بســم اللّـه الرّحمـن الرّحيــم

އަޅުގަނޑުމެން މިއައީ ސިލޯނު ސަރުކާރުގެ ރައީސްގެ ދަޢުވަތަކަށް ސިލޯނަށް ސްޓޭޓް ވިޒިޓެއް ކޮށްފައި. ދެން އިރާދަކުރެއްވިއްޔާ، މިދަތުރަކީވެސް ހަމަ ވަރަށް ކާމިޔާބު ދަތުރެއް. ދެން ސިލޯނަކީ އަޅުގަނޑުމެންގެ އެންމެ ގާތް އަވަށްޓެރި ޤައުމު. ދިވެހިންގެ ހަމަ ދެވަނަ ގެއެއްގެ ގޮތުގައި، މި ބަލައިގަނެވެނީ ސިލޯނު ދޮއެއްތޯ. އެހެންވީމާ، އަޅުގަނޑުމެން ސިލޯނުގައި، ސިލޯނާއި ދިވެހިރާއްޖެއާ ދޭތެރޭގައި އަޅުގަނޑުމެންނަށް ކަންބޮޑުވުން ހުރި ކަންތައްތަކާ ބެހޭގޮތުން ވާހަކަ ދެއްކުނު. އެއްކަމަކަށް، ދެން ބައެއް އެގްރީމަންޓްތަކުގައި ސޮއިކުރެވުނު. އޭގެ ތަފްޞީލު އަޅުގަނޑު އަރުވާނަން. އެޔާއެކީ އެންމެ ބޮޑު ކަމަކަށް އަޅުގަނޑުމެން އެންމެބޮޑު މަސައްކަތަކަށް އަޅުގަނޑުމެން ކުރި މަސައްކަތަކީ، ސިލޯނުގައި ގާތްގަނޑަކަށް ސާދަވަރަކަށް ހާސް ދިވެހި ރައްޔިތުން މިހާރު ދިރިއުޅެމުންދާތީ، ދިވެހި ރައްޔިތުންނަށް ޞިއްޙީ ދާއިރާގެ ކަންކަމުގަޔާއި، ހޮސްޕިޓަލްތަކުގައި ޚިދްމަތް ލިބުމުގަޔާއި، ތަޢުލީމީ ދާއިރާގައި، ސްކޫލްތަކުގެ ޚިދްމަތް ލިބުމުގައި އަޅުގަނޑުމެން މަސައްކަތްކުރީ ފަސޭހަތަކެއްވޭތޯ ބެލުމަށްޓަކައި. ދެން އުޞޫލެއްގެ ގޮތުން، އެކަންކަން ކޮށްދެއްވާނެ ކަމަށް ވިދާޅުވި. އަޅުގަނޑުމެން ޖެހޭނީ، އޭގެ ތަފްޞީލުތައް ޙައްލުކުރުމަށްޓަކައި ތަފްޞީލުތަކާއިގެން އަޅުގަނޑުމެން ދަތުރުތުތަކެއް ކުރަންޖެހޭނީ. ހަމަ މިގޮތަށް ސިލޯނުގައި ވިސާގެ މައްސަލަވެސް އެބައުޅޭ. ޑިޕެންޑެންޓް ވިސާގެ މައްސަލަވެސް އެބައުޅޭ. އެހެންވީމާ، އެކަންވެސް އަޅުގަނޑުމެންނަށް ޙައްލުކުރެވޭތޯ ބަލަން އަޅުގަނޑުމެން ވާހަކަ ދެއްކިން. އަޅުގަނޑަށް ޤަބޫލުކުރެވޭގޮތުން ވެއްޖިއްޔާ، އުޞޫލެއްގެ ގޮތުން، ހުރިހާ ޤައުމުތަކަށް އޮންނަ އޮތުމެއްގެ ތެރެއިން ދިވެހިރާއްޖެއަށް ލުޔެއް ދެއްވުމަށް ސިލޯނުން ތައްޔާރުކަންނޭނގެ. އެހެންވީމާ، އެކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ދެން ކުރާ ދަތުރެއްގައި، ޚާރިޖިއްޔާއިން ފޮލޯއަޕް ކުރައްވާ ދަތުރެއްގައި، އެކަންކަމާ ބެހޭގޮތުން ތަފްޞީލުކޮށް ވާހަކަ ދައްކަން އަޅުގަނޑުމެން ޚިޔާލުކުރީ.

ހަމަ މިވާހަކަ ދަންނަވާލާއިރު، ދަންނަވާލަން ބޭނުންވޭ ހަމަ މެލޭޝިޔާގައިވެސް ވިސާގެ މައްސަލަތަކެއް އެބައުޅޭ. މިހާރު އަޅުގަނޑުމެންގެ ފޮރިން މިނިސްޓްރީގެ އިސް ވެރިޔަކު މެލޭޝިޔާގައި އެބަ ހުންނެވި. ދެން އޭނަ މެލޭޝިޔާގެ އޮތޯރިޓީޒްއާ އެބަ ވާހަކަ ދައްކަވާ. އަދި މި ފެށޭ ހަފްތާގެ ތެރޭގައި، ޚާރިޖިއްޔާގެ އިތުރު ވަފްދެއްވެސް މެލޭޝިޔާއަށް، މެލޭޝިޔާ ސަރުކާރާ ވާހަކަ ދައްކަން އަޅުގަނޑުމެންގެ ފަރާތުންދާނެ.

