بســم اللّـه الرّحمـن الرّحيــم

‎ ‎اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيدنا محـمَّدٍ، خاتم الأنبياء ‏والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين. ‏

‏ލޮބުވެތި ކިޔަވާ ކުދިން، މި ޖަލްސާއަށް ވަޑައިގެންނެވި އެންމެހާ ޢިއްޒަތްތެރި ‏‏ޖަލީސުން، މައިންބަފައިން.‏

السّــلام عليــكم ورحـمــة اللّـه وبـركاتـه،

‏އާދެ! މިރޭ މި އުފާވެރި ޙަފްލާގައި، މަދްރަސާ ކުދިންގެ އެކިއެކި ކުޅިވަރު ‏‏މުބާރާތްތަކުން ރަން ވަނަތައް ޙާޞިލުކުރި ކުދިން، އެކުދިންގެ އަގު ވަޒަންކުރުމުގެ ގޮތުން، ‏‏މިޖަލްސާ ބާއްވަވައިދެއްވި ކަމަށްޓަކައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް، ސްކޫލް ސިސްޓަމަށް، ‏‏ތިޔަ ހުރިހާ ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކީ މަރްޙަބާ ދަންނަވަން. ‏

‏އަޅުގަނޑުމެންނަށް ޢާންމުކޮށް ފެނިގެން މިދަނީ، މަދްރަސާގެ މަދްރަސީ ޙަޔާތް، ‏‏ނޫނީ ކިޔެވުމުގެ ތެރެއިން ރަން ވަނަ ހޯދާ ކުދިންގެ އަގު ވަޒަން ކުރުމަށް ބޭއްވޭ ޖަލްސާތައް. ‏‏ޝައްކެއްވެސްނެތްގޮތުގައި، އެއީ އެންމެ މުހިންމު ޖަލްސާތައް. އެންމެ މުހިންމު ޙަފްލާތައް. ‏‏އެހެންނަމަވެސް، އެޔާއެކީ ހަމަ އެހާ މުހިންމު ކަމެއް ދޭންޖެހޭ ކަމެއް، ކުދިންގެ ކުޅިވަރާއި، ‏‏ކުދިންގެ ޓެލެންޓާއި އަދި ކުދިންގެ މުނިފޫހިފިލުވުމުގެ މަސައްކަތުގެ ތެރެއިން، އެކުދިންގެ ‏‏ފަންނު އެކުދިން ދައްކަން ކުރާ މަސައްކަތް ފާހަގަކުރުމަކީ، މަދްރަސާ ސިސްޓަމެއްގެ ތެރެއިން، ‏‏ސްކޫލް ސިސްޓަމެއްގެ ތެރެއިން ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް. އެހެންވީމާ، މިގޮތަށް އަލަށް ‏‏ކަލަރޒް އިވެންޓެއްގެ ގޮތުގައި، ކަލަރޒް އެވޯޑް ޖަލްސާއެއްގެ ގޮތުގައި މިކަން ފާހަގަކުރައްވަން ‏‏އެޑިޔުކޭޝަން މިނިސްޓްރީން ނިންމަވައި އަދި މަދްރަސާތަކާ ގުޅިގެން މި ޖަލްސާ ‏‏ބާއްވަވައިދެއްވި ކަމަށްޓަކައި އެޑިޔުކޭޝަން މިނިސްޓަރަށް ޝުކުރު ދަންނަވަން. ސްކޫލްތަކުގެ ‏‏ހުރިހާ ފަރާތްތަކަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. ‏

‏އަދި އެޔާއެކީ މިރޭގެ މި އުފާވެރި ޙަފްލާގައި އަޅުގަނޑު ހަމަ ދަންނަވާލަން ‏‏ބޭނުންވަނީ، ވަރަށް ތަފާތު ޓެލެންޓް، ވެރައިޓީ ޝޯތަކެއް، ވެރައިޓީ އައިޓަމްތަކެއް ‏‏ހުށަހަޅުއްވައިދެއްވީ. އެކަމަށްޓަކައި އިސްކަންދަރު ސްކޫލްގެ މުދައްރިސުންނަށް އަދި މި ‏‏އައިޓަމްތައް ހުށަހަޅައިދިން ލޯބިލޯބި ހުރިހާ ކިޔަވާ ކުދިންނަށް ވަރަށް ބޮޑަށް ހިތްވަރުދީ، ‏‏ތިޔަކުދިންނަށް މަރްޙަބާ ކިޔަން. ‏

‏އާދެ! އަޅުގަނޑު މިރޭ ތިޔަކުދިންނާ ވާހަކަ ދައްކާއިރު، މާބޮޑެތި ތަފްޞީލުތަކަކަށް ‏‏ނުދާނަން އެއްގޮތަކަށްވެސް. ކީއްވެގެންތޯ ކުޅިވަރު ކުޅެން ޖެހެނީކީ. އެހެން ނަމަވެސް، ‏‏ގަބޫލުކުރަންޖެހޭ އެއްޗަކީ، އަބަދުވެސް ބުނާނެ، ކުދިން ކައިރީގައި ބުނާނެ، [ހުރިހާ ކުދިން ‏‏ކިޔަވައިގެން މޮޅު ކުދިންނަށްވާށޭ.] ‏Life is not complete without schooling‏ ‏‏އަހަރުމެންނަކަށް ޙަޔާތުގައި ފުރިހަމަކަމެއް ނުލިބެއޭ، ނުކިޔަވާ، ކިޔެވުމަކާނުލާ. ‏
‏ ‏And certainly, certainly life is shortcoming.‎‏ ‏
‏ނޫނީ‏
school system is shortcoming without sporting.‎‏ ‏
‏ސްކޫލްގައި ކިޔަވާކަމަށްވަންޏާ، ސްކޫލްގެ ތެރޭގައި، އެކިއެކި ކުޅިވަރުގެ ‏‏ޙަރަކާތުގައި، ޓެލެންޓްގައި، ރިކްރިއޭޝަންގައި، ކުޅިވަރުގައި ބައިވެރިނުވާ ކަމަށްވަންޏާ، ‏‏ހޯލްސަމް ކުއްޖެއް އުފައްދަން ކުރާ މަސައްކަތެއް ނުކުރެވޭ. އެހެންވީމާ،‏
Life is complete with schooling.‎
Schooling is complete certainly with sporting. ‎
‏ އެހެންވީމާ، ކުޅިވަރު ކުޅުމަކީ ކޮންމެހެންވެސް، ކޮންމެ ސްކޫލް ކުއްޖަކު އެކަމަށް ‏‏ލޯބިކުރަންޖެހޭ، އެކަމަށް ޝައުޤުވެރިވާންޖެހޭ ކަމެއް. ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައި، ‏‏ކުދިންގެ ހަށިގަނޑުގެ ތަރުބިއްޔަތާއި، ކުދިންގެ ޓީމްވަރކާއި އަދި މިކަހަލަ އެތައް އަގުހުރި ‏‏ސިފަތަކެއް، ކިޔަވައިދިނުމުގެ ތެރެއިން، ކުޅިވަރުގެ ޙަރަކާތްތަކުގެ ތެރެއިން ކުދިންނަށް ‏‏އަށަގަންނަ ކަމަށް މިނިސްޓަރ އެ ވިދާޅުވީ. ޝައްކެއްވެސްނެތްގޮތުގައި، ހަމަ ވަރަށް ތެދު، ‏‏ވަރަށް ރަނގަޅު ވާހަކަފުޅުތަކެއް އެ ވިދާޅުވީ. އެޔާއެކުވެސް ހަމަ ގަބޫލުކުރަންޖެހެނީ، މަދްރަސާ ‏‏ކުދިން ކިޔަވަނީވެސް މޮޅުވާން. މަދްރަސާ ކުދިން ކުޅެނީވެސް މޮޅުވާން. ‏Competitiveness‏ ‏‏ކޮންމެ ކުއްޖަކު، އަނެއް ކުއްޖާއަށްވުރެ މޮޅުވާންޖެހޭނެ. މަދްރަސާއެއްގައި ފާހަގަކުރާ މިކަހަލަ ‏‏ކޮންމެ އިޙްތިފާލެއްގައި، އަހަރުމެން ފާހަގަކުރަނީ، އުންމީދު، ވަނަތައް ޙާޞިލުކުރުން، ‏‏ހިތްވަރުދިނުން. ހިތްވަރު މިދެނީ މިރޭގެ އިވެންޓްގައި، ކުޅިވަރުގެ ޙަރަކާތްތަކުން ރަން ވަނަތައް ‏‏ނުލިބުނު ކުދިންނަށް. އުންމީދު އޮތީ ތިޔަކުދިން ތިޔަކުރާ މަސައްކަތުން ތިޔަކުދިން ދާން ‏‏ބޭނުންވާ ދާއިރާއެއްގެ ކުރިބޯށްޓާ ހަމައަށް ދިޔުމަށްޓަކައި. އަދި މަރްޙަބާ ކިޔަނީ، މިރޭ ރަން ‏‏ވަނަތައް ޙާޞިލު ކުރި ކުދިންނަށްޓަކައި. ‏

