އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންގެ ތެރެއިން ދެ މެންބަރެއްގެ މަގާމުގެ މުއްދަތު 2014 ނޮވެންބަރު 24 ގެ ނިޔަލަށް ހަމަވާތީ، އެ ދެ މަގާމަށް މެންބަރުން ޢައްޔަން ކުރެއްވުމަށް، ޤާނޫނު ނަންބަރު 2008/8 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު)ގެ 4 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން، ޢާންމުކޮށް އިޢުލާނު ކުރެއްވުމުން، އެކަމަށް އިޖާބަ ދެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ތިން ބޭފުޅެއްގެ ނަންފުޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ރައްޔިތުންގެ މަޖިލީހަށް މިއަދު
ހުށަހަޅުއްވައިފިއެވެ.

މިގޮތުން ހުށަހެޅުއްވި ތިން ބޭފުޅުންގެ ނަންފުޅު ތިރީގައި މިދަންނަވަނީއެވެ.
1. އަލްފާޟިލް ޢާސިމް ޢަބްދުއްސައްތާރު ބ.އޭދަފުށި/ހަތިހާ
2. އަލްފާޟިލާ ޢާއިޝަތު ޙަފީޡް ނ.ވެލިދޫ/އާހިޔާ
3. އަލްފާޟިލް އަމްޖަދު މުޞްޠަފާ ގއ.މާމެންދޫ/އަލިވާގެ

މިކަމަށް އިޖާބަ ދެއްވި އެހެން ހުރިހާ ބޭފުޅުންގެ ނަންފުޅުތައްވެސް، އެ ޤާނޫނުގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައެވެ.