بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيدنا محـمَّدٍ، خاتم الأنبياء ‏والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.‏

‏ސީލައިފް ގްލޯބަލްގެ ޙިއްޞާދާރުން، އަޙްމަދު މޫސާ، ޝަހީދު، ޑޮކްޓަރ ‏‏ޚާލިދު އަދި އެހެން މަސްއޫލު ބޭފުޅުން، އެޗް.ޑީ.ސީ.ގެ މެނެޖިންގ ޑިރެކްޓަރ ސުހައިހް ‏‏އަޙްމަދު، ވަޒީރުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، މި ރަސްމިއްޔާތަށް ވަޑައިގެން ‏‏ތިއްބެވި އެންމެހާ ޢިއްޒަތްތެރިން، ހުޅުމާލޭގެ ލޮބުވެތި ރައްޔިތުން.‏

‏ السّــلام عليــكم ورحـمــة اللّـه وبـركاتـه،

‏އާދެ! ޝައްކެއްވެސްނެތްގޮތުގައި ހުޅުމާލެއަކީ، އަޅުގަނޑުމެންގެ ޕާޓީގެ ‏‏ލީޑަރު ރައީސް މައުމޫންގެ ތަޞައްވުރެއް. ރައީސް މައުމޫން އޭރު ހުޅުމާލެއާ ދޭތެރޭގައި ‏‏ވިސްނާވަޑައިގަތީ، މާލޭގައި މީހުން ތޮއްޖެހި ބައިބޯވެގެންދާއިރު، މާލެއަށް ކޮންމެވެސްވަރެއްގެ ‏‏ލުޔެއް ގެނެސްދެއްވުމަށް. އެކަމަކު މީގެ 10 އަހަރު ކުރިން، 15 އަހަރު ކުރިން، މި ‏‏ތަޞައްވުރު، ތަޞައްވުރެއްގެ ސިފައިގައި އޮތްއިރު، އެއްވެސް މީހަކު ހިތަކަށްނާރާނެ، މިފަދަ ‏‏ބިޔަ ބޮޑެތި މަޝްރޫޢުތަކެއް ހިނގާފާނެ ރަށަކަށް، މި ރަށް ބަދަލުވެގެން ހިނގައިދާނެ ކަމަކަށް. ‏‏މި ދުރުވިސްނުމަކީ، މިއީ ޤައުމު ބިނާކުރުމުގެ ވިސްނުމަކީ. އެހެންވީމާ، އެކަމަށްޓަކައި ‏‏ހުޅުމާލޭގައި މިފަދަ ބިޔަ ފުރިހަމަ މަޝްރޫޢެއް ފެށޭއިރު، އަޅުގަނޑު އިޚްލާޞްތެރިކަމާއެކީ، ‏‏ރައީސް މައުމޫނަށް ޝުކުރު ދަންނަވަން. އަދި އޭރު އެމަނިކުފާނުގެ ޓީމުގައި މިކަހަލަ ބިޔަ ‏‏މަޝްރޫޢުތައް ޙަޤީޤަތަކަށް ހައްދަވައިދެއްވުމަށްޓަކައި މަސައްކަތް ކުރެއްވި ވަޒީރުންނަށް، ‏‏އޭގެތެރޭގައި އޭރުގެ ޕްލޭނިންގ މިނިސްޓަރ، އަޅުގަނޑުގެ އަޚު ޙަމްދޫން ޙަމީދު ‏‏ހިމެނިވަޑައިގަންނަވާނެ. އެމަނިކުފާނަށްވެސް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. ‏

‏އާދެ! ހުޅުމާލެއަށް ދިރުން ގެނެސްދޭ ކޮންމެ މަޝްރޫޢަކާ ކޮންމެވެސް ‏‏ގޮތަކުން އެސޯސިއޭޓްވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް، ވަރަށްބޮޑު ޝަރަފެއް. ‏‏އަޅުގަނޑަށް މި ޝަރަފް ދެއްވި ކަމަށްޓަކައި ގްލޯބަލް ސީލައިފްގެ އިސް މަސްއޫލުވެރިންނަށް ‏‏ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.‏