ދެން މިދެންނެވި ގޮތަށް ސިލޯނަކީ އަޅުގަނޑުމެންނާއެކީ ވަރަށްގިނަ ރޮނގުރޮނގުން އެއްބާރުލުމަށް މިހާތަނަށްވެސް އެގްރީމަންޓްތަކެއް ކުރެވިފައި އޮތް ޤައުމެއް. އެހެންވީމާ، މިފަހަރު އަޅުގަނޑުމެން މި ސޮއިކުރީ، ތިން ދާއިރާއަކުން އެއްބާރުލުން ހޯދުމަށް. އެއް އެގްރީމަންޓްގައި ސޮއިނުކުރެވުނު. ދެން ދާއިރާތަކުގެ ތެރޭގައި މިއުޅެނީ، ޒުވާނުންނާއި ވޮކޭޝަނަލް ޓްރޭނިންގއާ ބެހޭ ދާއިރާ. ދެން ދެޤައުމުގެ ފުލުހުންގެ މެދުގައި ސޮއިކުރެވުނީ، Combating against transnational crimes ދެން އަޅުގަނޑުމެން ސޮއިކުރީ ޔޫތު ސްކިލްސް ޑިވެލޮޕްމަންޓް އެގްރީމަންޓެއްގައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ މިކަންކަމުން ހަމަ ދިވެހިންނަށް ފައިދާތަކެއްވާނެ ކަމަށް ޤަބޫލުކުރެވޭ. ދެން މައިގަނޑު މަސައްކަތަކަށް، ޚާރިޖީ ވަޒީރުވެސް އަދި އަޅުގަނޑުވެސް މިކުރި މަސައްކަތަކީ، އެކޮޅުގައި ހަމަ ދިރިއުޅޭ ދިވެހިންނަށް ކޮންސިއުލަރ ޚިދްމަތްތައް ލިބުމުގައި، ހަމަ ފަސޭހަތަކެއް ޤާއިމުކުރުމަށް ކުރެވުނު މަސައްކަތްތަކެއް. ދެން ޕޮލިސް ޓްރޭނިންގގެ އެގްރީމަންޓްވެސް އަޅުގަނޑުމެން ހަމަ ދެ ފުލުހުންގެ، ދެ މުއައްސަސާގެ ދޭތެރޭގައި ޕޮލިސް ޓްރޭނިންގ އެގްރީމަންޓްގައިވެސް ވަނީ ސޮއިކުރެވިފައި.

މުރުޝިދު ޢަބްދުލްޙަކީމް – ސަން މީޑިއާ

މިއަދު ރާއްޖޭގައި އެންމެ ގަދައަށް މިދެކެވޭ ވާހަކައަކީ، މަރަށް މަރު ހިފުމުގެ ވާހަކަ. މަރުގެ އަދަބު ދިނުމުގެ ވާހަކަ. ކިހިނެއްތޯ ލީތަލް އިންޖެކްޝަން ޖަހައިގެން މަރުގެ ޙުކުމް ތަންފީޛު ކުރަން ނިންމެވީ. ކޮންގޮތަކަށް ވިސްނަވާފައިތޯ؟ އެއީ އަޅުގަނޑުގެ ފުރަތަމަ ސުވާލު.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް

ދެން މިއީ ޝައްކެއްވެސްނެތްގޮތުގައި ވަރަށްބޮޑު މައްސަލައެއް ދޮއެއްތޯ. މަރުގެ މައްސަލައަކީ ވަރަށްބޮޑު މައްސަލައެއް. ދެން މިޔާއެކީ، ހަމަ ދަންނަވާލަންޖެހެނީ، އަޅުގަނޑުމެންގެ ސަރުކާރުގައި ބޮޑަށް ހަމަ އިސްކަންދޭނީ، މަޢުޞޫމް ގިނަ ރައްޔިތެއްގެ ޙައްޤުތައް ޙިމާޔަތް ކުރުމަށް. އެހެންނަމަވެސް، އެޔާއެކީވެސް ހަމަ ދަންނަވާލަންޖެހެނީ، މިކަހަލަ ކަމެއްގައި، ފުރަތަމަ މަރްޙަލާގައި ޝަރްޢީ ޙުކުމެއް އަންނަ މީހެއްގެވެސް، ކުށްވެރިއެއްގެވެސް ޙައްޤުތަކެއް އޮންނާނެ. އޭނަވެސް އަދިވެސް އެބައޮތް، އިސްތިއުނާފުގެ މަރްޙަލާ އަދިވެސް ނިންމަން ދޮއެއްތޯ. އެހެންވީމާ، އިސްތިއުނާފުގެ ހުރިހާ މަރްޙަލާތައް ނިންމާފައި، ދެން ތީގައި އެއްވެސްކަހަލަ ވަހުމަކަށް، އެއްވެސްކަހަލަ ކަމަކަށް ޖާގަ ނެތް ހިސާބުން ދޮއެއްތޯ، ސަރުކާރުން މިކަމާ ދޭތެރޭގައި ގޮތެއް ނިންމާނީ. އެހާ ހިސާބަށް ދާންވާއިރަށް، އަޅުގަނޑުމެން މިހާރު މި ޤަޞްދުކުރަނީ ހަމަ ސަރުކާރުގެ ކެބިނެޓްގައިވެސް މަޝްވަރާތައް ކުރަން. ދެން އަޅުގަނޑުގެ އަމިއްލަ ޚިޔާލުތަކެއް ހުރިނަމަވެސް، މިވަރުގެ ބޮޑެތި ކަންތައްތަކަކީ ހަމަ ކެބިނެޓްގައި މަޝްވަރާކޮށްގެން އަޅުގަނޑުމެން ނިންމާނެ ކަންތައްތައް. މިދަންނަވާލި ގޮތަށް އަޅުގަނޑުމެންގެ ސަރުކާރަށް ބޮޑަށް މުހިންމުވަނީ، ރާއްޖޭގައި ހަމަޖެހުމާއި، ރާއްޖޭގައި އަމާންކަމާއެކީ މީހުންނަށް އުޅެވޭނެކަމުގެ ގެރެންޓީ، މަޢުޞޫމް މުޖުތަމަޢަކަށް ލިބިފައި އޮތުމަކީ، އަޅުގަނޑުމެން އެންމެ އަހަންމިއްޔަތުދޭ ކަންތައް.

އާދެ! ދެން މަރުގެ ޙުކުމަކީ މިހާރުވެސް ޤާނޫނުލް ޢުޤޫބާތުގައި ހަމަ އޮތް ޙުކުމެއް ދޮއެއްތޯ.

މުރުޝިދު ޢަބްދުލްޙަކީމް – ސަން މީޑިއާ

އޭގެ މާނައަކީ މިހާރު ޙުކުމް ތަންފީޛުނުވެ ޖަލުތަކުގައި ތިބި މީހުންނަށްވެސް އެ އަދަބު ދޭން ޖެހިދާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް

ދެން ހަމަ އެކަމުގައި ދެން އޮންނާނީ ހަމަ ޤާނޫނީ ބޭފުޅުންގެ ޚިޔާލު ހޯދުމާއެކީ އަދި ކުށްވެރިން، ނޫނިއްޔާ މިހާރު ކުށުގެ އަދަބު ތަންފީޛުވަމުންދާ މީހުން އިސްތިއުނާފުގެ މަރުޙަލާތައް ނިމިފައި އޮތްތޯ، ނެތްތޯ. ދެން މަރުޙަލާތައް ނުނިމޭ ކަމަށްވަންޏާ، އެމީހުންގެ ޙައްޤެއް، އިސްތިއުނާފު ކުރުން އެއީ ދޮއެއްތޯ. އެ މަރުޙަލާތައް ނިމުމަށްފަހު ދޮއެއްތޯ، ސަރުކާރުން އެއަށް، ނޫނިއްޔާ ވަލިއްޔުލްއަމުރަކަށް ހުންނަ މީހަކު އެއަށް ގޮތެއް ނިންމާނީ އޭގެފަހުން ދޮއެއްތޯ. އެހިސާބަށް ދާންވާއިރަށް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ތެރޭގައި ފުޅާ ދާއިރާއެއްގައި މިކަމުގައި ހަމަ މަޝްވަރާތަކެއް ކުރެވޭނެ.

ޢަލީ ނާފިޒް – ހަވީރު ނޫސް

މިހާތަނަށް އިސްތިއުނާފުގެ މަރްޙަލާ ނިމިފައެއް ނެތް، މަރުގެ އެއްވެސް ޙުކުމެއްގައެއް. މަނިކުފާނުގެ ސަރުކާރުން އިސްނަންގަވައިގެން، އެކަމާ ގުޅޭގޮތުން އެއްވެސް ކަމެއް ކުރައްވަން ޤަޞްދު ކުރައްވަންތޯ؟

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް

އާދެ! އެއީ ޤާނޫނީ ރައުޔު ހޯދުމާއެކީގައި، މަރުގެ ޙުކުމެއް، ނޫނިއްޔާ މަރުގެ ޙުކުމެއް އައިއްސަ އޮތް މީހެއް ވެއްޖިއްޔާ، އެމީހެއްގެ ފަރާތުން ދޮއެއްތޯ އިސްތިއުނާފަށް ދާންޖެހޭނީ ޢާންމު ގޮތެއްގައި. އެއީ ދޮއެއްތޯ އެކަން އޮންނަ ގޮތަކީ.

