ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އާދިއްތަ ދުވަހު ހެނދުނު ސޫޖޯއަށް ވަޑައިގެން، އެރަށުގައި ހުންނަ ކަލްޗުރަލް އެންޑް އާރޓްސް ސެންޓަރަށް ޒިޔާރަތް ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އެ ސެންޓަރަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ސޫޖޯ އިންޑަސްޓްރިއަލް ޕާރކް (އެސް.އައި.ޕީ) ގެ ވައިސް ޗެއަރ މެޑަމް ސުން ޔަންޔަންއެވެ. އަދި އެ ސެންޓަރާ ބެހޭ ފުރިހަމަ މަޢުލޫމާތު އެކަމަނާ ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.
ސޫޖޯ ކަލްޗުރަލް އެންޑް އާރޓްސް ސެންޓަރަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މި ޒިޔާރަތުގައި އެމަނިކުފާނުގެ ސޮއި ކުރައްވާފައިވާ ދިވެހި އަތުލިޔުއްވުމެއް އެ ސެންޓަރަށް ހަދިޔާ ކުރެއްވިއެވެ.