‏އާދެ! ދިވެހިރާއްޖެއަށް މިއަދު އެންމެ ބޮޑަށް ދަތިވެފައިވާ ކަންތައްތަކުގެ ‏‏ތެރޭގައި، އެންމެބޮޑު މައްސަލައަކީ، އަޅުގަނޑުމެންގެ ދިވެހި ޒުވާނުންނަށް އަދި އެކި ‏‏ގިންތިތަކުގައި ހިމެނިވަޑައިގަންނަވާ ދިވެހިންނަށް ވަޒީފާގެ ފުރުޞަތުގެ އިތުރަށް، ގެދޮރުވެރިކަން ‏‏ނެތިގެންދާ މައްސަލަ. އަޅުގަނޑުމެން، ޕީ.ޕީ.އެމް.ގެ ފަރާތުން ނުކުމެ، ރައްޔިތުންނަށް ‏‏ވިސްނައިދެވޭތޯ ބެލީ އަޅުގަނޑުމެންގެ ސަރުކާރެއްގައި އެންމެބޮޑު އިސްކަމެއްދޭނީ، ‏‏ގެދޮރުވެރިކުރުވާށޭ. އަދި ހަމައެހެންމެ، ދިވެހި ޒުވާނުން ގެދޮރުވެރިކަމުގެ ހިޔާވަހިކަމުގައި ‏‏ތިބޭއިރު، ގެދޮރުވެރިކުރުވާ ޒުވާނުންނަށް، ގެދޮރަށް ބޭނުންވާ ފައިސާއާއި ކުލި ދެއްކުމުގެ ‏‏ވަސީލަތްތައް ޤާއިމްކޮށްދިނުމަށްޓަކައި ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުޞަތާއި އަދި އާމްދަނީ ‏‏ލިބޭނެ ގޮތްތައް ހަދައިދޭނެ ކަމަށް އަޅުގަނޑުމެން ވަޢުދުވަމުން އައީ. އެހެންވީމާ، ‏‏އިރާދަކުރެއްވިއްޔާ، މި ފެށުނު މަޝްރޫޢަކީ އަޅުގަނޑުމެންގެ ވަޢުދުގެ ކުރިން ވުޖޫދަށް ‏‏އައިސްފައި އޮތް މަޝްރޫޢެއް ކަމަށްވީނަމަވެސް، މި ފެށިގެންދާއިރު މިއީ އަޅުގަނޑުމެންގެ ‏‏ޕާޓީއަށާއި އަޅުގަނޑަށ ވަރަށް ޚާއްޞަ އުފަލެއް ލިއްބައިދޭ މަޝްރޫޢެއް.‏

‏މި މަޝްރޫޢުގެ ތަޢާރުފުގައި، ދެންމެ އަޅުގަނޑުމެންނަށް އަޑުއިވިގެންދިޔަ ‏‏ފަދައިން، ފިޔަވަހިތަކަކަށް ބެހިގެން، މި މަޝްރޫޢު ނިމިގެންދާއިރު، 3000 ހައުސިންގ ޔުނިޓް ‏‏ހިމެނޭނެ. 3000 ހައުސިންގ ޔުނިޓަކީ ގާތްގަނޑަކަށް 18000 މީހުންނަށް ދިރިއުޅެވޭނެ ޖާގަ. ‏‏ހުޅުމާލެ، 10 އަހަރުގެ ކުރު މުއްދަތެއްގެ ތެރޭގައި އަދި ވަރަށް ރިސްޓްރިކްޓިވް ވަކި ޕްލޭނެއްގެ ‏‏ދަށުން ކަންތައްތައް ކުރެވޭ އިންތިޒާމެއްގެ މަތިން، އޮތް ރަށަކަށް ވެގެންދިޔައިރުވެސް، ‏‏ހުޅުމާލޭގައި 30000 މީހުން މިއަދު ދިރިއުޅެމުން އެބަ ގެންދޭ. އަދި ސަރުކާރުގެ އިޤްތިޞާދީ ‏‏މަޝްރޫޢުތަކެއް ޢާންމުވެގެން ފުޅާވެގެންދާކަމަށްވަންޏާ، މިއަށްވުރެ ގިނަ އާބާދީ މިރަށުގައި ‏‏އޮންނާނެކަމާ ދޭތެރޭގައި ޝައްކެއްނެތް.‏

