ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، އިންޓަރނޭޝަނަލް ކޮންޓެއިނަރ ޓަރމިނަލް ސަރވިސަސް އިންކޯޕަރޭޓުގެ ވައިސް ޕްރެޒިޑެންޓް ހޯސޭ މެނުއެލް މެންޓެކޯންއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ސިންގަޕޫރުގައި ހުންނަވާ ހޮޓެލްގައި މިއަދު މެންދުރުފަހު އޮތް މި ބައްދަލުކުރެއްވުމުގައި، ތިލަފުށީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢާއި، ރާއްޖޭގެ އުތުރުގައި ޤާއިމު ކުރުމަށް ހަމަޖެހިފައިވާ ޓްރާންސްޝިޕްމަންޓް ބަނދަރުގެ މަޝްރޫޢާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވައި، އެ މަޝްރޫޢުތަކަކީ، ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށް ވަރަށް މުހިންމު މަޝްރޫޢުތަކެއް ކަމަށް ވިދާޅުވިއެވެ.