‏އެމެރިކާގައި އެންމެ މަޝްހޫރު ކުޅިވަރަކީ، ޝައްކެއްވެސްނެތްގޮތުގައި ބޭސްބޯލް. ‏‏ދެންމެ މައިލޯގެ ޑިސްޕްލޭގައި އަހަރުމެނަށް ފެނިގެންދިޔައީ. އެމެރިކާގައި ސްކޫލްގައި، ކޮލެޖް ‏‏ސިސްޓަމްގައި ބޭސްބޯލް ކުޅުމަކީ، ކޮންމެ ކުއްޖަކު ކުޅެން ބޭނުންވާ ކަމެއް. އަދި އޭގެއިތުރުން ‏‏ވިނިންގ ސްކޯރ ހޯދުމަށްޓަކައި ހޯމްރަނެއް ޖެހުމަކީ ކޮންމެ ކުއްޖަކު ބޭނުންވާ ކަމެއް. ‏‏ދިވެހިރާއްޖޭގައި ފުޓްބޯޅަ ކުޅޭ ކުދިން، ހަމަ ކޮންމެ ކުއްޖަކު ޢަލީ އަޝްފާޤަކަށް ވާން ‏‏ބޭނުންވާނެ. ޤައުމީ ޓީމުގެ ޖަރޒީލުމަކީ ކުޅިވަރުގެ ދާއިރާގައި ހަމަ ކުރިބޯށްޓާ ހަމަޔަށް ދިޔުން. ‏‏ކޮންމެ ކުއްޖެއްގެ އުންމީދަކަށްވާންވާނީ، ކޮންމެ ކުއްޖެއްގެ އެކޮމްޕްލިޝްމަންޓަކަށް، ޑްރީމަކަށް ‏‏ވާންވާނީ، އެކުއްޖަކީ ޤައުމީ ދިދަ ހިއްލާލައި، ޤައުމީ ސްކޮޑްގައި ދިވެހިރާއްޖެ ތަމްސީލު ކުރަން ‏‏ބޭރުގެ ބައިނަލްއަޤްވާމީ އެކިއެކި މުބާރާތްތަކުގައި މިދާ ސްކޮޑްގެ ތެރެއިން ހިމެނިގެންވުން. މިރޭ ‏‏މި ވަނަތައް ޙާޞިލުކުރި ކުދިންގެ އުންމީދަކަށްވާންވާނީ، އެހިސާބަށް ތިޔަކުދިން ދިޔުން. ‏

‏އެހެން ނަމަވެސް، އެޔާއެކީވެސް ބުނެލަންޖެހޭ ވާހަކައެއްވެސް އެބައޮތް. އަހަރުމެން ‏‏އަބަދުވެސް މަދްރަސާ ކުދިން ގާތުގައި މި ބުނަނީ، [މަންމަގެ އުނގުން ކަށްވަޅާ ހަމައަށް ‏‏ދަންދެން ކިޔެވުމުގެ ފުރްޞަތު އެބައޮތޭ، ކިޔަވަންވާނޭ.] އެހެން ނަމަވެސް، ތަފާތަކީ ‏‏ކުޅިވަރުގައި، ކުޅިވަރުގައި ތަފާތަކީ ކަށްވަޅާ ހަމައަށް ދާން ކުޅިވަރު ކުޅެން މަސައްކަތް ނުކުރާތި ‏‏އެއްވެސް ކުއްޖަކު. އެއީ، ވަރަށް ވޭންއަޅާނެ ކަމެއް. އެހެންވީމާ، ކުޅިވަރު ކުޅެވޭނީ، ‏‏ތިޔަކުދިންގެ ސްޓެމިނާއާއި، ތިޔަކުދިންގެ ޔޫތު، ތިޔަކުދިންނާއެކީ އޮންނައިރެއްގައި. އެހެންވީމާ، ‏‏މަދްރަސީ ދައުރުގައި ކުޅިވަރަށް ތިޔަކުދިންގެ ޝައުޤުވެރިކަން ނެތްކަމަށްވަންޏާ،‏
You are missing a lot ‎‏ ‏‎ ‎

‏ އެހެން ނަހަދާ، ކުޅިވަރު ކުޅެންވާނެ. ކުޅިވަރު ކުޅުމަކީ އެއްގޮތަކަށްވެސް ‏‏މަދްރަސާގެ ކިޔެވުމުގައި ޓައިމް ޓެކްސްވާ ކަމެއް ނޫން. ކޮންމެ ކުއްޖަކަށް މަދްރަސާގެ ‏‏މުދައްރިސުން ނަގައިދޭ ފިލާވަޅުތަކުގެ އިތުރުން، އެންމެ ރަނގަޅަށް ކުއްޖާއަށް ދަސްކޮށްދޭ ‏‏ކަމަކީ، ޓައިމް މެނެޖް ކުރަން ދަސްކުރުން. އެކުއްޖަކަށް ލިބޭ ވަގުތު ބަހާލައިގެން އެކިކަންކަމަށް، ‏‏އެ ބަހާލައި، ވަގުތު ބޭނުންކުރަން ދަސްކޮށްދިނުން. އެކަންކުރަންޖެހޭ ސަބަބަކީ، އެކުއްޖާ ‏‏ބޮޑުމިވަނީ އެކުއްޖާ ދިރިއުޅޭނެ ވެށްޓަކަށް، އަމިއްލަ ބޮޑެތި ޒިންމާތަކެއް އުފުލާ ކުއްޖަކަށްވާން.‏

‏ އަހަރުމެންގެ މިރޭގެ މި ޕްރޮގްރާމްގައި، މަދްރަސާ ކުދިންގެ މިހާ ކަލަރފުލް ‏‏އިވެންޓެއް އަޅުގަނޑުމެންނަށް ހުށަހަޅައިދިނުމަށްޓަކައި، އަދި މިކަން ކޮށްދެއްވުމަށްޓަކައި ‏‏ނެސްލޭ މައިލޯގެ ފަރާތުން ވަރަށް ބޮޑެތި ހޭދަތަކެއް އަޅުގަނޑުމެންނަށް ކޮށްދެއްވި. މިރޭގެ މި ‏‏ޙަފްލާގައި ނެސްލޭ މައިލޯގެ މެނޭޖްމަންޓްގެ އިސްބޭފުޅުން އެބަތިއްބެވި. މަދްރަސާ ކުދިންގެ ‏‏ފަރާތުން، ސްކޫލް ސިސްޓަމްގެ ފަރާތުން އަދި ދިވެހި ދައުލަތުގެ ފަރާތުން ނެސްލޭ މައިލޯ ‏‏މެނޭޖްމަންޓް ޓީމުގެ ބޭފުޅުންނަށް މަރްޙަބާ ދަންނަވައި ޝުކުރު ދަންނަވަން. އަދި ‏‏އަޅުގަނޑުމެންގެ މިކަހަލަ ކަންކަމުގައި ކުރިއަށް އޮތް ތަނުގައިވެސް ޕާޓިސިޕޭޓް ކޮށްދެއްވުމަށް ‏‏އަޅުގަނޑުމެން ދަޢުވަތު އެކްސްޓެންޑް ކުރަން. ‏