ޢަލީ ސުލައިމާން – ވީ.ޓީ.ވީ

ހޯމް މިނިސްޓަރ މިއަދު އެ އަމުރު ކަރެކްޝަނަލް ސަރވިސްއަށް ކުރެއްވުމުގެ ކުރިން ކެބިނެޓްގައި ކިހާވަރަކަށް އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިފައިވޭތޯ؟

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް

އަޅުގަނޑުމެން ކެބިނެޓުގައި، ހަމަ މި ހަފްތާގައި މިފެށޭ ކެބިނެޓުގައި ހަމަ ފުޅާ ދާއިރާއެއްގައި މިކަމާ ބެހޭގޮތުން މަޝްވަރާ ކުރާނަން އަޅުގަނޑުމެން.

ޢަލީ ސުލައިމާން – ވީ.ޓީ.ވީ

މީގެކުރިން މަޝްވަރާ ކުރެއްވިފައިވޭތޯ؟

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް

ނޫން މީގެކުރިން މި އިޝޫ އަދި ދިމައެއްނުވޭ ދޮއެއްތޯ. އަދި މީގެކުރިން އަޅުގަނޑުމެންގެ ކެބިނެޓްގައި އަދިއެއް މި އިޝޫއެއް ޑިސްކަސްއެއް ނުކުރެވޭ. އެހެން ނަމަވެސް، އާންމު އުޞޫލެއްގެ ގޮތުން، ހަމަ މަރުގެ ޙުކުމަކީ މިހާރުވެސް ޤާނޫނުލްޢުޤޫބާތުގައި އޮންނަ ޙުކުމަކަށްވާތީ، އެޔާއެކީ ހޯމް މިނިސްޓަރ، ހޯމް މިނިސްޓަރުގެ ރައުޔު އެ ނެރުއްވީ ދޮއެއްތޯ.

ޢަލީ ސުލައިމާން – ވީ.ޓީ.ވީ

ދެން ލަންކާ ދަތުރުފުޅާ ގުޅޭގޮތުން. ސްރީލަންކާއަކީ ދާޚިލީ ހަނގުރާމައަށްފަހު، ވަރަށް ބާރަށް އިޤްތިޞާދު ކުރިއަރަމުން އަންނަ ޤައުމެއް. ރާއްޖެއާއި ސްރީލަންކާއާ ދޭތެރޭގައި އިޤްތިޞާދީ ގުޅުންތައް ބަދަހިކުރުމަށް، ނޫނީ ވިޔަފާރިއާ، މިކަންކަމުގެ ގުޅުންތައް ބަދަހިކުރުމަށް، ކޮބައިތޯ މައިގަނޑު ގޮތެއްގައި ދަތުރުފުޅުގައި ނިންމެވުނު ނިންމެވުމަކީ؟ ނޫނީ ކުރެވުނު މަޝްވަރާތަކަކީ؟

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް

އަޅުގަނޑުމެން ރަސްމީ ވާހަކަތައް ދައްކަމުންދިޔައިރު، އަޅުގަނޑުމެންގެ ހަމަ ވިޔަފާރި ޑެލިގޭޝަނެއް މިކޮޅަށް ވަޑައިގެންނެވި. ސިލޯނުގައި ވިޔަފާރި ކުރައްވާ އަދި ސިލޯނާ ވިޔަފާރީގެ ގުޅުންތައް ހުރި ބޭފުޅުންނާއެކީ. ދެން އަޅުގަނޑުމެންގެ ތެރެއިންވެސް ޤާސިމް އިބްރާހީމާއި، ސިޔާމާ، މިބޭބޭފުޅުންވެސް ބައިވެރިވެވަޑައިގެން ހަމަ ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާތަކެއް ކުރެވުނު ބިޒްނަސް ފޯރަމެއްދިޔަ. ދެން އެކަންކަމުގައި އެބޭފުޅުންގެ ޚިޔާލު ބަދަލުކުރުމާއި، ދިވެހިރާއްޖޭގައި ސްކޯޕް އޮތީ ކޮން ކަންތައްތަކާ ދޭތެރޭގައިތޯ އަދި ސިލޯނުގައި ދިވެހިން އިންވެސްޓް ކުރުމަށް ހުރި ކަންތައްތަކާއި ދެން ރަސްމީ ދާއިރާގައި ވާހަކަ ދެއްކިއިރު ހަމަ ދެ ޤައުމުން، ދެޤައުމުގެ ޓެކްސޭޝަނާ ބެހޭގޮތުންވެސް ވާހަކަ ދެކެވުނު. މިކޮޅުގައި މިސާލަކަށް، ސިލޯނު މީހުންނަށް ކޯޕަރޭޓް ޓެކްސް ދައްކަންޖެހޭ ކަމަށްވަންޏާ، ސިލޯނުން އެކޮޅުން ކޯޕަރޭޓް ޓެކްސް ދައްކަން ޖެހުމުގައި، ކޮންމެވެސްކަހަލަ ލުޔެއް. ދެން މި އެގްރީމަންޓްތައް އިތުރަށް، އަޅުގަނޑުމެން އެގްރީމަންޓާ ހަމައަށް ދިޔުމަށް ހަމަ ސަރުކާރުގެ ލެވެލްގައި މިއޮތީ އެއްބަސްވެވިފައި. އެވޮއިޑަންސް އޮފް ޑަބަލް ޓެކްސޭޝަން. ނޫނިއްޔާ ދެޤައުމަކުން، އެއްކުންފުންޏަކުން ޓެކްސް ނަގާ ނެގުމުގައި ލުޔެއް ދިނުން ދޮއެއްތޯ. ހަމަ އަޅުގަނޑުމެންގެ ވިޔަފާރިވެރިންނަށްވެސް ދިމާވާނެ. މިކޮޅުގައި ހަމަ ޓެކްސް ނަގާފައި، މިސާލަކަށް ސިޔާމްވެސް މިއީ ސިލޯނުގައި ވިޔަފާރި ކުރައްވާ ބޭފުޅެއް. ނޫނިއްޔާ، ހޮޓަލެއް، ހޮޓެލިއަރއެއް ސިލޯނުގެ ވިޔަފާރީގެވެސް. އެހެންވީމާ، އެކޮޅުންވެސް ޓެކްސް ނަގާކަމަށްވަންޏާ، މީގައި ދަތިތަކެއް ހުންނާނެ. އެހެންވީމާ، އެކަހަލަ ވާހަކަތަކެއް އަޅުގަނޑުމެންގެ ތެރޭގައި މަޝްވަރާ ކުރެވުނު. ދެން އަޅުގަނޑުމެން ޤާނޫނީގޮތުން މިކަން ގެންދަން އޮތް ހިސާބަކަށް ގެންދިޔުން، މިބައިގައި އޮތީ. ދެން ދެޤައުމުގެ ދޭތެރޭގައި، އަމިއްލަ ވިޔަފާރިވެރިންގެ ދޭތެރޭގައި ދެކެވުނު ވާހަކަތަކުގެ ކޮންމެވެސްވަރެއްގެ ތަފްޞީލު ޤާސިމްވެސް ދެއްވާނެ. ސިޔާމްވެސް ދެއްވާނެ. އެހެންނަމަވެސް، ފުޅާ ދާއިރާއެއްގައި ހަމަ ދެޤައުމުގެވެސް ބޮޑެތި ވިޔަފާރިވެރިން ވަޑައިގަންނަވައިގެން، ބިޒްނަސް ފޯރަމެއް ކުރިއަށް ގެންދެވުނު.

