ޕ‏ޮލިސް އިންޓެގްރިޓީ ކޮމިޝަންގައި މިހާރު ހިމެނޭ 3 މެންބަރެއްގެ‏‎ ‎‏ މަޤާމުގެ ‏‎‏މުއްދަތު، ‏‏26 ޖުލައި ‏‏2014 ގެ ނިޔަލަށް ހަމަވާތީ، އެ ކޮމިޝަނަށް 3 މެންބަރުން ޢައްޔަނު ކުރެއްވުމަށްޓަކައި، ޤާނޫނު ‏‏ނަންބަރު ‏‎5/2008‎‏‏‎ ‎‏(ފުލުހުންގެ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން، ‏‏ޢާންމުކޮށް އިޢުލާނު ކުރެއްވުމުން، އެކަމަށް އިޖާބަ ދެއްވި ބޭފުޅުންގެ ތެރެއިން ‏‏‏ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ތިންބޭފުޅުންގެ ނަންފުޅު، ރައީސުލްޖުމްހޫރިއްޔާ ‏‏ޢަބްދުﷲ ‏‏ޔާމީން ޢަބްދުލްޤައްޔޫމް، ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފިއެވެ. ‏

‏މިގޮތުން ހުށަހެޅުއްވި 3 ބޭފުޅުންގެ ނަންފުޅު ތިރީގައި މިދަންނަވަނީއެވެ.‏

‏1.‏ ‏އަލްއުސްތާޛް ޢަލީ ނަދީމު‏ ‏ހ. ގްލޯރިއޯސާ‏
‏2.‏ ‏އަލްފާޟިލާ ފާޠިމަތު ސަރީރާ ޢަލީ ޝަރީފު ދަފްތަރު. ނަންބަރު ދރ. 1320 ‏
‏3.‏ ‏އަލްފާޟިލް މުޙައްމަދު ފަރުހާދު‏ ‏ހަސަންކާރިގެ / ސ.މީދޫ‏

‏ މި މަޤާމަށް ކުރިމަތިލެއްވުމަށް އިޢުލާނު ކުރެއްވުމުން، އެކަމަށް އިޖާބަ ‏‏ދެއްވާފައިވަނީ 31 ބޭފުޅުންނެވެ. ‏