‏މަދްރަސާ ކުދިން ކިޔަވާއިރު، ހަމަ ތުއްތު ކުދިން ފެށިގެން އެންމެމަތީ ‏‏ކްލާސްތަކުގައި އުޅޭ ކުދިންނާ ހަމައަށް އެނގޭނެ، ކުދިން އެކިގޮތްގޮތަށް ޓީމް ހަދައިގެން ‏‏މަސައްކަތް ކުރާއިރު، ކުދިން އެކިގޮތްގޮތަށް، ބައެއް ކުދިން ބާކީވާތަން އެބަ ފެނޭ. އެންމެ ‏‏ފަސޭހައިން ބާކީވާ ބަޔަކީ، ހަމައެކަނި ކިޔެވުމުގައި އެކުދިންގެ ހުރިހާ ވަގުތެއް ހޭދަކުރާ ކުދިން. ‏‏ޝައްކެއްވެސްނެތް، ތިޔަކުދިން، ފޮތްކިޔާ ކުދިން ތިއީ. ތިޔަ ކުދިންނަކީ އިންޓަރނެޓް ބަލާ ‏‏ކުދިން ތިޔަ ކުދިންނަކީ. އެކިއެކި މަދްރަސާ ކުދިން، ނޫނިއްޔާ ކިޔަވާ ކުދިންގެ މިހުންނަ ‏‏ޑިސްކްރިޕްޝަން ތިޔަކުދިންނަށް އެނގޭނެ. އެއްވެސް ކުއްޖަކަށް ވާން ބޭނުންނުވާނީ ނަރޑަކަށް. ‏
Nobody likes to be a nerd.‎
‏އެހެންނު. އެންމެ ފަސޭހައިން ނަރޑަކަށް މިވަނީ ކީއްވެ؟‏‎ ‎‏ފޮތުގެ ތެރޭގައި އޭނަ ‏‏ހަތަރުދަމު ގެއްލޭތީ. ބުކްވަރމްއަކަށްވާތީ. އެހެންވީމާ، ‏
Nobody likes to be a nerd. Nobody would like to be ‎described as a bookworm.‎

‏އެހެންވީމާ، ކޮންމެ ކުއްޖަކުވެސް ކުޅިވަރު ކުޅެނީ، އެކުއްޖަކީ ހޯލްސަމް ‏‏ޕަރސަންއަކަށް ވުމަށްޓަކައި. ކުޅިވަރުންވެސް ތިޔަކުދިންނަށް ދަސްކޮށްދޭ ކަމަކީ، ‏‏ކޮމްޕެޓެޓިވްނަސް. ކުރިއަށް ދިޔުން، އިސްނެގުން، މޮޅުވުން. އަދި ތިޔަ ކުދިން އެ ބައިވެރިވާ ‏‏ޓީމެއް މޮޅުކުރުން. ތިޔަ ކުދިންނަށް އެންމެ އުފާވެރި ކަމަކަށްވާނީ، މަދްރަސާގައި ތިޔަ ކުދިން ‏‏އުޅޭ ޓީމެއް މޮޅުވުމުން. އެއީ އެންމެ ތުއްތު ކުދިން ފެށިގެން އެންމެ ސީނިއަރ ކުދިންނާ ‏‏ހަމައަށް ދާން. އަދި އޭގެފަހުން ތިޔަކުދިން ބޭނުންވާނީ، ތިޔަކުދިންނަކީ ޤައުމީ މުބާރާތްތަކުގައި، ‏‏ދިވެހިރާއްޖެއަށް ޝަރަފްވެރި ވަނަތައް ހޯދައިދޭ ކުދިންނަށްވުމުގެ ފުރްޞަތު ލިބުން. އަދި ‏‏އޭގެފަހުން ތިޔަކުދިންގެ އެކޮމްޕްލިޝްމަންޓަކަށްވާނީ، ދިވެހިރާއްޖޭގެ ދިދަ، ބައިނަލްއަޤްވާމީ ‏‏ކުޅިވަރު ދަނޑުތަކުގައި ހިފައިގެންދާ ކުދިންނަށް ވެގެންވުން. ރިލޭއެއްގައި ދިވެހިރާއްޖޭގެ ބެޓްން ‏‏ގެންގުޅޭ ކުއްޖަކަށް ތިޔަކުދިންވުން. ‏

‏އަހަރުމެން މަދްރަސާގައި ކިޔެވިއިރު، އަހަރުމެން މަދްރަސާގެ ގޯލްޑަން ޖުބިލީ ‏‏އަހަރު ފާހަގަވެގެންދިޔައީ. އަހަރުމެން މަދްރަސާގައި ސީނިއަރ ކުދިންނަށް އުޅުނުއިރު. އޭރު ‏‏އަހަރުމެންނަށް ލިބުނު އެންމެބޮޑު އުފަލަކަށްވީ، ސަރުކާރުގެ ފަރާތުން ސްކޫލާއެކީ ގުޅިގެން މި ‏‏އޯގަނައިޒްކުރީ ދިވެހިރާއްޖޭގެ ޤައުމީ ޓީމާއި، މަދްރަސާތަކުން ނޫނިއްޔާ މަޖީދިއްޔާ ސްކޫލަކީ ‏‏އޭރު ކުޅިވަރުގެ، ފުޓްބޯޅައިގެ އެންމެ ވަރުގަދަ ސްކޫލް. މަޖީދިއްޔާއިން ނަގާ ޓީމަކާ ޤައުމީ ‏‏ޓީމާއެކީ ކުޅޭ ފުޓްބޯޅަ މެޗެއް، ޝޯކޭސް މެޗެއް. މަޖީދިއްޔާގައި 4 ކްލަބް އޮވޭ. އޭރު އޮތް 4 ‏‏ކްލަބް. ރެޑް، ބްލޫ، ގްރީން، ގޯލްޑް. މި ޓީމުތަކުގެ ތެރޭގައި، މި ކްލަބްތަކުގެ ކުދިން، ކޮންމެ ‏‏ކުއްޖަކު ބޭނުންވޭ، މަޖީދިއްޔާގެ، މަޖީދިއްޔާގެ 11 ގައި ވާން. ސަތޭކަ އެތައް ކުދިންނެއްގެ ‏‏ތެރެއިން 11 ގައި ހިމެނުމަކީ، ހަމަ ކޮންމެ ކުއްޖެއްގެ އެންމެބޮޑު ފަޚްރެއް، އެންމެބޮޑު ‏‏އުންމީދަކަށް ވެގެންދިޔައީ. އެކަމަކު މިއިން ކޮންމެ ކަމެއްވެސް ނިމިގެންދާނީ، ހަމަ ހޮވާލެވޭ ‏‏އެންމެމޮޅު ކުދިން ޓީމަށް އަރާނީ. ތިޔަ ކުދިންނަށްވެސް ގަބޫލުކުރެވޭނެ، އެތްލެޓިކްސް ވިޔަސް، ‏‏ޓޭބަލްޓެނިސް ވިޔަސް، ކްރިކެޓް ވިޔަސް، ހަމަ ހޮވާލެވޭ އެންމެ މޮޅު ކުދިން. އެއްވެސް ބައެއް، ‏‏އެއްވެސް ސްކޫލެއް، ރަށެއް، ތަމްސީލު ކުރަން ބޭރަށް ދެވޭނީ. އަހަރުމެން އޭރު އެންމެ ބޮޑަށް ‏‏އުންމީދުކުރީ، މަޖީދިއްޔާގެ ޓީމަށް އަރާތޯ. އެފަހަރު ކަންދިމާވި ގޮތަކީ، ﷲގެ ރަޙްމަތާއެކީ،‏
‏ ‏Majeediyyaa drew the match with the national team. ‎Majeediyya was so good at football at the time.‎‏ ‏