ޤާސިމް އިބްރާހީމް – ޖުމްހޫރީ ޕާޓީގެ ލީޑަރ

އަޅުގަނޑު މިދަންނަވާލަނީ، ވިޔަފާރި ފޯރަމާ ބެހޭގޮތުން ރައްޔިތުންނާ އެއްޗެއް ހާމަކޮށްލުމަށް ރައީސް އަޅުގަނޑަށް ފުރުޞަތު ދެއްވީތީ ޝުކުރު ދަންނަވާލަމުން، އަޅުގަނޑު ދަންނަވާނީ އެއީ ރަނގަޅު ވާހަކައެކޭ. އައިލެންޑް ނިއުސްގައިވެސް ވަރަށް ރަނގަޅަށް އަޅުގަނޑުގެ އިންޓަރވިޔުއެއް ޝާއިޢުކޮށްފައި އެބައޮތް. އަޅުގަނޑުމެން ޤަބޫލުކުރާގޮތުގައި، މިދަތުރުފުޅަކީ ވަރަށް ސަކްސަސްފުލް އަދި ވަރަށް ބޭނުންތެރިކަމާއެކު ކުރެވުނު ދަތުރުފުޅެއް. މިދަތުރުފުޅުގައި ވަރަށް ރަނގަޅަށް ސިލޯނުގެ ސަރުކާރު، ސިލޯނުގެ ރައީސް އަޅުގަނޑުމެންނަށް ޕްރޮމިނަންސެއް ދެއްވާފައިވޭ. ރައީސުލްޖުމްހޫރިއްޔާގެ މި ރަސްމީ ދަތުރުފުޅަކީ ހަމަ ފުރަމާނަ ދަތުރުފުޅެއްގެ ގޮތުގައި ފާހަގަކޮށް، ހަމަ ކުރެވެންހުރި ހުރިހާ ސްޓެޕްތަކެއް ބަރާބަރަށް ގޮސް ވަރަށް ރަނގަޅު، ރަޙްމަތްތެރިކަމުގެ ގުޅުމުގެ ދަތުރެކޭ އަޅުގަނޑު ދަންނަވާލާނީ. ދެން މީގެ ސަބަބުން އަޅުގަނޑުމެންނާ ދޭތެރޭ، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންނާ ދޭތެރޭ ސްރީލަންކާގެ ރައްޔިތުން ދެކޭގޮތާއި އަދި ސްރީލަންކާ ސަރުކާރުން ދެކޭގޮތް ބަދަލުވެގެންދިޔަ. އަދި ހަމައެހެންމެ ރަނގަޅުވެގެންދިޔަ. އެއީ ހަމަ ކަށަވަރުކަމެއް. ހަމައެހެންމެ، ވިޔަފާރިވެރިންގެ ފަރާތުން ޗެމްބަރ އޮފް ކޮމާރސް، ސިލޯނު ޗެމްބަރ އޮފް ކޮމާރސްގެ ފަރާތުން ހަމަޖައްސަވައި ދެއްވި ކަމެއް، ވަރަށް ގިނަ ޢަދަދެއްގެ ދިވެހިންވެސް ބައިވެރިވި. ވަރަށް ރަނގަޅު ބިޒްނަސް ފޯރަމެއްގެ ވާހަކަ ދެކެވުނު. ތަފްޞީލުކޮށް މިކަހަލަ ވަގުތެއްގައި އެއްޗެއް ދަންނަވާލުން އުނދަގޫކަންނޭނގެ. އެހެން ނަމަވެސް، ޢާންމު ގޮތެއްގައި ރައީސް އެ ފާހަގަކުރެއްވި މައްސަލަތަކާ މެދުގައި ވާހަކަ ދެކެވި، ވިސާގެ މައްސަލަތަކުގައި ދިވެހިންނަށް ގިނަ ދުވަހު ތިބެވޭނެ ގޮތަށް، ރައީސް އެ ފާހަގަކުރެއްވިހެން ކިޔަވާ ކުދިންނާއި