ޗައިނާގެ ނަންޖިންގައި ހޮނިހިރު ދުވަހު ފެށުނު ދެވަނަ އޮލިމްޕިކް ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބައިވެރިވެވަޑައިގަންނަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ނަންޖިންގ އޮލިމްޕިކް ސްޓޭޑިއަމަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ޗައިނާގެ ރައީސް ޝީ ޖިންޕިންގއެވެ.
ޗައިނާގެ ރައީސްގެ ދަޢުވަތުދެއްވައިގެން މި ރަސްމިއްޔާތަށް ވަޑައިގެންނެވި ދުނިޔޭގެ ބައެއް އިސްވެރިންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، އ.ދގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން އާއި ސިންގަޕޫރުގެ ރައީސް ތޯނީ ތަމް ކެންގ ޔަމް ހިމެނިވަޑައިގަންނަވައެވެ.