދަންނަވަނީއެވެ.
1. އަލްފާޟިލް އާދަމް ސަޢީދު މޫސާ ދަފްތަރު. ނަންބަރު ދރ. 5831
2. އަލްއުސްތާޛާ ފާޠިމަތު މިންޙަތު ޢިއްޒަތު ގ. ގޮފި