ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލު އަޙްމަދު، ޤަޠަރުގެ ވިޔަފާރިވެރިންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ޤަޠަރުގައި ހޮޓެލް ވިޔަފާރިކުރާ ފަރާތްތަކާއި، ރިޔަލް އެސްޓޭޓް ވިޔަފާރިކުރާ ފަރާތްތަކާއި، އަދި އެކިއެކި ދާއިރާތަކުގެ ވިޔަފާރިވެރިން ބައިވެރިވި މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގައި އިންވެސްޓް ކުރެވިދާނެ އެކި ދާއިރާތަކާބެހޭގޮތުން ޚާއްޞަކޮށް، ފަތުރުވެރިކަމުގެ ދާއިރާގަޔާއި، އިޢާދަކުރަނިވި ހަކަތައިގެ ދާއިރާގަޔާއި، ދަތުރުފަތުރުގެ ދާއިރާއިން ހުރި ފުރުޞަތުތަކާބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި ރާއްޖޭގައި ހުރި މިފަދަ އިންވެސްޓްމަންޓް ފުރުޞަތުތަކާބެހޭގޮތުން އިތުރަށް މަޝްވަރާ ކުރުމަށް ދިވެހި ވިޔަފާރިވެރިންނާއި ޤަޠަރުގެ ވިޔަފާރިވެރިންގެ މެދުގައި ބިޒްނަސް ފޯރަމެއް ބޭއްވެވުމުގެ މުހިންމު ކަމާބެހޭގޮތުންވެސް ވާހަކަފުޅު ދެއްކެވިއެވެ.