ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް މައްޗަންގޮޅީ ރެސްޓިންގ ހައުސް ފާޠިމަތު ޢިނާޔާ ޢައްޔަނު ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާ ހޯއްދެވުމަށް، އެ ނަންފުޅު އެމަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
ފާޠިމަތު ޢިނާޔާ މިހާރު ހުންނެވީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ ނައިބުގެ މަޤާމުގައެވެ.