މިއަހަރުގެ ރަމަޟާންމަހު ސަރުކާރުގެ އޮފީސްތަކުގެ ރަސްމީ މަސައްކަތު ގަޑި ނިމޭނީ މެންދުރުފަހު 2.00 ގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.

މިގޮތަށް ރައީސުލްޖުމްހޫރިއްޔާ މި ހަމަޖެއްސެވީ، މިއަހަރުގެ ރަމަޟާން މަހުގެ ރަސްމީ ގަޑި ހަމަޖެހިފައިވަނީ، ހެނދުނު 10.00 ން މެންދުރުފަހު 2.30 އަށް ކަމަށް މިދިޔަ ބުރާސްފަތި ދުވަހު އިޢުލާނު ކުރެއްވުމާ ގުޅިގެން، އެ ގަޑިއާމެދު ރައްޔިތުންގެ ފަރާތުން ލިބިވަޑައިގެންފައިވާ ޚިޔާލުތަކަށް ރިޢާޔަތް ކުރެއްވުމަށްފަހު، ސަރުކާރުގެ މުވައްޒަފުންނަށް ލުޔެއް ދެއްވުމުގެ ގޮތުންނެވެ.

ރަމަޟާން މަހު ރަސްމީގަޑި ފެށޭނީ މިހާރުވެސް އިޢުލާންކުރައްވާފައިވާ ގޮތުގެ މަތިން ހެނދުނު 10 ޖަހާއިރުއެވެ.