ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ އެޑިޝަނަލް ސެކްރެޓެރީ ކަމުގެ މަޤާމަށް، މާފަންނު އެމޭޒަން ޑޮކްޓަރ ޢާއިޝަތު ޝެހެނާޒް އާދަމް ޢައްޔަނު ކުރައްވައިފިއެވެ.

ޑޮކްޓަރ ޢާއިޝަތު ޝެހެނާޒް އާދަމް، މިހާތަނަށް ހުންނެވީ އެކުވެރި ޢަރަބި ޢިމާރާތަށް ދިވެހި ސަރުކާރުގެ ފަރާތުން ކަނޑައަޅާފައިވާ ސަފީރުކަމުގެ މަޤާމުގައެވެ.