‏މި ޖުލައި މަހުގެ 1 ވަނަ ދުވަހު މިނިސްޓަރ އޮފް ހެލްތުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަނު ‏‏ކުރައްވާފައިވާ، ގަލޮޅު މަނާމް ޑޮކްޓަރ މަރްޔަމް ޝަކީލާއަށް، ‏ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ ‏‏(ރ) ގައިވާ ގޮތުގެމަތީން ރައްޔިތުންގެ މަޖިލީހުގެ ރުހުން ‏‏ހޯއްދެވުމަށްޓަކައި، އެ ނަންފުޅު ‏‏ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް މިއަދު ‏‏ފޮނުއްވައިފިއެވެ.‏