‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ސިންގަޕޫރުގެ ޗާންގީ ‏‏އެއަރޕޯޓް ގްރޫޕާއި، ޗާންގީ އެއަރޕޯޓް އިންޓަރނޭޝަލްގެ ވަފްދަކާ މިއަދު ބައްދަލުކުރައްވައިފިއެވެ. ‏

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ‏‏ސިންގަޕޫރުގެ ޗާންގީ އެއަރޕޯޓް ތަރައްޤީކޮށްފައިވާ ގޮތާބެހޭ މަޢުލޫމާތު، އެ ގްރޫޕުގެ ފަރާތުން ‏‏ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.‏

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިބްރާހީމް ‏‏ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތުގެ މައިބަދަކަން ‏‏ފާހަގަކުރެއްވިއެވެ. އަދި މި ޞިނާޢަތް އިތުރަށް ކުރިއަރުވައި އާލާކުރުމަށްޓަކައި، ގިނަ އަދަދެއްގެ ‏‏ފަސިންޖަރުންނަށް އެއްފަހަރާ ޚިދުމަތް ދެވޭގޮތަށް، މި އެއަރޕޯޓު ތަރައްޤީކުރެއްވުމަށް ‏އެމަނިކުފާނުގެ ‏‏ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރު، ސިންގަޕޫރުގެ ވަފުދާ ޙިއްޞާ ކުރެއްވިއެވެ.

‏މިބައްދަލުކުރެއްވުމުގައި، ‏މިނިސްޓަރ އޮފް ޓޫރިޒަމް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ‏‏ބައިވެރިވެވަޑައިގެންނެވިއެވެ. ‏