‏އަޅުގަނޑުމެންގެ ތަޞައްވުރުގައި، ހުޅުމާލެއާ ދޭތެރޭގައި އަޅުގަނޑުމެން ‏‏ޚިޔާލުކޮށްފައި މިއޮތީ، ހުޅުމާލޭގައި ޒުވާނުންގެ ސިޓީއެއް، ޔޫތު ވިލެޖެއް އަޅުގަނޑުމެން ‏‏ހަދާނަމޭ. އަދި އެ ޔޫތު ވިލެޖަކީ، ދިވެހި ޒުވާނުންގެ ތެރެއިން އާމްދަނީ ހޯދައިގެން 50000 ‏‏މީހުންނަށް ދިރިއުޅެވޭ ޖާގަ އޮތް ޔޫތު ވިލެޖަކަށް އަޅުގަނޑުމެން ހަދައިދޭނަމޭ. ދެން ޔޫތު ‏‏ވިލެޖެއް ހެދޭއިރު ހަމައެކަނި އަންނާނީކީ ގެދޮރުވެރިވުމެއްވެސް ނޫން. ޔޫތު ވިލެޖަކާ ގުޅުންހުރި ‏‏އެހެން މަޝްރޫޢުތައް، މީގެތެރޭގައި ހިމެނިގެންދާނެ. ވަޒީފާގެ ފުރުޞަތު، ކޮންމެވެސްކަހަލަ ލުއި ‏‏ޞިނާޢަތްތަކެއް އުފެދިގެން ދިޔުން. އަދި މިޒަމާނުގެ ޔޫތުންނަށް ބޭނުންވާކަހަލަ ކެއިން ބުއިމުގެ ‏‏އިންތިޒާމުތަކާއި، ފަސޭހަކަމާއެކީ އަވަސްކަމާއެކީ ލިބޭނެ ރެސްޓޯރެންޓް ފެސިލިޓީޒް، މީގެތެރޭގައި ‏‏ހިމެނިގެންދާނެ. މިއީ އަޅުގަނޑުމެންގެ އުންމީދު. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ 5 ‏‏އަހަރެއްގެ ތެރޭގައި، އަޅުގަނޑުމެން ޚިޔާލުކޮށްގެން މިތިބީ، މި އުންމީދު އަޅުގަނޑުމެންނަށް ‏‏ޙާޞިލް ކުރެވޭނެ ކަމަށް.‏

‏އަޅުގަނޑުމެން އަޑުއަހަމު، ސީ.އެސް.އާރު މަޝްރޫޢުތަކުގެ ތެރެއިން، ‏‏އެކިއެކި މަސައްކަތް ކުރުމަށް، ރިޒޯޓް ހެދުމަށް ރަށްރަށް މި ދޫކުރައްވަނީ އިޖުތިމާޢީ އެކިއެކި ‏‏ބޭނުންތަކަށް. މިހާރު ސަރުކާރުގެ އަމާޒަކަށްވެފައި މިއޮތީ، ދެން ސީ.އެސް.އާރު މަޝްރޫޢުތަކަށް ‏،ރިޒޯޓް ހަދަން ރަށްރަށް ދޫކުރާއިރު، ސީ.އެސް.އާރު ކޮމްޕޯނަންޓް ތެރޭގައި ހިމެނޭނީ، އެންމެ ‏‏އިސްކަމެއްދޭ ގޮތަށް ގެދޮރުވެރިކަން. މިއީ، ތަރައްޤީ ކުރުމަށް ކުރެވޭ މަސައްކަތެއް. މިއީ، ‏‏މާލޭގަޔާއި ހުޅުމާލޭގަޔާއި، ޚާއްޞަކޮށް، މި ދެރަށަށް އަމާޒުވެގެންދާނީ. މާލޭގައި އަޅުގަނޑު ‏‏މިކަން ކުރަން ބޭނުންވާ ސަބަބަކީ، އަޅުގަނޑުމެންގެ ޕާޓީން އަޅުގަނޑުމެންގެ މެނިފެސްޓޯގައި ‏‏ޝާއިޢުކޮށްފައި އޮތް ގޮތަށް، މާލޭގައި ދިރިއުޅެމުންދާ މީހުންގެ ތެރެއިން، މާލޭގައި ގެދޮރު ނެތް ‏‏ހުރިހާ އެންމެންނަށް، ގެދޮރު ހަމަޖައްސައިދިނުމަށް އަޅުގަނޑުމެން ކުރަން ބޭނުންވާ ކަންތައް. ‏‏ހުޅުމާލޭގައި އަޅުގަނޑުމެން މިކަން މި ކުރަނީ، މާލޭގައި ފުރިގެންދާ، ތޮއްޖެހިގެންދާ މާލެ، ‏‏މިއަށްވުރެން ހަމަޖެހިގެން ނޭވާލެވޭނެ ގޮތަކަށް ހަމަޖެހިގެން ދިޔުމަށް، ހުޅުމާލޭގައި ‏‏ގެދޮރުވެރިކުރުމުގެ މަޝްރޫޢުތައް މި ހިންގަނީ. މާލޭގައި ދިރިއުޅޭ މާލޭ‏‎ ‎‏ ރައްޔިތުންނާއި، ‏‏މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނާއި އަދި އަތޮޅުތަކުން މިތަނަށް ހިޖުރަ ކުރައްވަން ‏‏ބޭނުންފުޅުވާ ބޭފުޅުންނަށް، މި ފުރުސަތު ތަނަވަސްވެގެން މިދަނީ. ﷲގެ ރަޙްމަތާއެކީ، ‏‏އަޅުގަނޑުމެން ވިސްނާފައި، އަޅުގަނޑުމެން ނިންމާފައި އެ އޮތްގޮތަށް، ބްރިޖަކުން މި ދެ ރަށް ‏‏ގުޅޭ ހިސާބަށް ދިޔައިމަ، ޝައްކެއްވެސްނެތްގޮތުގައި، އިޤްތިޞާދީ ފުރުޞަތާއި، އިޖުތިމާޢީ ‏‏ކަންކަން ހަމަޖެހިގެންދާނީ މިތާ ދިރިއުޅޭ ރައްޔިތުންނަށް، ހަމަ ދިވެހިރާއްޖޭގެ، މި ދުނިޔެމަތީގެ ‏‏ސުވަރުގެއެއްގެ ފަދައިން، އިހުސާސްކުރެވޭ އުފާވެރިކަމެއްގެ ތެރޭގައި. މިއީ އަޅުގަނޑުމެން ‏‏މިރަށަށް ގެންނަން ބޭނުންވާ ތަރައްޤީ.‏
‏ ‏
‏މި އުންމީދުތައް ޙާޞިލްކޮށްދިނުމަށްޓަކައި، ބޭރުގެ ފަރާތްތަކާ ގުޅިގެން ‏‏ދިވެހިން މި ކުރައްވާ މަސައްކަތުގައި، އަދި ސައްތައިންސައްތަ ބޭރުގެ ޙިއްޞާދާރުން ހިމެނޭ ‏‏ކުންފުނިތަކުން ކުރާ މަސައްކަތުގައި، އަޅުގަނޑުމެންގެ ސަރުކާރުގެ ހުރިހާ އެއްބާރުލުމާއި ތާއީދު ‏‏އޮންނާނެ. އަދި މި ކަންކަން މިގޮތަށް ދާނީ، ޝައްކެއްވެސްނެތްގޮތުގައި، ދިވެހިރާއްޖޭގައި ‏‏ހަމަޖެހުން އޮވެގެން. ދިވެހިރާއްޖެއަށް ބޭރުގެ އިންވެސްޓަރުން އައިސް، ދިވެހިރާއްޖޭގައި މިކުރާ ‏‏މަސައްކަތްތައް މި ހިންގަމުން މި ގެންދަނީ، ދިވެހިރާއްޖޭގައި މިވަގުތު ހަމަޖެހުން އޮތުމާއެކީ. ‏‏ދިވެހިރާއްޖޭގެ ސަރުކާރަށާއި، ރައްޔިތުންނަށާއި، ދިވެހިރާއްޖޭގައި އޮތް ފުރުޞަތުތަކަށް އިތުބާރު ‏‏ކުރާތީ. ‏

