ފުލުހުންގެ ޤާނޫނުގެ 54 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ފުލުހުންގެ ދައުރު އަދާކުރުމުގެ އެންމެހާ ކަންތައްތައް ރާވައި، ދުވަހުން ދުވަހަށް ހިންގައި ބެލެހެއްޓުމުގައި ކޮމިޝަނަރ އޮފް ޕޮލިސްއަށް އެހީތެރިވެދިނުމަށްޓަކައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް މީހަކު ނުވަތަ ބަޔަކު ޢައްޔަންކުރަންވާނެކަމަށް ބަޔާންކޮށްފައިވާތީ، ފުލުހުންގެ ޤާނޫނުގެ 54 ވަނަ މާއްދާގެ (ށ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް، ދަފްތަރު ނަންބަރު 6613 މުޙައްމަދު ޞާދިޤު، ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަން ކުރައްވައިފިއެވެ.

މުޙައްމަދު ޞާދިޤު މިހާތަނަށް ހުންނެވީ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައެވެ.


.