‏އެހެންވީމާ، އަހަރުމެންނަށް ލިބުނު ވަރަށްބޮޑު އުފަލެއް، ވަރަށްބޮޑު ފަޚްރެއް. ‏‏މަޖީދިއްޔާ ކުދިން އޭރުގެ ނޭޝަނަލް ޓީމާ ޑްރޯކުރި މެޗް. މަޖީދިއްޔާ ގޯލްޑަން ޖުބިލީ ‏‏އަހަރުގައި، އެއަށްވުރެ މޮޅު ކަމެއް މަޖީދިއްޔާއަކަށް ނުކޮށްދެވޭނެ. ‏
‏މިއަންނަ އަހަރު މިއީ އަހަރުމެންގެ ޤައުމުގެ ގޯލްޑަން ޖުބިލީ އަހަރު. މިރޭ ތިޔަ ‏‏ޑިސްޕްލޭ ކޮށްދިނީ މަދްރަސާ ކުދިން، ޚާއްޞަކޮށް، އިސްކަންދަރުގެ ފަރާތުން ވެރައިޓީ ޓެލަންޓް، ‏‏ކުދިންގެ ހުރިކަން. މިއީ ސްކޫލް އެޑްމިނިސްޓްރޭޝަންގެ އެފަޓް. މިއީ ޕޭރަންޓުންގެ އެފަޓް. މިއީ ‏‏ކުދިންގެ އެފަޓް. ކުދިންނަކީ އުފާވެރިކަންމަތީގައި އުޅެންޖެހޭ ބައެއް. ކުދިންނަކީ އެއްގޮތަކަށްވެސް ‏‏ހިތްދަތިކަމުގައި އުޅެންޖެހޭ ބައެއް ނޫން. ކުދިންނަށް، މަދްރަސާތަކަށް ތްރޫ އެޑިޔުކޭޝަން ‏‏މިނިސްޓަރ، މިރޭ އަޅުގަނޑު ކުރާ އިލްތިމާސަކީ، މި އަންނަ އަހަރަކީ އަޅުގަނޑުމެންގެ ‏‏މިނިވަން 50 އަހަރޭ. މަދްރަސާތަކުގައި ލޮޓްސް އޮފް ޓެލަންޓް ހުރިކަން، މިރޭ އޮކެސްޓްރޭޓް ‏‏ކޮށްދީފި، ޝޯކޭސް ކޮށްދީފި. ހަމަ އެންމެ ސްކޫލަކުން. އިސްކަންދަރުން އެކަނި. އެހެންވީމާ، ‏‏މިއަންނަ އަހަރު، މަދްރަސާ ކުދިންނަށް ޚާއްޞަ ކުރެވޭ، އަހަރުމެންގެ ގޯލްޑަން ޖުބިލީ ‏‏އެނިވަރސަރީ އަހަރު، ނޫނިއްޔާ އަހަރުމެންގެ ގޯލްޑަން ޖުބިލީ އިންޑިޕެންޑެންސް އަހަރަކީ، ‏‏މިއަންނަ އަހަރު ކަމަށްވާތީ، މި އައިޓަމް ބިލޯންގވާންޖެހޭނީ ތިޔަ ކުދިންނަށް. ތިޔަކުދިންނަކީ، ‏‏އަހަރުމެންގެ މުސްތަޤްބަލް. އެހެންވީމާ، މިނިވަންކަން އެންމެ ބޮޑަށް އިޙްސާސްކުރާ، ‏‏މިނިވަންކަން އެންމެ ބޮޑަށް އުފާކުރާ، މިނިވަންކަމުގެ ތެރޭގައި އުފާކުރާ ބަޔަކަށްވާންވާނީ ‏‏ތުއްތުކުދިން. މަދްރަސާ ކުދިން.‏

