ތުރުކީގެ ބޮޑުވަޒީރު، ރެކެޕް ތައްޔިބް އެރްތުޤާން، އެޤައުމުގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން، އެމަނިކުފާނު ރައީސްކަމުގެ ހުވާކުރެއްވުމަށް ބާއްވަވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، އަންގާރަދުވަހު ތުރުކީއަށް ފުރާވަޑައިގެންފިއެވެ.

އޯގަސްޓް މަހުގެ 10 ވަނަ ދުވަހު ތުރުކީގައި ބޭއްވުނު ރިޔާސީ އިންތިޚާބު، ރެކެޕް ތައްޔިބް އެރްތުޤާން، ކާމިޔާބުކުރައްވައި، އެޤައުމުގެ 12 ވަނަ ރައީސަކަށް ވެވަޑައިގަތުމުގެ ހުވާ ކުރެއްވުން އޮންނާނީ، 28 އޯގަސްޓްވާ ބުރާސްފަތި ދުވަހު އަންކާރާގައެވެ.