އަދި ބަލިމީހުންގެ ވިސާ، ތިން މަސްދުވަސްވީމަ، ދޫކުރަންޖެހޭތީ ބަލިމީހުން ގިނަދުވަހުގެ މުއްދަތަށް ބޭސްފަރުވާކުރަންޖެހޭ މީހުންނަށް، އިތުރު މުއްދަތު ހޯދުމަށް އަޅުގަނޑުމެންނަށް ވާހަކަދެކެވި، އެކަމަށް ޙައްލު ގެނެސްދެއްވާނެ ކަމަށް ރައީސް ވިދާޅުވި. އަޅުގަނޑުމެންގެ އޮފިޝަލުންގެ ވާހަކަތަކުގައި، ހަމަ ލައިން މިނިސްޓްރީތަކަށް ދިޔައީމަ، އެކަންކަން ހަމަޖެހޭނެ ވާހަކަ، އެހެން ނޫންތޯ. ދެން އެގޮތަށް އެކަން ފާހަގަކުރައްވާފައި ވަނީ. އެހެންވީމާ، އަޅުގަނޑުމެން އުންމީދު ކުރަން، ކިޔަވާ ކުދިންގެވެސް އަދި ހަމައެހެންމެ، މިދެންނެވިހެން ގިނަދުވަހު ބޭސްފަރުވާކުރަންޖެހޭ މީހުންނަށްވެސް، އެ ފަސޭހަކަންވެސް ލިބިގެންދާނެ ކަމަށް. ދެން ވިޔަފާރީގެ ގޮތުން އެ ވިދާޅުވިހެން، ޓެކްސްގެ މައްސަލަތަކާއި އަދި ނުވަތަ މިކޮޅުން އެކޮޅަށްދާއިރު، މިހާރުވެސް ވަރަށްގިނަ ކަންތައްތަކެއް ކުރެވެމުން މިދަނީ. އަޅުގަނޑުމެން އެދުނިން، މިހާރު ގިނަ ރިޒޯޓްތަކެއް ރާއްޖޭގައި އިންވެސްޓް ކުރުމާއި، ގިނަ ކަންތައްތަކެއް ކުރުމަށް އަންނައިރު އަދި އަޅުގަނޑުމެން ފާހަގަކުރީމު، މި ރާއްޖޭގައި މިހާރުވެސް ފްރީ ޒޯން އޭރިޔާތަކެއް ހުޅުވޭތީ، އެކަމަށް ޤާނޫނުތަކެއް ހެދިގެން ދިޔައީމަ، އެކަން ނިމިގެންދާނެ ކަމަށް. އަދި ހަމައެހެންމެ، އަޅުގަނޑު ދެންނެވިން ރައީސަށްވެސް، ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގަތުމުގެ މަތިން އަޅުގަނޑުމެން އެއަށް ވިސްނައިގެން ތިބި މައްސަލައެއް އެއީ. ސްރީލަންކާގެ ރައީސަށް، ބޭންކް އޮފް ސިލޯނުގެ އެކްސްޕޯޜަރ ބޮޑުކޮށްދެއްވުމަށް އަޅުގަނޑުމެން ދެންނެވިން. އިރާދަކުރެއްވިއްޔާ އެކަމާ ބެހޭގޮތުންވެސް ޕޮޒިޓިވްކޮށް އެބޭފުޅުން ވިސްނާވަޑައިގަންނަވާނެ ކަމަށް ވިދާޅުވި. މަދުވެގެންވެސް 500 މިލިއަން ޑޮލަރުގެ އެކްސްޕޯޜަރއެއް ކްރިއޭޓް ކޮށްދިނުމަށް އަޅުގަނޑުމެން ދެންނެވިން. އަޅުގަނޑުމެން އެދެނީ، 1 ބިލިއަން ޑޮލަރާ ހަމައަށް.