‏ މަދްރަސާ ކުދިންނަކީ ވޮރީ ފްރީ ބައެއް. ކަންކަމުގައި ވިސްނަންޖެހޭ ބައެއް ‏‏ނޫން. އެހެންވެގެން މަދްރަސާ ކުދިންނަކީ އުފާވެރި ކުދިންނަށް މިވަނީ. މަދްރަސާ ކުދިން ‏‏ވިސްނަންޖެހޭ ހުރިހާ ވިސްނުމެއް ވިސްނާނީ މައިންބަފައިން. އެކަމަކު އެހެން ނަމަވެސް، ‏‏ރޮމޭންސިންގ އޭޖަށް އައިމަ، އެ ވިސްނުމަކީ އަހަރުމެންގެ ހެޑޭކް. ޕޭރަންޓުންގެ ހެޑޭކް. އެކަމަކު ‏Until dhen‏ މަދްރަސާ ކުދިންގެ ހުރިހާ ވޮރީސްއަކީ މައިންބަފައިންގެ ހެޑޭކް. އަހަރުމެންގެ ‏‏ހެޑޭކް އެއީ. އެހެންވީމާ، މިއަންނަ އަހަރު އަހަރެން ހުރިހާ ކުދިންނަށް އިލްތިމާސް ކުރަނީ، އަދި ‏‏އަޅުގަނޑު މަދްރަސާ ސިސްޓަމަށް އިލްތިމާސް ކުރަނީ، މިއަންނަނީ ދިވެހިރާއްޖޭގެ މިފަހުގެ ‏‏ތާރީޚުގައި ފާހަގަކުރެވޭނެ އެންމެ ވަރުގަދަ، އެންމެ މުހިންމު އަހަރު ކަމަށްވާތީ، މަދްރަސާ ‏‏ކުދިންގެ ދައުރު މިއަންނަ އަހަރުގެ ސެލިބްރޭޝަންތަކުގައި އަޅުގަނޑުމެންނަށް ފެނިގެން ދާން ‏‏އެބަޖެހެއޭ. އެހެންވީމާ، އަޅުގަނޑު އިލްތިމާސް ކުރަން، އަޅުގަނޑު އެދެން، މަދްރަސާ ކުދިންގެ ‏‏ޓެލެންޓް އައިޓަމްތައް، މަދްރަސާ ކުދިންގެ ކުޅިވަރު އައިޓަމްތައް އިރާދަކުރެއްވިއްޔާ، މިއަންނަ ‏‏އަހަރަށް ބަހާލައިގެން، އަޅުގަނޑުމެން ޤައުމީ ފެންވަރެއްގައި އެބަ ފާހަގަކުރަންޖެހޭ. ‏‏އެނިވަރސަރީ އަހަރެއްގައި، ގޯލްޑަން ޖުބިލީ އިންޑިޕެންޑެންސް އަހަރެއްގައި، މަދްރަސާ ‏‏ކުދިންގެ ފީޗަރ މިކަހަލަ އިވެންޓްތަކެއް ފާހަގަކުރެވޭ ކަމަށްވަންޏާ، މިއީ އެވަރލާސްޓިންގ ‏‏މެމަރީތަކެއް. އެހެން ނޫނިއްޔާ، މިނިވަންދުވަސް، އެހެން ދުވަސް ދުވަސް އައިއްސަ ފޮތުގައި ‏‏އެއްލާ ޞަފްޙާއެއް. 50 އަހަރަކީ ފޮތުގައި އެއްލާ ޞަފްޙާއެއް ނޫން. އެއީ ލާސްޓިންގ ‏‏މެމޮރީއަށް މޭކްކުރާ އެއްޗެއް. ލާސްޓިންގ މެމޮރީއަށް ލީކްކުރާ ކަމެއް. އެހެންވީމާ، އެ ‏‏އިވެންޓްގައި މަދްރަސާ ކުދިން ބައިވެރިވާންޖެހޭނެ. ‏
‏މަދްރަސާ ކުދިންނަށް ވަރަށްގިނަ ކަންތައްތައް މިނިސްޓްރީގެ ފަރާތުން ތައްޔާރު ‏‏ކުރައްވާފައި މިވަނީ. މަދްރަސާ ކުދިން، އެކިއެކި ޢަމަލީ މަސައްކަތްތަކާއި، މަސައްކަތްތެރިކަމާއި، ‏‏އެއީ ކުދިކުދި މަސައްކަތް ދަސްކޮށްގެން އަދި އެކުދިން ބޮޑުވާންވާއިރަށް، އެކުދިންނަށް އެހެން ‏‏މަސައްކަތްތަކަށް ދިޔުމަށްޓަކައި ޕްރޮގްރާމްތަކެއް މިވަނީ ރާވާފައި. މިއަހަރުގެ ތެރޭގައި މިވަނީ ‏‏މީގެ ފުރަތަމަ ޕްރޮގްރާމް ތަޢާރުފް ކުރެވިފައި. ހަމަ ޕައިލޮޓް ޕްރޮޖެކްޓެއްގެ ގޮތުގައި. ދަސްވާރު ‏‏ޕްރޮގްރާމް މިވަނީ ތަޢާރުފް ކުރެވިފައި. އެޑިޔުކޭޝަން މިނިސްޓަރ އަޅުގަނޑު ކައިރީގައި ‏‏ވިދާޅުވި، އެސް.ޓީ.އޯ.އާ ގުޅިގެން އެޑިޔުކޭޝަން މިނިސްޓްރީން 500 ފާމަސިސްޓުން މިއަހަރު ‏‏ތަމްރީނު ކުރާނަމޭ. ދެން ކީއްވެގެންތޯ، 500 ފާމަސިސްޓުން ތަމްރީނު ކުރަންޖެހެނީ. މިހާރު ‏‏މިއަންނަނީ ހަމަ ތިޔަ ކުދިން ގަބޫލުކުރާތި، ވަރަށް ޕެޝަނޭޓް ވާހަކައެއް ދައްކަން މިއުޅެނީ. ‏‏މަދްރަސާ ކުދިން ކިޔަވައިގެން، މިތާ މިތިބީ ދެއަހަރެއްހާ ދުވަހުގެ ތެރޭގައި، ތިން އަހަރެއްހާ ‏‏ދުވަހުގެ ތެރޭގައި ވަޒީފާގެ ބާޒާރުގައި އުޅެން ބޭނުންވާ ކުދިން. ވަޒީފާއަކަށް ހަންޓްކުރާ ކުދިން. ‏‏ކުރީ ރޭ އެކަޑަމިކް ޕްރޮގްރާމެއްގައި ނިންމާލަމުން ވާހަކަ ދައްކަމުން ބުނިން،‏
Until your knuckles turns blue or until your knuckles start ‎bleeding, keep on tapping at windows keep on tapping at doors ‎asking for jobs.‎
‏ ވަޒީފާ ލިބެންދެން ދޮރުގައި ނޮކް ކުރާށޭ، މޮއްކޮޅުން ލޭ އަންނަންދެން. ނޫނީ ‏‏ނޫފައިގަންނަންދެން. ވަޒީފާ ހޯދައިދޭން ސަރުކާރުން މަސައްކަތް ކުރެވޭނެ. އެކަމަކު ‏‏އެ ކެރުންތެރިކަން، އެ ކެރުންތެރިކަން ކުދިންގެ ހުންނަންވާނެ. ސްޕޯޓްސްއިން އިންސްޓިލް ‏‏ކުރަނީ މިކަހަލަ ކަންތައްތަކެއް. ސްޕޯޓްސްއިން ކޮމްޕެޓެޓެޓިވްނަސް، ކަންކަމުގައި ކުރިއަށްދިޔުން، ‏‏ލީޑަރޝިޕް، ޓީމްވަރކް ބިލްޑް މިކޮށްދެނީ. އެހެންވެގެން ސްޕޯޓްސް އެހާ މުހިންމު ވަނީ ކިޔަވާ ‏‏ކުދިންނަށް. ކަންކަމަށް ކުރިމަތިލާން ކެރެންވާނެ. ކަންކަމުގައި ބައިވެރިވާން ކެރެންވާނެ. ‏‏އެހެންވީމާ، މަދްރަސާއިން ނުކުންނަ ކުދިންނަކީ، ވަޒީފާގެ ފުރްޞަތުތައް ހަންޓްކުރާ ‏‏ބަޔަކަށްވާންޖެހޭނެ.‏

‏ 500 ފާމަސިސްޓުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް މި ހިންގާ ސަބަބަކީ، ‏‏އަޅުގަނޑުމެންގެ ތެރޭގައި ހަމަ ރަށްރަށުގެ ކުދިން މިއުޅެނީ. އަތޮޅުތެރެއިން އައިސް ތިބޭ ކުދިން ‏‏މިއުޅެނީ. މަންމަކުރެން އަހައިފިއްޔާ، ބައްޕަކުރެން އަހައިފިއްޔާ ބުނާނެ، މިހާރުވެސް އެތައް ‏‏ރަށެއްގައި ބޭސްފިހާރަ ނެތޭ. އެކަމަކު ކޮންމެ ރަށެއްގައިވެސް ބޭސްފިހާރައެއް އެބަ ހުންނަންޖެހޭ. ‏‏އެކަމަކު ރާއްޖޭގައި، އަޅުގަނޑަށް އެނގޭގޮތުން ވެއްޖިއްޔާ މިހާރުވެސް ފަސްދޮޅަހަކަށް ރަށް ‏‏އެބަހުރި، ބޭސްފިހާރަ ނެތް ރަށްރަށް. އެހެންވީމާ، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ‏‏ބޭސްފިހާރައެއް އެބަ ހުންނަންޖެހޭ. ބޭސްފިހާރައެއް ހުންނަންޖެހޭ ކަމަށްވަންޏާ، ފާމަސިސްޓުން ‏‏އެބަ ތަމްރީނުވާންޖެހޭ. އެ ފާމަސިސްޓުންނަކީ އަހަރުމެން ބޭނުންވަނީ އަހަރުމެންގެ ދިވެހި ‏‏ކުދިންނަށްވާން. އަހަރުމެންނަށް ބޭސްވިއްކާ ތާނގައި އެންމެ ރަނގަޅީ އަހަރުމެންގެ ދިވެހި ‏‏ކުދިން ތިބުން. ދިވެހި ކުދިން މިއުޅެނީ ވަޒީފާވެސް ނުލިބިގެން. އަނެއްކާ މިއީކީ އެހާ ‏‏ސޮފިސްޓިކޭޓެޑް ކިޔެވުމެއްވެސް ނޫން. އެހެންވީމާ، އިރާދަކުރެއްވިއްޔާ، މިފެށޭ ދަސްވާރު ‏‏ޕްރޮގްރާމްގެ ދަށުން މިއަހަރުގެ ނިޔަލަށް، އެސް.ޓީ.އޯ.އާ ގުޅިގެން އެޑިޔުކޭޝަން މިނިސްޓްރީން ‏‏ފުރަތަމަ ޕައިލޮޓް ޕްރޮޖެކްޓެއްގެ ގޮތުގައި 500 ފާމަސިސްޓުން ޓްރެއިން ކުރާނެ. ޓްރެއިން ‏‏ކުރަން ކުރިމަތިލާ ކުދިން، އެކުދިންގެ ޓްރޭނިންގ ނިންމާފައި، އެކުއްޖެއްގެ ރަށުގައި އެކުއްޖަކު ‏‏ފާމަސިސްޓަކަށްވުމުގެ ފުރަތަމަ ފިޔަވަޅު. ދެން ގަބޫލުކުރޭ، ފާމަސިސްޓަކަށްވުމަކީ ‏‏އެއްގޮތަކަށްވެސް‏‎ ‎
‎ Throughout your entire life, you not remain as a pharmacist.‎

