‏މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން އުވާލައްވައި، ‏‏އެމިނިސްޓްރީގެ ދަށުން ހިނގަމުންދިޔަ ބައެއް ތަންތަނާއި، އެމިނިސްޓްރީން ކުރަމުންދިޔަ ‏‏މަސައްކަތްތައް، ސަރުކާރުގެ އެހެން އިދާރާތަކަށް ބަދަލުކުރެއްވުމާ ގުޅިގެން، އެމިނިސްޓްރީގެ ‏‏ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން، އެހެން ބައެއް މިނިސްޓްރީތަކަށް ޢައްޔަނު ‏‏ކުރައްވައިފިއެވެ.‏‎ ‎‏މިގޮތުން، ޢައްޔަނު ކުރެއްވި ބޭފުޅުންނާއި، އެބޭފުޅުން ޢައްޔަނު ކުރެއްވި ‏‏މަޤާމުތައް މިދަންނަވަނީއެވެ. ‏

‏1. މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ‏‏މަޤާމުގައި ހުންނެވި ހުޅުމާލެ 10213 ޢަބްދުއްލަޠީފް މުޙަންމަދު، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ‏‏އިކޮނޮމިކް ޑިވެލޮޕްމަންޓް ކަމުގެ މަޤާމަށް.‏

‏2. މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ‏‏މަޤާމުގައި ހުންނެވި ގަލޮޅު ތަރިޖެހިގޭ މުޙަންމަދު އަނީސް، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ‏‏އިކޮނޮމިކް ޑިވެލޮޕްމަންޓް ކަމުގެ މަޤާމަށް.‏

‏3. މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ‏‏މަޤާމުގައި ހުންނެވި ހެންވޭރު ނޫމުތި މުޙަންމަދު އިބްރާހީމް، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ‏‏އެންވަޔަރަންމަންޓް އެންޑް އެނަރޖީ ކަމުގެ މަޤާމަށް. ‏