ދެން ހަމަ އެހެންމެ، ރޭގައި ރައީސް ބައްދަލުކުރެއްވި، ޢަރަބި ޤައުމުތަކެއްގެ އެމްބެސެޑަރުންނާވެސް. އެބޭފުޅުންނަށް ސިޔާމް ވިދާޅުވެދެއްވި، އެ ރިކްއެސްޓް ކުރެއްވި އަދި އަޅުގަނޑުމެން އެންމެންވެސް ދެންނެވީމު، އަޅުގަނޑުމެންނަށް އިތުރު ބޭންކިންގ ފެސިލިޓީޒް ރަންކުރުމަށްޓަކައި ރާއްޖޭގައި ބޭންކްތަކެއް ހުޅުވައިދިނުމުގެ މަސައްކަތް ކޮށްދެއްވުމަށާއި، ހަމައެހެންމެ ބޮޑު ލޯނެއްވެސް ހަމަޖައްސަވައި ދެއްވުމަށް، މިހާރު ހުރި ފޮރިން އެކްސްޗޭންޖް ޑިފިކަލްޓީޒް ހަމަޔަކަށް އެޅުވުމަށް. ދެން މިއީ މައިގަނޑު ގޮތެއްގައި ދަންނަވާލަން ހުރި ވާހަކަ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް

ޢަރަބި ޤައުމުތަކުގެ ސަފީރުންނާ އަޅުގަނޑުމެން ބައްދަލުކުރިން. އެއީ އަނެއްކާވެސް ޢަރަބި އިސްލާމީ ދުނިޔެއާއި އަޅުގަނޑުމެންނާ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި. ދެން ހަމަ ވަރަށް އީޖާބީކޮށް އަޅުގަނޑުމެންނާ ހުރިހާ ވާހަކަތަކެއް ދެއްކީ. ދެން ވަރަށް އަވަހަށް މީގެ ބައެއް ބޮޑެތި ޤައުމުތަކަށް، ޤަޠަރު، ކުވައިތު، ސަޢޫދީ ޢަރަބިއްޔާ، މިތަންތަނަށް އަޅުގަނޑުމެންގެ ނައިބު ރައީސް ފުރާވަޑައިގަންނަވާނެ. މިވާހަކަވެސް އަޅުގަނޑުމެން ސަފީރުންނާ ދެއްކިން. ދެން ބައެއް ދިމަދިމާލުގައި ނައިބު ރައީސްގެ ދަތުރުފުޅު މިހާރު ތައްޔާރުވެގެން ޚާރިޖިއްޔާއަށް މި ހަފްތާތެރޭގައި އަންގާނެ ކަމަށް ދޮއެއްތޯ، ވިދާޅުވި. ދެން އަނެއްކާ ބައެއް ޤައުމުތަކުގެ ޚާރިޖީ ވަޒީރުންވެސް މިކޮޅަށް ވަޑައިގަންނަވާ. ދެން އެހެންވީމާ، އިރާދަކުރެއްވިއްޔާ، މީގައި ދެންމެ ޤާސިމް އެ ފާހަގަކުރެއްވި ގޮތުން، އަޅުގަނޑުމެންނަށް ދަތިވެފައި ހުރި ކަންތައްތަކެއް ހުށަހެޅިން. ދެން އެކަންކަމާ އަޅުގަނޑަށް ހީވަނީ ހަމަ ވާހަކަ ދެއްކުމުގެ ފުރްޞަތު ހަމަ ބޮޑުވެގެން އެބަދޭކަންނޭނގެ. ދެން ނައިބު ރައީސްގެ ދަތުރުފުޅުންވެސް އަޅުގަނޑުމެންނަށް ކަންތައްތަކެއް ފަހިވެގެންދާނެ.
ދެން ދިވެހިރާއްޖެއާއި ސިލޯނާ ދޭތެރޭގައި ވިޔަފާރީގައި އެއްބަސްވުންތަކެއް ނޫނީ އަމްބްރެއްލާ އެގްރީމަންޓެއް އޮންނަތާ ދުވަސްތަކެއްވެއްޖެ. އަދި ދެޤައުމުގެ ދޭތެރޭގައި މި އޮންނަ ޞއްޙީ ދާއިރާގެ ބައެއް މައްސަލަ، ނޫނިއްޔާ މަސްވެރިކަމުގެ ދާއިރާގެ މައްސަލަ، އިޤްތިޞާދީ ދާއިރާގެ މައްސަލަތައް، ދެޤައުމުގެ ދޭތެރޭގައި ފްރީކްއެންޓްލީ އަވަސްކަމާއެކީ ވާހަކަ ދެއްކުމަށް ޖޮއިންޓް ކޮމިޝަނެއް އޮވޭ. ދެން މިދޭތެރެއިން މިދިޔައީ ކޮމިޝަންގެ ޙަރަކާތްތަކެއް ނެތި މިދިޔައީ. އެހެން ނަމަވެސް، ސިލޯނުންވެސް އެދިވަޑައިގެންނެވި. އަދި އަޅުގަނޑުމެންވެސް އެއްބަސްވިން، އިރާދަކުރެއްވިއްޔާ ހަމަ މިއަހަރުގެ ތެރޭގައި މި ޖޮއިންޓް ކޮމިޝަންގެ މަސައްކަތްތަކެއް ފެށިގެންދާނެ.

