އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް މީހަކު ޢައްޔަންކުރެއްވުމަށްޓަކައި، ޤާނޫނު ނަންބަރު: 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު)ގެ 44 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ޢާންމުކޮށް އިޢުލާނު ކުރެއްވުމުން، އެމަޤާމަށް އިޖާބަދެއްވި 13 ބޭފުޅުންގެ ތެރެއިން ހައްދުންމަތީ މާވަށު މާޒީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރުގެ ނަންފުޅު، ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފިއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް އިޢުލާނު ކުރެއްވުމުން، އެކަމަށް އިޖާބަ ދެއްވި ބޭފުޅުންގެ ތެރެއިން ޝަރުޠުހަމަވާ ބޭފުޅުންގެ ނަންފުޅުތައް، ރައްޔިތުންގެ މަޖިލީހުގެ މަޢުލޫމާތަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފޮނުއްވާފައެވެ.