ސަރުކާރު މެދުވެރިވެގެން 2014 ޖަނަވަރީ 1 އިން ފެށިގެން އަމިއްލަގޮތުން ރާއްޖޭގައި އެކިއެކި ކޯސްތައް ފުރިހަމަކުރާ މުވައްޒަފުންނަށާއި، ސަރުކާރު މެދުވެރިވެގެން 2014 ޖަނަވަރީ 1 އިން ފެށިގެން ރާއްޖެއިން ބޭރަށް އެކިއެކި ކޯސްތައް ފުރިހަމަކުރުމަށްދާ މުވައްޒަފުންނަށް އެ ތާރީޚުން ފެށިގެން މުސާރައާ އެއްވަރުގެ ފައިސާގެ އެހީ ދެއްވާގޮތަށް ހަމަޖައްސަވައިފި ކަމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
ވީމާ، މި ދެންނެވި މުވައްޒަފުންނަށް، މުސާރައާ އެއްވަރުގެ ފައިސާގެ އެހީ ހަމަޖެއްސެވުމުގެ ކަންތައްތައް، ސިވިލް ސަރވިސް ކޮމިޝަނުން ކަނޑައަޅުއްވާ އުޞޫލެއްގެ ދަށުން ސަރުކާރުގެ އޮފީސްތަކުން ކުރައްވަމުން ގެންދެވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
މިދެންނެވުން ނުކުތުމުން، މުސާރައާ އެއްވަރުގެ ފައިސާގެ އެހީ ދެއްވުމަށް، ސަރުކާރުގެ އޮފީސްތަކުން ކުރައްވަމުން ގެންދެވި އިޤްރާރު ކުރެއްވުން، 2009 ޖުލައި 7 ން ފެށިގެން ހުއްޓަވާލެއްވުމަށް ދަންނަވައި ނެރުއްވި މިއޮފީހުގެ ނަންބަރު 51/2009 (7 ޖުލައި 2009)ގެ ދެންނެވުން ރައީސުލްޖުމްހޫރިއްޔާ ބާޠިލު ކުރައްވައިފިއެވެ.