‏ އެއީ ވަގުތީ ކަމެއް. ދެން އެއަށްވުރެ ‏greener pastures‏ ‏‎ ‎‏ނޫނިއްޔާ ‏‏އެއަށްވުރެ ތަނަވަސް އެހެން ކަންތައްތަކަށް ތިޔަ ކުދިންނަށް ދެވޭނެ ޖާގަ އޮންނާނެ. އެހެން ‏‏ނަމަވެސް، މިހާރު ފަށައިގަތުމަށްޓަކައި މި ޕައިލޮޓް ޕްރޮޖެކްޓްގައި ހަމަ ބައެއް ކުދިން ‏‏ބައިވެރިވުމަކީ އަޅުގަނޑުމެންގެ ވަރަށްބޮޑު އެދުމެއް. މި މަސައްކަތް އަޅުގަނޑުމެންނަށް ‏‏ކުރެވިއްޖެ ކަމަށްވަންޏާ، އެސް.ޓީ.އޯ. އިން އަޅުގަނޑަށް ކަށަވަރުކަން އެބަދޭ، މިއަންނަ ‏‏އަހަރުގެ ނިޔަލަށްދާއިރު، 2015 ވަނަ އަހަރު ނިމޭއިރު، އަތޮޅުތެރޭގައި ހުރިހާ ރަށެއްގައި، ‏‏މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، ހަމަ ކޮންމެ ރަށެއްގައި މިނިމަމް އެއް ފާމަސީ ހުންނާނެ. ‏‏މިއީ، މިދިޔަ ދިގު ތާރީޚުގެ ތެރޭގައި އަހަރުމެންނަށް ކުރެވިފައި ނުވާ ކަމެއް. ‏‎ So its no ‎small accomplishment. ‎‏މިދިޔަ ބޮޑު ތާރީޚުގެ ތެރޭގައި އަހަރުމެންނަށް ނުކުރެވިފައި އޮތް ‏‏ކަމެއް، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފާމަސީއެއް ހެދުން އެއީ. އެކަމަކު ކޮންވިކްޝަނާއި، ‏‏ޑިޓަރމިނޭޝަނާއި، ޕަރޕަސް އިން ލައިފް ގަބޫލުކުރާ ކަމަށްވަންޏާ، ނުކުރެވޭނެ ހަމަ އެއްވެސް ‏‏ކަމެއް ނޯންނާނެ. ‏

‏އެހެންވީމާ، މިއަދުގެ ސަރުކާރު ކޮމިޓަޑް، މިހެންހުރި ބޮޑެތި ކަންތައްތައް ކުރަން. ‏‏އެހެންވީމާ، އިރާދަކުރެއްވިއްޔާ މިއަންނަ އަހަރުގެ ނިޔަލާ ހަމައަށް ދާންވާއިރަށް، މީހުން އުޅޭ ‏‏ކޮންމެ ރަށެއްގައި ފާމަސީއެއް ހުންނާނެ. އަދި އަޅުގަނޑު ބޭނުންވަނީ، އެ ފާމަސީ މެއިން ކުރާ ‏‏ބަޔަކީ ހަމަ ދިވެހި ކުދިންނަށްވާން. އެހެންވީމާ، މިއީ ކިޔެވުމާއި، ޕާޓިސިޕޭޝަނާއި، ޓީމްވަރކްގެ ‏‏ބޭނުމަކީ. ‏

‏އަޅުގަނޑުވެސް ހަމަ ވާހަކަކޮޅު ނިންމާލަމުން، ހަމަ ތިޔަކުދިންނަށް އަނެއްކާވެސް ‏‏މަރްޙަބާ ކިޔަން. ތިޔަކުދިންގެ މަސައްކަތަށް، މޮޅު ކުދިންތަކެއް، ފަންނުވެރި ކުދިންތަކެއް، ‏‏ދަނޑުމަތީގައި މޮޅަށް ކުޅޭ ކުދިން، ޓްރެކްގައި މޮޅަށް ކުޅޭ ކުދިން، ފެންގަނޑުގައި މޮޅަށް ފަތާ ‏‏ކުދިންތަކެއް މިރޭ ފެނިގެން މިދިޔައީ. އެކަމަކު އެޔާއެކީ މިއަންނަނީ، އެއީ ފުރަތަމަ ތަމްރީނު. ‏‏އެޔާއެކީ މިއަންނަނީ އެޕްލިކޭޝަން. އެޕްލިކޭޝަނަކީ ތިޔަކުދިންނަށް ލިބޭ ހުނަރާއެކީ، ތިޔަކުދިން ‏‏މިއަށްވުރެ ދުރަށް ދާންޖެހޭ ހިސާބަށް ދާށޭ. ދުރަށް ދާންޖެހޭ ހިސާބަކީ، ހަމަ ކިޔެވުމުގައި ‏‏މޮޅުވެގެން ދިވެހިރާއްޖެއަށް ރަން ވަނަތައް ބޭރުގެ ޔުނިވަރސިޓީތަކުން ގެނެސްދޭ ފަދައިން، ‏‏އަހަރުމެންނަށް ހަމަ ޝަރަފުވެރިކަން ގެނެސްދޭ ކަމެއް. މައިންބަފައިންގެ ލޮލަށް އުފާވެރިކަމުގެ ‏‏ކަރުނަ ފާއްދާލާ ކަމެއް. ކޮންމެ ކުއްޖަކީ، ކޮންމެ ކުއްޖަކީ މިދެންނެވި ގޮތަށް ދިވެހިރާއްޖެއަށް ‏‏ފަޚްރުވެރި ވަނައެއް، ބޭރުގެ ޓްރެކެއްގައި، ބޭރުގެ ސްވިމިންގ ޕޫލެއްގައި، ބޭރުގެ ޓޭބަލްޓެނިސް ‏‏މޭޒެއްގެ ކައިރިން ހޯދައިދިނުމަކީ. އެހެންވީމާ، އަހަރުމެން މައިންބަފައިން އުފާވަނީ ހަމައެކަނި ‏‏ކުދިން ކިޔަވައިގެން މޮޅުވީމައެއް ނޫން. އަހަރުމެން މައިންބަފައިންނަށް އުފާވާ ކަންތައްތަކަކީ، ‏‏ކުޅިވަރުގެ ދާއިރާ މޮޅުވެގެން ދިޔުން. އެކަމަކު އެޔާއެކީގައިވެސް އެންމެ އުފާވެރި މަންމަޔަކާއި ‏‏ބައްޕަޔަކީ ކުޅިވަރަށާއި ކިޔެވުމަށާއި، މިދެކަމުގައިވެސް އެއްވަރަށް މޮޅު ކުދިންތަކެއް ލިބުން. ‏‏ދިވެހިރާއްޖޭގައި ޓެލެންޓް އެބަހުރި. ދިވެހިރާއްޖޭގެ ސަރުކާރު މިއަދު ކޮމިޓެޑް، ދިވެހި ކުދިންނަށް ‏‏ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ހަމަޖައްސައިދިނުމަށް. ކުދިންނަށް ހަށިގަނޑުގެ ތަރުބިއްޔަތަށް ‏‏ބޭނުންވާ ކަންތައްތައް ކޮށްދިނުމަށްޓަކައި އަދި ޒުވާނުން މަދްރަސާ އޭޖް ގްރެޖުއޭޓްވެގެން ‏‏ގޮއްސަ، ޒުވާނުންނަށްވާ ހިސާބަށްދާންވާއިރަށް، އަޅުގަނޑުމެން ކޮމިޓްކޮށްފައި މިއޮތީ ‏‏އިރާދަކުރެއްވިއްޔާ، ދިވެހިރާއްޖޭގައި ކުޅޭ، ޢާންމުކޮށް މި ކުޅޭ ހުރިހާ ކުޅިވަރެއް، އަޅުގަނޑުމެން ‏‏ދިވެހިރާއްޖޭގައި 2000 އާބާދީއަށްވުރެ މަތީގެ ރަށްރަށަށް، މި 5 އަހަރުގެ ތެރޭގައި ހަމަކޮށް ‏‏ނިންމައިދޭނަމޭ. ‏

