ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދު، ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ނަރުދަމާ ނިޒާމްގެ ޢަމަލީ މަސައްކަތް އިފްތިތާޙު ކޮށްދެއްވައިފިއެވެ. މިކަމަށްޓަކައި މިއަދު ހަވީރު ހަނިމާދޫގައި ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ރަށްރަށުގައި ނަރުދަމާގެ ނިޒާމު ޤާއިމުކުރެއްވުމުގެ މަސައްކަތަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތުގެ މައްޗަށް ބައްލަވައިލެއްވިއެވެ. އަދި ކުރިއަށް އޮތް ފަސްއަހަރު ދުވަހުގެ ތެރޭގައި، ނަރުދަމާ ޤާއިމުކުރުމުގެ ގިނަ ޢަދަދެއްގެ މަޝްރޫޢުތައް ހިނގަމުންދާނެ ކަމަށާއި، މިއަހަރުގެ ތެރޭގައިވެސް 20 މަޝްރޫޢެއް ފެށިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.