ޗައިނާއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް، ގަލޮޅު ދެކެނަންފަރުގޭ ޑޮކްޓަރ މުޙައްމަދު ފައިޞަލް ޢައްޔަނު ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާ ހޯއްދެވުމަށް، އެ ނަންފުޅު އެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފިއެވެ.
ޑޮކްޓަރ މުޙައްމަދު ފައިޞަލަކީ، ނިއުޒީލެންޑުގެ ވިކްޓޯރިއާ ޔުނިވަރސިޓީ އޮފް ވެލިންގްޓަން އިން ޑިވެލޮމްޕަންޓް ސްޓަޑީޒްގެ ރޮނގުން ޕީ.އެޗް.ޑީ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.