‏ރައީސުލްޖުމްހޫރިއްޔާ، ‏މިނިސްޓަރ އޮފް ހޯމްއެފެއާޒްގެ ‏ނައިބުގެ މަޤާމަށް ‏‏ބޭފުޅަކު ޢައްޔަނު ކުރައްވައިފިއެވެ. މި މަޤާމަށް ޢައްޔަނު ކުރެއްވީ، މާފަންނު ރަބީޢީގޭ އަޙްމަދު ‏‏އަދީމެވެ. އަޙްމަދު އަދީމް މި މަޤާމަށް ޢައްޔަނު ކުރައްވާފައިވަނީ، ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް ‏‏މޯލްޑިވްސް ހިންގަވާ އެންމެ އިސްވެރިއެއްގެ ގޮތުގައެވެ. ‏