‏ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް، ސްރީލަންކާ ‏‏ރައީސްގެ އަނބިކަނބަލުން ޝިރާންތީ ރާޖަޕަކްސައާ ބައްދަލުކުރައްވައިފިއެވެ.‏

މިއަދު ހަވީރު މުލީއާގޭގައި އޮތް މިބައްދަލުކުރެއްވުމުގައި، އިޖުތިމާޢީ ދާއިރާއިން ‏‏ދެބޭފުޅުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި ރާއްޖޭގައި ‏‏ތިބި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންގެ ޙާލަތު ރަނގަޅު ކުރުމަށް، އިތުރަށް ކުރެވިދާނެ ‏‏މަސައްކަތްތަކާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.‏