މިއަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހު އަލަށް ޢަމަލުކުރަން ފަށާފައިވާ ޑޮކްޓަރުންގެ މުސާރައިގެ އޮނިގަނޑުގައި ފާހަގަކުރެވޭ މައްސަލަތަކެއް ހުރި ކަމަށާއި އަދި މިއޮނިގަނޑުގައި ޑޮކްޓަރުންނާއި އެހެނިހެން ފަރާތްތަކުގެ ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރެއްވިފައިވާތީ، މި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް، ކަމާބެހޭ ފަރާތްތަކުން މިހާރުވަނީ ގެންނަވާފައެވެ.

ވުމާއެކު، އަލަށް ޢަމަލުކުރައްވަން ފަށްޓަވާފައިމިވާ ޑޮކްޓަރުންގެ މުސާރައިގެ އޮނިގަނޑަށް ޢަމަލުކުރެއްވުން މިވަގުތަށް މެދުކަނޑާލެއްވުމަށް ސަރުކާރުން މިއަދު ވަނީ ނިންމަވާފައެވެ. އަދި ޑޮކްޓަރުންގެ މުސާރައިގެ އޮނިގަނޑުގައި ހުރިކަމަށް ހުށަހެޅިފައިވާ މައްސަލަތައް ދިރާސާ ކުރައްވައި، ކަމާބެހޭ ހުރިހާ ފަރާތްތަކާއެކު މަޝްވަރާ ކުރެއްވުމަށްޓަކައި އެ އޮނިގަނޑަށް ގެންނަވަންޖެހޭ އިޞްލާޙުތައް ގެންނެވުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާ ވާހަކަވެސް ދެންނެވީމެވެ.