‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ރައްޔިތުންގެ މަޖިލީހުގެ އާ ރައީސް ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙް މުޙަންމަދަށާއި، ރައްޔިތުންގެ މަޖިލީހުގެ އާ ނައިބު ރައީސް ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ. މި މުނާސަބަތުގައި އެ ދެބޭފުޅުންނަށް، ރައީސުލްޖުމްހޫރިއްޔާ ވަރަށް އިޚްލާޞްތެރިކަމާއެކު ހެޔޮއެދުންތައްވެސް ފޮނުއްވާފައިވެއެވެ.