‏ރާއްޖޭގެ ތަޢުލީމީ ދާއިރާގައި ދިމާވެފައިވާ މައްސަލަތައް ޙައްލުކުރެއްވުމަށް ‏‏މަސައްކަތް ކުރައްވަމުން ގެންދަވާ ބައެއް ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ ‏‏މުޙަންމަދު ޖަމީލް އަޙްމަދު ބައްދަލުކުރައްވައިފިއެވެ. ‏

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ‏‏މިބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ‏‏ގުޅޭގޮތުން މިބޭފުޅުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ މަޝްވަރާ ކުރެއްވިއެވެ. އަދި ތަޢުލީމީ ‏‏ދާއިރާގެ ސިޔާސަތުތައް ތަންފީޒު ކުރެއްވުމާ ގުޅޭގޮތުން އެބޭފުޅުންގެ ޚިޔާލުފުޅު، ‏‏ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހޯއްދެވިއެވެ. ‏