ޤާނޫނު ނަންބަރު: 2013/3 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ޤާނޫނު)ގެ 3 ވަނަ މާއްދާގެ (ހ)ގެ ދަށުން އުފައްދަވާފައިވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް، އެ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) އާއި، 9 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެ ބޯޑު، ރައީސުލްޖުމްހޫރިއްޔާ އަލުން އެކުލަވައިލައްވައިފިއެވެ.
މިބޯޑުގެ ރައީސަކަށް ހަމަޖެއްސެވީ، މާފަންނު ފައިޒާ އަލްފާޟިލް މުޙަންމަދު ނިޒާރެވެ. ނައިބު ރައީސަކަށް ހަމަޖައްސަވާފައިވަނީ، ދަފްތަރު ނަންބަރު 3845 އަލްފާޟިލް މުޙަންމަދު ޔާސިރެވެ. ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން މެންބަރުންނަކީ، އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިން އައްޑުއަތޮޅު ހިތަދޫ ނޫވިލާގޭ އަލްފާޟިލް ޙުސައިން ޢަލީ ޙަބީބު، ބޭންކިންގގެ ދާއިރާއިން ށ. ކޮމަންޑޫ ހިޔަލީގޭ އަލްފާޟިލް ޢަލީ ވާސިފް، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާފަންނު ރެސްޓް ޕޮއިންޓް އަލްފާޟިލް އަޝްރަފް ޢަލީ، ގާނޫނުގެ ދާއިރާއިން އައްޑުއަތޮޅު ހިތަދޫ ތަބުލާގޭ އަލްއުސްތާޛާ ޢާއިޝަތު ޝިފާލާ އަދި އިކޮނޮމިކްސްގެ ދާއިރާއިން ބ. އޭދަފުށީ ދިޔަވަރު އަލްފާޟިލް އަޙްމަދު ޢިމާދެވެ.
ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް، މިބޭފުޅުންގެ ނަންފުޅުތައް، ރައީސުލްޖުމްހޫރިއްޔާ އެ މަޖިލީހަށް ވަރަށް އަވަހަށް ފޮނުއްވާނެއެވެ.