ރައީސުލްޖުމްހޫރިއްޔާ "އެއަރޕޯޓް ޑިވެލޮޕްމަންޓް އެޑްވައިޒަރީ ކޮމިޓީ" ގެ ނަން "އެއަރޕޯޓް ޑިވެލޮޕްމަންޓް އެޑްވައިޒަރީ ބޯޑު" ގެ ނަމަށް ބަދަލުކުރައްވައި، އެ ބޯޑު އެކުލަވައިލައްވައިފިއެވެ. މިބޯޑުގެ ޗެއަރމަނަކަށް ހަމަޖެއްސެވީ، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙަންމަދު ސަޢީދެވެ. ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، މިނިސްޓަރ އޮފް ޓޫރިޒަމް އަޙްމަދު އަދީބް ޢަބްދުލްޣަފޫރާއި، މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް މުޙަންމަދު މަލީހު ޖަމާލާއި، މާފަންނު އާބަގީޗާ ޞަލާޙު ޝިހާބެވެ.