‏ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ސްޕޯޓްސް އެރީނާތަކެއްގެ ވާހަކަ ‏‏މި ދައްކަނީ. މިއީ ކުޅިވަރުގެ ޙަފްލާއަކަށްވާތީ، މިރޭ އެކި ކުދިންނަށް އިނާމު ދެއްވީ، ‏‏އަޅުގަނޑުމެންގެ މާޒީގައި، ކުޅިވަރުގައި ހަމަ އެކޮމްޕްލިޝް ބޭފުޅުން. އެއީ، ހުރާ ‏‏ޢަބްދުއްސައްތާރު ކަމަށްވިޔަސް، އިބްރާހީމް އިސްމާޢީލް ކަމުގައިވިޔަސް އަދި އޮނަރަބްލް ޒާހިރު ‏‏ނަޞީރު ކަމުގައިވީނަމަވެސް، ކުޅިވަރާއި ކުޅިވަރާ ގުޅުންހުރި ކަންތައްތަކުގައި ހަމަ ނަން ‏‏މަޝްހޫރު ބޭފުޅުން، މިބޭފުޅުންނަކީ. މިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ދިވެހިރާއްޖޭގައި ‏‏ދުވަހަކުވެސް މިވަރުގެ ކޮމިޓްމަންޓެއް، ކުޅިވަރުގެ ދާއިރާއަކަށް ދެއްކިފައެއް ނޯންނާނެ. އެއީ، ‏‏އޭރުގެ ސަރުކާރުން ދައްކަން ބޭނުންނުވާތީކީ ނޫން. އެއީ ރިސޯސް ނެތީމަ. އެކަމަކު މިއަދު ‏‏އަޅުގަނޑުމެން ގަބޫލުކުރަނީ، ރިސޯސްއަކީ ހޯދީމަ ލިބޭނެ އެއްޗެކޭ. އެހެންވީމާ، އަޅުގަނޑުމެން ‏‏މި ހަދިޔާ މި ކުރަނީ، މިއީ މަދްރަސާ ކުދިންނަށް ކުރާ ހަދިޔާ. ރަށެއްގައި ‏‏ސްޕޯޓްސް އެރީނާއެއް އޮތުމަކީ، މަދްރަސާ ކުދިން، އެ ސްޕޯޓްސް އެރީނާގެ ބޭނުން ހިފުން. ‏‏ބަށިކުޅޭ ކުދިން ބަށިކުޅެންވީ. ޓްރެކްގައި އުޅޭ ކުދިން ޓްރެކަށް ދުވަންދާންވީ. ފުޓްސަލްގައި ‏‏ބައިވެރިވާ ކުދިން، ފުޓްސަލް ޕިޗަށް އަރަންވީ. ކްރިކެޓް ކުޅޭ ކުދިންނަށް ކްރިކެޓް ޕިޗެއް އެއޮތީ. ‏‏އެހެންވީމާ، މިކަން އަޅުގަނޑުމެން މިކޮށްދެނީ، އަޅުގަނޑުމެންގެ ސަރުކާރުން މިކޮށްދެނީ ހަމަ ‏‏ޒުވާން ކުދިންނަށްޓަކައި. ޒުވާން ކުދިން ފަށާ ޢުމުރުފުރައަކީ، މަދްރަސާގެ ހަތަރުފާރުތެރެ. ‏‏އެހެންވީމާ، ޒުވާން ކުދިންނަށް ކުޅިވަރުގައި ކުރިއަށްދިޔުން، ތަޢުލީމީ ދާއިރާގައި ‏‏ކުރިއަށްދިޔުން، ވަޒީފާގެ ފުރްޞަތު، ޕަރސީވް ކުރުމަކީ ހަމަ ތިޔަކުދިން ދާން ބޭނުންވާ ‏‏ހިސާބަކަށް އިރާދަކުރެއްވިއްޔާ ދެވޭނެގޮތަށް ފުރްޞަތުތަކެއް ހަމަޖެހިގެންދާނެ ކަމެއް. ‏

‏އުންމީދީ ވާހަކަތަކެއް، އުފާވެރި ޙަފްލާއެއް، އެކަމަކު އެޔާއެކީގައިވެސް ހަމަ ތިޔަ ‏‏ކުދިންނާ ރިލޭޓް ކޮށްލަން އޮތް އަދި އެހެން ވާހަކައެއް ބުނެލާނަން. ލައިފަކީ ‏
not all about happiness.‎
‏އެހެންނު. ލައިފްގައި ދިމާވާނެ ދެރަވާ ކަންތައްވެސް. މިއަދު އަހަރެމެން، މަދްރަސާ ‏‏ކުދިން މި އުފާ ދިވެހިރާއްޖޭގައި ޙާޞިލު ކުރަމުންދާއިރު، ހަމަ ތިޔަ ކުދިންގެ ހިތަށް ހަމަ ‏‏އެންމެ މެސެޖެއް ދޫކޮށްލަން ބޭނުންވަނީ. ހާދަހާ ނަޞީބުވެރި، ހާދަހާ އުފާވެރި ބައެކޭ، މިކަހަލަ ‏‏އަމާން ރަށެއްގައި، މި އަމާންކަންމަތީގައި ތިބެގެން، މަންމައާއި ބައްޕަގެ ހަމްދަރުދީއާއި ލޯބި ‏‏ލިބިގެން ކިޔެވުމަކީ. އެކަމަކު މެދުއިރުމަތީގައި، ފަލަސްޠީނުގައި ހަމަ މިވަރުގެ ކުދިންނޭ ކިޔެވުން ‏‏މަޙްރޫމްވަނީ. އަތްބުރިބުރިކޮށްލަނީ، މަރާލަނީ، ރަޙުމްކުޑަ، ހާދަ އަގަލުކުޑަ ސަރުކާރަކުން ހިންގާ ‏‏ބޮޑު ޖަރީމާއެކޭ. އެކުދިންނަށް އަހަރުމެންގެ ހިތްތައްވޭ. މަދަރުސާތަކުން، މުޅި ރާއްޖޭގެ ހުރިހާ ‏‏ދިމާއަކުން، ހުރިހާ ކަންކޮޅަކުން، މިދިޔަ ދެތިން ހަތަރު ދުވަހެއްގެ ތެރޭގައި، އެ އިޙްސާސް ‏‏މިކުރަނީ. އެ ރިލޭޓް މިކުރަނީ. ‏

