ޤާނޫނު ނަންބަރު: 2012/2 (މޯލްޑިވްސް ސިވިލްއޭވިއޭޝަން އޮތޯރިޓީގެ ޤާނޫނު)ގެ 3 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން، މޯލްޑިވްސް ސިވިލްއޭވިއޭޝަން އޮތޯރިޓީ ހިނގަމުންދާނީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މިނިސްޓަރެއްގެ ބެއްލެވުމުގެ ދަށުން ކަމަށް ބަޔާންކޮށްފައިވާތީ، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ބެއްލެވުމުގެ ދަށުން މިހާތަނަށް ހިނގަމުން އައި މޯލްޑިވްސް ސިވިލްއޭވިއޭޝަން އޮތޯރިޓީ، މިނިސްޓަރ އޮފް ޓޫރިޒަމްގެ ބެއްލެވުމުގެ ދަށުން ހިނގަމުންދާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.