1435 ވަނަ އަހަރުގެ ރަމަޟާންމަހު ސަރުކާރުގެ އޮފީސްތަކުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 10:00 ން މެންދުރުފަހު 2:00 އަށް ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
އަދި، މިއަހަރުގެ ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހު ސަރުކާރުގެ އޮފީސްތަކުގެ ރަސްމީ މަސައްކަތު ގަޑި ހަމަޖެހިފައިވަނީވެސް ހެނދުނު 10:00 ން މެންދުރުފަހު 2:00 އަށް ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
މިގޮތަށް މި ހަމަޖެއްސެވީ، މިއަހަރުގެ ރަމަޟާންމަހުގެ ރަސްމީ މަސައްކަތު ގަޑިއާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑި، ހެނދުނު 10:00 އިން މެންދުރުފަހު 2:30 އަށް ހަމަޖައްސަވައި، މި އޮފީހުގެ ނަންބަރު 8/2014 ދެންނެވުން ނެރުއްވުމުން އެކަމާބެހޭގޮތުން ރައްޔިތުންގެ ފަރާތުން ލިބިވަޑައިގެންފައިވާ ޚިޔާލުތަކަށް ރިޢާޔަތް ކުރައްވައި މުވައްޒަފުންނަށް ލުޔެއް ދެއްވުމުގެ ގޮތުން ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
މިދެންނެވުން ނުކުތުމާ ގުޅިގެން، މި އޮފީހުގެ ނަންބަރު 8/2014 (19 ޖޫން 2014) ދެންނެވުން ބާޠިލުކުރައްވައިފިއެވެ.