‏އެހެންވީމާ، އަޅުގަނޑު މިއަދު ދަންނަވާލަން ބޭނުންވަނީ ސީލައިފް ގްލޯބަލްއާ ‏‏އެކީ ޙިއްޞާދާރުވެގެން މި މައްސަކަތްކުރާ ދުބާއީގެ ދެ ކުންފުންޏަށް މަރުޙަބާ ދަންނަވަމުން، ‏‏އަޅުގަނޑު ދަންނަވަން ބޭނުންވަނީ، ދިވެހިރާއްޖޭގައި މިކަހަލަ ފުރުޞަތުތައް މަދެއްނޫނޭ. ‏‏މި މަޝްރޫޢު ޙަޤީޤަތަކަށް ހައްދަވައި ދެއްވުމަށްޓަކައި ދެންމެ އަޙްމަދު މޫސާގެ ވާހަކަފުޅުގައި، ‏‏އެ ފާހަގަކުރެއްވި ގޮތުން، އެތަކެއް ބޭފުޅުން އިޚްލާޞްތެރިކަމާއެކީ، މި މަޝްރޫޢު ‏‏ކާމިޔާބުކޮށްދެއްވުމަށްޓަކައި މަސައްކަތް ކުރެއްވި. އެބޭފުޅުންގެ ނަންފުޅުތައް، ވަކިން ‏‏ދަންނަވާނުލި ކަމުގައިވީނަމަވެސް، އެހުރިހާ ބޭފުޅުންނަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ‏‏ދަންނަވަން. ‏

‏މި ޓައުންޝިޕްގެ ތެރޭގައި މި ހެދިގެންދާ ކޮމްޕްލެކްސްއަކީ، ދެންމެ ‏‏އަޅުގަނޑުމެންނަށް ތަޢާރުފުވެ، އިވިގެންދިޔަ ފަދައިން، އެތަނުގައި ދިރިއުޅޭ ހުރިހާ ‏‏އެންމެންނަށް، އެތަނުގައި ވަޒަންވެރިވެގެން އުޅޭ ހުރިހާ އެންމެންނަށް ބޭނުންވާނެ ހުރިހާ ‏‏ވަސީލަތްތަކެއް ހަމަޖެހިގެންދާނެ ކަންކަން. މިކަހަލަ އިތުރު ކޮމްޕްލެކްސްތަކާއެކީ އަޅުގަނޑުމެން ‏‏ވަނީ މިދެންނެވި އުންމީދު ޙާޞިލު ކުރުމަށްޓަކައި 50000 މީހުންނަށް، ޚާއްޞަ ގޮތެއްގައި މި ‏‏އަމާޒުވެގެންދަނީ ޒުވާނުންނަށް. މި ފުރުޞަތުތައް ތަނަވަސްވެގެން ގޮސް، އަޅުގަނޑުމެން ‏‏މިދަންނަވާ ކަހަލަ ސިޓީއަކަށް، ހުޅުމާލޭގެ ސިޓީ ބަދަލުވެގެންދިޔުން. އެޗް.ޑީ.ސީ. އަށް ‏‏އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، އެޗް.ޑީ.ސީ.ގައި އަޅުގަނޑަށްވެސް އެނގޭ، ‏‏މިހާތަނަށް މިއޮތީ އެޗް.ޑީ.ސީ.ގައި ހުޅުމާލޭގެ ތަޞައްވުރު މިއޮތީ ވަކިގޮތަކަށް ރޭވިފައި، ‏‏ވަކިގޮތަކަށް ކުރެހިފައި. އެހެން ނަމަވެސް، އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، ‏‏އަޅުގަނޑުމެންގެ ޙާލަތަށް އަންނަ ބަދަލާ ގުޅިގެން، އަޅުގަނޑުމެން އެޑްރެސް ކުރަންޖެހެނީ، ‏‏އަޅުގަނޑުމެންނަށް އެވަގުތު އެންމެ ބޮޑަށް ބޭނުންވެފައި ހުރި ކަންކަމަށް. ‏

