މިއަހަރު ސަރުކާރުންދެއްވުމަށް ނިންމަވާފައިވާ ޤައުމީ އިނާމަށް ނަން ހުށަހެޅުއްވުމުގެ ފުރުޞަތު، ޤައުމީއިނާމާބެހޭ ކޮމިޓީން މިއަދު ހުޅުއްވާލައްވައިފި ކަމަށާއި، މިއަހަރު މި އިނާމު ދެއްވުން އޮންނާނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ޖަލްސާގައި ކަމުގައި  ދަންނަވަންރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އިނާމާބެހޭ އެންމެހާ ކަންތައްތައް ކުރެއްވުމަށްހަމަޖައްސަވާފައިވަނީ، ޤައުމީ އިނާމާބެހޭ ކޮމިޓީން ކަމަށާއި، އިނާމު ދެއްވާނެ ފަރާތްތައްހޮއްވަވާނީވެސް މި ކޮމިޓީންކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާވިދާޅުވިއެވެ.
 
ސަރުކާރުގެ އިދާރާތަކުންނާއި މިނިވަން މުއައްސަސާތަކުންވެސްޤައުމީ އިނާމަށް ނަން ހުށަހެޅުއްވޭނެ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާވިދާޅުވިއެވެ. ޤައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ޤައުމީ އިނާމަށްއެހެން ފަރާތެއްގެ ނަން ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުންނާއި، ކުންފުނި،ޖަމުޢިއްޔާ، ޖަމާޢަތްފަދަ ތަންތަނުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކުރައްވައި މިއަހަރުވެސް ނަން ހުށަހެޅުއްވޭގޮތަށް ހަމަޖައްސަވާފައިވާ ކަމުގައި ދަންނަވަންރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
ޤައުމީ އިނާމަށް ވަކިވަކި ފަރުދުންގެ ނަން ހުށަހެޅުއްވުމަށް ވަކި ފޯމެއް އަދި ކުންފުނި، ޖަމުޢިއްޔާ، ޖަމާޢަތްފަދަ ތަންތަން ޤައުމީ އިނާމަށް ހުށަހެޅުއްވުމަށް ވަކި ފޯމެއް ކަނޑައެޅިފައިވާ ކަމަށާއި، އިނާމަށް ހުށަހަޅުއްވާ ފަރާތްތަކުންނާއިއިނާމަށް އެދޭ ފަރާތްތަކުން ހުށަހަޅުއްވާނީ މި ދެ ފޯމުގެ ތެރެއިން އިނާމަށް ހުށަހަޅާ ފަރާތާގުޅޭ ފޯމެއް ފުރިހަމަ ކުރައްވާފައި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ފޯމު ފޮނުއްވާނީޤައުމީ އިނާމާބެހޭ ކޮމިޓީ“ އަށް އެޑްރެސް ކުރައްވައި މިއޮފީހަށް ކަމުގައިދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން ހުށަހަޅުއްވާ ފޯމުތައް،އަންނަ އޮގަސްޓު މަހުގެ 31 ވާ އާދީއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިންމިއޮފީހަށް ފޮނުއްވުމަށް ދަންނަވަންވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޤައުމީ އިނާމާބެހޭ ލިޔުން، ދިވެހި ސަރުކާރުގެ ގެޒެޓުގައިވެސް މިއަދުވަނީޝާއިޢު ކުރައްވާފައި ކަމަށާއި، ޤައުމީ އިނާމަށް ނަން ހުށަހަޅާ ދެ ފޯމުވެސްގެޒެޓުގައި ހިމަނުއްވާފައިވާނޭ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާވިދާޅުވިއެވެ.
 
ޤައުމީ އިނާމާބެހޭގޮތުން އިތުރު މަޢުލޫމާތުއޮޅުންފިލުއްވުމަށް ބޭނުންފުޅުވާނަމަ، މިއޮފީހުގެ 3336262 ނަންބަރު ފޯނާއި، ނުވަތަ 3323701 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.ޤައުމީ އިނާމަށް ނަންހުށަހަޅާ ފޯމު ރަސްމީ ގަޑީގައި މިއޮފީހުން ދޫކުރާނެއެވެ. އަދި މިއޮފީހުގެވެބްސައިޓުންވެސް ޑައުންލޯޑް ކުރެއްވޭނެއެވެ. މިއޮފީހުގެ ވެބްސައިޓް އެޑްރެހަކީwww.presidencymaldives.gov.mv އެވެ.