‏އެހެންވީމާ، މަދްރަސާ ކުދިން ގަބޫލުކުރަންވާނެ، އަބަދުވެސް އަޑުއަހާނެ، އިންސާނީ ‏‏ޙައްޤުތަކުގެ ވާހަކަ. އިންސާނީ ޙައްޤުތަކުގެ ވާހަކަ ދައްކާނީކީ، ވަކި ޢުމުރަކަށް ދިޔައީމައެއް ‏‏ނޫން. ތިޔަ ކުދިންގެ އަޚުން، އުޚުތުން، އެމީހުންގެ ޙައްޤުތައް އެ ގެއްލެނީ ކީއްވެގެން. ‏‏އެމީހުންގެ އަމިއްލަ ރަށުގައި، އެމީހުންނަށް ގެދޮރުއެޅުމުގެ ފުރްޞަތު ނުދީ، އެ ގެދޮރު އެޅުމުގެ ‏‏ފުރްޞަތު، އިޒްރާއީލް ޔަހޫދީ ދައުލަތުން ކުރިއަށް ގެންދާތީ، އެކަމާ އިޙްތިޖާޖު، އެކަމާ ‏‏ދެކޮޅުހަދަން އެކަމާ ޕްރޮޓެސްޓް ކުރަން، އެކަމާ ރުޅިއައިސްގެން، ގާބުރިއެއް އެއްލާ ކުއްޖަކީ، ‏‏އެންޓި-އެއަރކްރާފްޓް ގަން އާއި، ޓޭންކަރާ، މި އެއްޗިއްސާ ދިމާއަށް ގާއުކާ ކުއްޖަކީ، ‏‏ކިހާވަރެއްގެ ނުރައްކާތެރި ކުއްޖެއް ހެއްޔޭ، އެކުއްޖާގެ އަތް ބުރިކޮށްލާފައި އެއްލާލަން. މިއީ، ‏‏ރަޙުމްކުޑަ އިންސާނުން ދުނިޔޭގައި ދައްކައިދޭ އަގަލުކުޑަ މިސާލުތައް. ‏

‏އެހެންވީމާ، މިރޭވެސް ތިޔަކުދިން ކައިރީގައި ބުނަނީ، ހާދަ އުފާވެރި ބައެކޭ، ދިވެހި ‏‏ކިޔަވާ ކުދިންނަކީ. ހާދަ ހަމަޖެހުމުގެ ތެރޭގައޭ ދިވެހި ކުދިން އުޅެނީ. ތިޔަ ކުދިންގެ ‏‏މަންމައިންނާއި ބައްޕައިން ކައިރީގައި ބުނޭ، ތިޔަ ކުދިންގެ މަންމައިންނާއި ބައްޕައިންނަކީ، ‏‏ދިވެހިރާއްޖެއަކީ މިކަހަލަ އަމާން ތަނެއްގެ ގޮތުގައި، ތިމަންނަމެންނަށްޓަކައި ބާއްވައިދޭށޭ. ‏‏ވަރތެއް ނޫނޭ، ވަރތެއް ނޫނޭ، މިކަން ކޮމްޕްރޮމައިޒް ކުރާކަށެއް. ‏It’s not worth‏ ‏

‏އެހެންވީމާ، ފަލަސްޠީނުގައި ހިނގާ ހާދިސާތަކަކީ، ހަމަ ދިވެހި ކޮންމެ ކުއްޖެއްގެ ‏‏ލޮލުން ކަރުނައިގެ ތިކިތައް ފާއްދާލާނެ ކަންތައް. ހަނދާންނެތިއްޔާ، ހަނދާން އަބަދުވެސް ކުރޭ. ‏‏އެހެންވީމާ، ޚިޔާލަށް ގެންނަން މިޖެހެނީ، ކޮންމެވެސް ހިސާބެއްގައި ދިވެހި ދައުލަތުން އެ އޮތީ ‏‏އެގްރީމަންޓްތަކެއްގައި ސޮއިކޮށްފައި. އަދި އެ އެގްރީމަންޓްތަކުން ކުރަން އުޅުނު ކަމަކީ، ‏‏އަހަރުމެންގެ ތަޢުލީމީ މަންހަޖުގެ ތެރޭގައި، އަހަރުމެންގެ ތަޢުލީމީ މުޤައްރަރުގެ ތެރޭގައި، ‏‏މިދެންނެވި ދައުލަތުގެ ބައެއްކަހަލަ ފިލާވަޅުތައް ސިލަބަސްތެރޭގައި ހިމެނުން. މިއީ ޙަޤީޤަތް. ‏‏އޭރުގެ އެޑިޔުކޭޝަން މިނިސްޓަރ، ރައްޔިތުންގެ މަޖިލީހަށް ގެނެއްސަ ސުވާލުކުރީ އެކަމާ. ‏‏އެހެންވީމާ، އޮޅުވާލުންވެސް އޮޅުވާލެވޭނީ ވަކިވަރަކަށް. ‏

‏އެހެންވީމާ، ތިޔަކުދިން ތިޔަކުދިންގެ މަންމައިންގެ ކައިރީގައިވެސް ބުނޭ، ބައްޕައިން ‏‏ކައިރީގައިވެސް ބުނޭ، އަމާންކަމަށްވުރެ ބޮޑު ނިޢުމަތެއް އަހަރުމެންނަކަށް ނެތޭ. އިސްލާމްދީނުގެ ‏‏މަތީގައި އަދި އިސްލާމް ކުދިންތަކެއްގެ ގޮތުގައި، އުފާވެރިކަމާއެކީ ތިޔަ ކުރިއަށްދާން ބޭނުންވާ ‏‏ރޮނގެއްގައި، ތިޔަކުދިންނަށް ކުރިއަށް ދެވޭނީ، ފަލަސްޠީނުގެ މިސާލު އަބަދު ހިތަށް ގެނެއްސަ، ‏‏ގަބޫލުކުރޭ، މިނިވަންކަމުގެ 50 އަހަރު، މިއަންނަ އަހަރު އަހަރުމެން ފާހަގަކުރަނީ. ފަލަސްޠީނުގެ ‏‏ތުއްތު ކުދިންނަށް މިނިވަންކަން އެބައޮތްތަ؟ ފަލަސްޠީނުގެ ތުއްތު ކުދިންނަކަށް، ގެއިން ބޭރަށް ‏‏ހިނގާފައިދާނެ މިނިވަންކަމެއް، އެކުދިންނަކަށް ނެތް. ‏Try to relate this experience ‎‏ ‏‏އެހެންވީމާ، މަދްރަސާ ކުދިންނަކީ މިކަހަލަ ހުރިހާ ފިލާވަޅުތަކެއް، އެކުއްޖެއްގެ ސިކުނޑީގެ ‏‏ކެރުންތެރިކަން ހުރި މިންވަރަކުން، ޤާބިލުކަން ހުރި މިންވަރަކުން، އެބްސޯބް ކުރާ ކުދިން.‏

‏ވާހަކަކޮޅު ނިންމާލާނީ، އަހަރުމެންގެ މި އުފާވެރި ދައުލަތަށް އަދި އަހަރުމެންނަށް ‏‏މި ހަމަޖެހުން، މާތްﷲ އަހަރުމެންނަށް މިންވަރު ކުރައްވައި، އަހަރުމެންގެ ދިވެހި ކިޔަވާ ‏‏ކުދިންނަކީ، އުފާވެރިކަންމަތީގައި، ބޮޑު ނިޢުމަތެއްގައި ތިބި ކުދިންތަކެއްގެ ގޮތުގައި ﷲ ‏‏ސުބުޙާނަހޫ ވަތަޢާލާ ލެއްވީތީ، ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟުރަތަށް ދުޢާ ދަންނަވަމުން. އަދި ‏‏ތިޔަ އެންމެހާ ކުދިންނަށް ފާގަތި ދުވަސްތަކަކަށް އެދެމުން. އަދި ތިޔަ ކުދިންގެ ‏‏ޕެޝަނަކަށްވާންޖެހޭނީ، ތިޔަ ކުދިންގެ މިޝަނަކަށްވާންވާނީ، ޕަރޕަސް އިން ލައިފަށް ވާންވާނީ، ‏‏ތި ދާން ބޭނުންވާ ދިމާލެއް، ދާން ބޭނުންވާ ހިސާބަކަށް ދާއިރު، ދިވެހިރާއްޖެއަށް ފަޚްރާއި ‏‏ނަޞްރާއި ޝަރަފު ގެނެސްދޭށޭ. ވަރަށް ބޮޑަށް ޝުކުރިއްޔާ! ‏
‏ ‏
‎ ‎والســّلام عليــكم ورحـمــة اللّـه وبـركاتـه
‏ _____________________________‏