‏ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 86 ވަނަ މާއްދާގެ (ހ)ގެ ދަށުން، ‏‏ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުކަމަށް މާފަންނު ބާރަނާގޭ، އަލްފާޟިލާ މަރްޔަމް މުނާ ‏‏ޢަބްދުއްރަޙީމް ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަން ކުރައްވައިފިއެވެ. މެންބަރުކަމަށް ޢައްޔަން ‏‏ކުރެއްވިކަމުގެ ލިޔުން، މަރްޔަމް މުނާއާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު ‏‏މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.‏

ވަޒީފާއާބެހޭ ޓްރައިބިނަލުގެ މެންބަރު ކަމަށް މަރްޔަމް މުނާ ޢައްޔަން ކުރެއްވުމުގެ ‏‏ކުރިން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފުގެ ‏‏ކުރިފުޅުމަތީގައި މެންބަރުކަމުގެ ޤާނޫނީ ހުވާ އެކަމަނާ ކުރެއްވިއެވެ.‏