‏ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލު އަޙްމަދު، ‏އިންދިރާ ‏‏ގާނދީ މެމޯރިއަލް ހޮސްޕިޓަލަށް މިއަދު ހެނދުނު ޒިޔާރަތް ކުރައްވައި، އެ ހޮސްޕިޓަލްގެ ‏‏މަސައްކަތްތައް ‏‏ހިނގަމުންދާ ‏‏ގޮތް ބައްލަވާލައްވައިފިއެވެ.‏

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ޒިޔާރަތުގައި، މަރާމާތުގެ މަސައްކަތްތައް ‏‏ހިނގަމުންދާ ތަންތަނަށާއި، އެ ހޮސްޕިޓަލުގެ ޑައިގްނޯސްޓިކް ސެންޓަރަށް އަލަށް އިތުރު ކުރެވޭ ‏‏ބައިގެ މަސައްކަތް ހިނގަމުންދާ ސަރަޙައްދަށް ވަޑައިގެން، މަސައްކަތް ކުރިއަށްދާ ގޮތާބެހޭ ‏‏މަޢުލޫމާތު އޮޅުން ފިލުއްވިއެވެ. އަދި އައި.ޖީ.އެމް.އެޗް އިތުރަށް ހަރުދަނާ ކުރުމަށް ‏‏އެޅެންހުރި ‏‏ފިޔަވަޅުތަކާ ބެހޭގޮތުންވެސް އެ ހޮސްޕިޓަލުގެ އިސްވެރިންނާ މަޝްވަރާ ކުރެއްވިއެވެ. ‏