‏ދިވެހިރާއްޖޭގައި މިވަގުތަށް އެންމެ ބޮޑަށް ބޭނުންވެފައި އޮތީ، މި ކިތަންމެ ‏‏ރީތި ޕްލޭން ސިޓީއަކަށް އަޅުގަނޑުމެން އެގޮތުގެ މަތީ ގެންދަން ބޭނުން. އެކަމަކު އެޔާއެކީވެސް ‏‏އަޅުގަނޑުމެން ޤަބޫލުކުރަންޖެހެނީ، އަޅުގަނޑުމެން އެބަޖެހެޔޭ މީހުންގެ ގެދޮރުވެރިކަމުގެ ‏‏އިޙްސާސަށް އިޖާބަދޭން. އަދި ހަމައެހެންމެ، ޝަހަރެއްގައި ގެދޮރުވެރިކުރުވާއިރު، އިޤްތިޞާދީ ‏‏މަސައްކަތް ކުރުމަށާއި، ވަޒީފާގެ ފުރުޞަތަށް ޖާގަ ލިބޭގޮތަށް އެޗް.ޑީ.ސީ.ގެ ޕްލޭންތައްވެސް ‏‏މިހާރު މިއަންނަނީ އަލުން ބަލުން ބަދަލުވަމުން. ކޮންމެ ސަރުކާރެއްވެސް ޒަޢާމަތަކާ ޙަވާލުވީމަ، ‏‏ކުރާނެ މަސައްކަތްތަކުގެ ތެރޭގައި، އެ ޤައުމެއްގައި ހުރި ވަސީލަތްތައް، އެންމެ ހެޔޮގޮތުގައި ‏‏ބޭނުންކުރުމަށް މަސައްކަތް ކުރާނެ. އެއްވެސް ކަމަކީ ބަދަލުނުވާނެ ކަމެއް ނޫން. ޗާޓްތަކަކީ ‏‏އަލުން ކުރެހީމަ ބަދަލުވާނެ ޗާޓްތައް. އެހެންވީމާ، އެޗް.ޑީ.ސީ.ގެ މަސައްކަތްވެސް، ކުރިއަށް އޮތް ‏‏ތަނުގައި ދާނީ، ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށުމާއެކުވެސް އެޗް.ޑީ.ސީ.ގެ މަސައްކަތް މި ‏‏ދާނީ، އަޅުގަނޑުމެންގެ ސަރުކާރުގެ މިއަދުގެ އަމާޒު ފުރިހަމަކުރުމަށްޓަކައި. ‏

‏އަޅުގަނޑުމެން މިއަންނަނީ ރައްޔިތުންގެ ވޯޓާއެކީ، ރައްޔިތުންނަށް ބޭނުންވާ ‏‏ކަންތައްތަކެއް ޙާޞިލުކޮށްދޭނެ ކަމަށް ވަޢުދުވަމުން. އެހެންވީމާ، ހުޅުމާލެ، މިދެންނެވި ގޮތަށް ‏‏ބަދަލުވެގެންދާއިރު، މި ޔޫތު ސިޓީ މިތަނަށް އައިއްސަ، ޓެކްނޯ ޕޮލިސް ޕާކަކާއި އަދި ޔޫތުންނަށް ‏‏ބޭނުންވާ އެންޓަރޓައިންމަންޓް އެމިޔުޒްމަންޓްގެ އެތަކެއް ބައިވަރު ޙަރަކާތްތަކެއް މި އަންނަނީ. ‏‏ޝައްކެއްވެސްނެތްގޮތުގައި، ހަށިގަނޑުގެ ތަރުބިއްޔަތަށް ބޭނުންވާ ކަންކަމުގެ އިތުރަށް، ވަޒީފާގެ ‏‏ފުރުޞަތުތަކާއި، ރާއްޖޭގައި، ރާއްޖޭގެ ވެށްޓާ ގުޅޭ ކަހަލަ ލުއި ޞިނާޢީ މަސައްކަތްތަކެއްވެސް ‏‏ހިމެނޭގޮތަށް. އަދި ހަމައެޔާއެކީ، މިތަނުގައި ޓޫރިޒަމްގެ މަސައްކަތާއި، މަސްވެރިންނަށް ބޭނުންވާ ‏‏ކަންކަމުގެ އިތުރަށް، މިޒަމާނުގެ ސިޓީއަކަށް ބޭނުންވާނެ ހުރިހާ ކަންކަމެއްވެސް ހިމެނިގެންދާނެ.‏

