ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ ޖަލްސާއެއް މިއަދު ބާއްވަވައިފިއެވެ. މިޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ޖަލްސާގައި، މައިގަނޑު ގޮތެއްގައި ވާހަކަފުޅު ދެއްކެވީ، ޤައުމުގެ އަމަންއަމާންކަން ދެމެހެއްޓުމާއި، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުންނެވެ.

ޤައުމީ ސަލާމަތާބެހޭ މަޖިލީހަކީ، ސިފައިންގެ ޤާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ޤައުމީ ސަލާމަތާ ގުޅޭ އެންމެހައި ކަންތައްތަކުގައި، ސިފައިންގެ އެންމެމަތީ ވެރިޔާއަށް ލަފަޔާއި މަޝްވަރާ ދެއްވުމަށްޓަކައި އުފައްދަވާފައިވާ މަޖިލީހެކެވެ.