ޤާނޫނު ނަންބަރު 2012/2 (މޯލްޑިވްސް ސިވިލްއޭވިއޭޝަން އޮތޯރިޓީގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ނ) ގައި، މޯލްޑިވްސް ސިވިލްއޭވިއޭޝަން އޮތޯރިޓީ ހިނގަމުންދާނީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މިނިސްޓަރެއްގެ ބެއްލެވުމުގެ ދަށުންކަމަށް ބަޔާންކޮށްފައިވާތީ،މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ބެއްލެވުމުގެ ދަށުން މިހާތަނަށް ހިނގަމުންއައި މޯލްޑިވްސް ސިވިލްއޭވިއޭޝަން އޮތޯރިޓީ، 2014 ޖޫން 19 ވަނަ ދުވަހުން ފެށިގެން، މިނިސްޓަރ އޮފް ޓޫރިޒަމުގެ ބެއްލެވުމުގެ ދަށުން ހިނގަމުންދާގޮތަށް ހަމަޖައްސަވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.