‏އަޅުގަނޑު ބޭނުންވަނީ، އަޙްމަދު މޫސާމެންފަދަ ދިވެހި ބޭފުޅުން، ‏‏އަޅުގަނޑުމެން މިކުރާ އުންމީދުގައި، އިތުބާރު ކުރައްވައިގެން، ބޭރުގެ އެކި ފަރާތްތައް ‏‏ހޯއްދަވައިގެން، މިކަހަލަ މަސައްކަތްތަކަށް، އެފަރާތްތަކުގެ ޝައުޤުވެރިކަން ހޯއްދެވުން. ދިވެހި ‏‏ސަރުކާރުގެ މިދެންނެވި އަމާޒަށް މަސައްކަތް ކުރެވިގެން، ދިވެހި ސަރުކާރުން ނުލިބޭނެ ‏‏ހުއްދައެއް، އިރާދަކުރެއްވިއްޔާ، މި 5 އަހަރަކު ނޯންނާނެ. އަޅުގަނޑުމެން ބޭނުންވާނެ، ‏‏މިކަންކަން ޙަޤީޤަތަކަށްވާން. އަޅުގަނޑުމެން ބޭނުންވާނެ، ދިވެހި ޒުވާނުންނަށް ވަޒީފާގެ ‏‏ފުރްޞަތު ލިބިގެންދާން. އަޅުގަނޑުމެން ބޭނުންވާނެ، ގެދޮރުވެރިވާން. އަޅުގަނޑުމެން ‏‏ބޭނުންވާނެ، މާލޭގައި ދިރިއުޅޭ ނިކަމެތިން. މާލޭގަޔާއި ހުޅުމާލޭގައި ގެދޮރުވެރިވާން ‏‏އަޅުގަނޑުމެން ބޭނުންވާނެ. އެއީ އަޅުގަނޑުމެންގެ ސަރުކާރުން ބަދަލުނުވާގޮތަށް، ލިޔެވިފައި ‏‏ތަންފީޛު ކުރަން ބޭނުންވާނެ ޙަޤީޤަތެއް. އެކަން ޤަބޫލު ކުރައްވާ، އަޅުގަނޑުމެން ‏‏އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ސަރުކާރެއްގައި، މި މަސައްކަތްތައް ކުރަން ‏‏ބޭނުންވޭ. ‏

‏އެހެންވީމާ، މިކަން އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ޙައްލުކުރާނަން. ‏‏އަޅުގަނޑުމެން ބޭނުންވަނީ، އަޅުގަނޑުމެންގެ 5 އަހަރު، ﷲގެ ރަޙްމަތާއެކީ މިދެންނެވި ގޮތަށް، ‏‏5 އަހަރު ނިމިގެންދާއިރު، މާލޭގައި މިހާރު މި ދިމާވެފައި ހުރި ގެދޮރުވެރިކަމުގެ ހުރިހާ ‏‏މައްސަލަތައް ޙައްލުވެގެން ދިޔުން. އަދި ހަމައެހެންމެ، ބައިބޯ ބޮޑެތި ރަށްރަށުގައި ދިމާވެފައި ‏‏ހުރި ގެދޮރުވެރިކަމުގެ މައްސަލަތައްވެސް، ހަމަ މިދެންނެވި އުޞޫލުން ޙައްލުވެގެން ދިޔުން.‏

‏އެހެންވީމާ، އަޅުގަނޑު ވާހަކަކޮޅު ނިންމާލަމުން، ބޭރުގެ މެހްމާނުންނަށް ‏‏މަރްޙަބާ ދަންނަވާލަން އަޅުގަނޑު ބޭނުންވޭ. އެހެންވީމާ، ތިޔަބޭފުޅުންގެ އިޒުނައާއެކީ ދެތިން ‏‏ބަހެއް، އިނގިރޭސި ބަހުން ދަންނަވާލާނަން. ‏

Distinguished guests.‎

It is indeed a pleasure for me to invite you to Maldives. And ‎especially, it is a pleasure for me to see you actively engaged in our ‎socioeconomic development. I hope this project is going to be both ‎rewarding in terms of profitability as well as catering to the need of ‎the Maldivian people. Maldivian Government at this point is very ‎committed to improving the wellbeing of the Maldivian youth.‎

What Maldivian youth is deprived of at this point in time is ‎opportunities to be gainfully employed, and also opportunities of ‎shelter. So any project that is going to cater to these duel needs is ‎going to be certainly welcomed by my Government. So it is in this ‎context I take particular pleasure in welcoming the joint venture ‎company of Sealife, two of the Dubai companies are involved in this.‎

My Government is committed to improving the wellbeing of ‎Maldivians in Male’ as well as improving the conditions of foreign ‎investors who venture enough to come to the Maldives and try to cater ‎to these socioeconomic projects.‎

We are embarking on a very adventurous path at this point in ‎time. God willing, we have a very peaceful time in Maldives at this ‎point in time. Maldivian people have trusted in this Government. And ‎therefore God willing, if this peace is going to be sustained our ‎preoccupation is going to be improving the economies and through ‎improvement in the economies we are going to deliver the services we ‎are expected of by the public; that is to improve the Maldivian youth ‎empowerment.‎

What we would like to confirm to the foreign investors who ‎come to the Maldives is that, foreign investors should feel that ‎Maldives is your second home here. We are embarking on an ‎adventurous time in the Maldives now. My Government is committed ‎to improving the foreign investment regime. That is going to be a ‎landmark law that is going to be passed in the next Majlis. That is ‎going to enable foreign investments of really heavy magnitude to come ‎and invest in the Maldives. We are going to open up Maldives in a ‎huge way to foreign investors. Our thirst cannot be quenched. The ‎opportunity to foreign investors is going to be enormous. So have ‎faith and have trust in us. What we are going to do is, what you are ‎going to see is, hallmark reform bills especially in socioeconomic area. ‎What we are going to launch in the next Majlis or in the next ‎parliament is going to create special economic zones. This is going to ‎be likened to the cities in Dubai or the Emirates. This is going to be ‎likened to the environment we have in Singapore.‎

I’m not kidding myself when I think that Maldives can be ‎likened to Singapore. But certainly it is our vision, what we are going ‎to do is going to transcend above the local laws we have here, create ‎these special economic zones, which is going to enable investors to ‎have freeholds in Maldives and also investors to engage in really, ‎really long gestating projects. ‎

Investors are going to be interested in Maldives in opening up ‎transshipment ports. We have a landmark project in connecting Male’ ‎and Hulhumale. This project is going to be amply benefitted from the ‎bridge that we are going to lay across between Male’ and Hulhumale. ‎We would like to see growth and more growth in Hulhumale. This is ‎going to be a youth a village. This has been specified in our manifesto, ‎and we are committed to providing employment and also shelter to no ‎less than 50,000 youth.‎

Your participation in this project is going to enhance us with ‎‎18,000 when the project comes to a fruition and completion. So God ‎willing, I indulge with you to look for more investors, get more ‎investors interested in Maldives. Maldives is going to open a red ‎carpet just like this for all the investors that are going to come here. ‎We have transshipment ports, we have entrepreneurial ports, we have ‎a bridge and we have an enormous insatiable appetite for economic ‎development.‎

The thrust of the Government is to welcome foreign investment, ‎and to assure all investors that your investment, your money is safe ‎with us. And your stay here is, in Maldives is going to be conducive ‎for you. So if you believe in us, if you start partnering with ‎Maldivians, I think the tremendous opportunities you have both in ‎terms of getting out a good economic return, as well as your ‎satisfaction that you have been able to somehow help in the ‎socioeconomic development of a friendly, brotherly Maldivian people ‎Islamic country, that is going to be of enormous happiness to you.‎

So I reach out to proprietors, to investors in Dubai, in Abu ‎Dhabi, in Qatar and also in the Emirates, please, here you have an ‎island, here you have a country, where you can invest and where you ‎can be content with your investments. We are venturing out; we are ‎embarking on an era of growth. This government is going to, apart ‎from being committed to socioeconomic growth, this government is ‎committed to improving the wellbeing of our youth.‎

Youth play a predominant role in stabilizing the Maldivian ‎economy. Youth gives the energy for me and my party and my ‎Government to move on. Youth provides the dynamo for energy. ‎Therefore any effort no less than this one is going to be a commitment, ‎your commitment to improving our wellbeing of youth population ‎here in the Maldives.‎

Youth presently comprises of 52% of our population. And this ‎number is going to grow. Hulhumale city has been a vision of my ‎party leader, former President, President Gayoom. 10-15 years ago he ‎had this vision. He wanted to find breathing space for the overly ‎congested people in Male’. Nobody would have at that time thought ‎that Hulhumale is going to be the city Hulhumale is now.‎

There is tremendous opportunity in Maldives here. There is ‎tremendous opportunity. And there is tremendous love in us for the ‎Arab Muslim entrepreneurs. So please come and invest in Maldives. ‎Your efforts here is going to be rewarded.‎

Thank you all.‎
‏ _____________________________‏