އެހެންވީމާ، މިހިރަ ދޭދޭ ވަކިވަކި މައްސަލަތައް، މިހެންހުރި މައްސަލަތައް، މި ޖޮއިންޓް ކޮމިޝަންގެ ތެރޭގައި ހަމަ ދެފަރާތުންވެސް ވާހަކަ ދައްކައިގެން، ދެޤައުމަށްވެސް ޤަބޫލުކުރެވޭ ގޮތަކަށް، ފައިދާހުރި ގޮތަކަށް ޙައްލުވެގެންދާނެ ކަމަށް ސިލޯނުގެ ރައީސްވެސް އިންތިޒާރު ކުރައްވަނީ. އަޅުގަނޑުމެންގެ ޓީމުގެ ފަރާތުންވެސް އިންތިޒާރު މިކުރަނީ، އިރާދަކުރެއްވިއްޔާ މިކަންކަން ޙައްލުވެގެންދާނެ ކަމަށް.

އަޙްމަދު ސިޔާމް މުޙަންމަދު - މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްގެ ލީޑަރ

بســم اللّـه الرّحمـن الرّحيــم

އާދެ! އަޅުގަނޑުމެން މި ރައީސުލްޖުމްހޫރިއްޔާ ސިލޯނަށް، ސިލޯނުގެ ރައީސް އިންވައިޓްކޮށްގެން އެކުރެއްވި ފުރަމާނަ ދަތުރުފުޅަކީ، އަޅުގަނޑު ހަމަ ކުރީގެވެސް އިންޑިޔާ ދަތުރަށް ބުނިފަދައިން، ހަމަ ދިވެހިރާއްޖޭގެ ތާރީޚުގައި ހަމަ ވަރަށް އަދި މިހާހިސާބަށް ރައީސަކަށް ނުދޭވަރުގެ ވަރުގަދަ ތަރުޙީބާއި އަދި އެއްބާރުލުން އެތަނުގެ ސަރުކާރުން އަޅުގަނޑުމެންނަށް ވަނީ ދެއްވާފައި. އެގޮތަށް އަޅުގަނޑުމެންގެ ތެރެއިން އެންމެ މިހާރު، ރައީސްވެސް އަދި ޤާސިމްވެސް ދެއްކެވި ވާހަކަތަކުގެ ތެރޭގައި އެންމެ ބޮޑަށް އަޅުގަނޑުމެންގެ މުހިންމު ކަމަކަށް އެދުނީ، ރާއްޖޭގައި މިއޮތް ފޮރިން އެކްސްޗޭންޖްގެ މައްސަލަ ޙައްލުވާނެގޮތަކަށް ގެންދިޔުމަށް. އެގޮތުން، ބޭންކް އޮފް ސިލޯން މެދުވެރިކޮށް، އަޅުގަނޑުމެން އެދުނީ 1 ބިލިއަން ޑޮލަރަށް. އެބޭފުޅުން ވިދާޅުވީ 500 މިލިއަން ޑޮލަރު ތިމަންނަމެން ހަމަޖައްސައިދޭނަމޭ. އޭރަށް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް މިއޮތް ފޮރިން އެކްސްޗޭންޖްގެ ކަންތައްތައް އެކަށް ހަމަޖެހުނީމަ، އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ. އަދި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށްވެސް ވަރަށްބޮޑު ފައިދާތަކެއްވާނެ.

ހަމައެޔާއެކު، ރާއްޖޭގައި މިހާރު އެންމެ ބޮޑަށް މައްސަލަ ޖެހިފައި މިއޮތީ ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި. ހިލަވެލި، ރިވަރސޭންޑްގެ މައްސަލަ. ރިވަރސޭންޑްގެ މައްސަލައިގައި، އަޅުގަނޑުމެންގެ ރައީސް އަދި އަޅުގަނޑުމެންގެ ފަރާތުން އެބޭފުޅުންނާ ވާހަކަ ދެއްކެވީމަ، ސީ ސޭންޑް، އެތަނުގެ ސީ ސޭންޑަކީ ހަމަ ހިލަވެލި އެއީ. އެބައި އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތަނުގައި ސިލޯނު ސަރުކާރުން އަޅުގަނޑުމެންނަށް ހަމަޖައްސަވައިދެއްވުމަށް އެބޭފުޅުން ވަރަށްބޮޑު މަސައްކަތެއް ކުރާނެ ކަމަށް ވިދާޅުވި. އެހެންވީމާ، އެއީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މުޅި އިންޑަސްޓްރީއަށް، ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށާއި، މުޅި ރާއްޖޭގެ ހުރިހާ ހައުސްތަކަށާއި އަދި ރިޒޯޓްތައް އެޅުމަށާއި އަދި އެހެނިހެންވެސް ކަންތައްތައް ކުރުމަށްޓަކައި އަޅުގަނޑުމެންނަށް މިހާރު ދިމާވެފައި އޮތް އެންމެބޮޑު ކަންތައް. އިންޑިޔާއިން މިގެންނަ ހިލަވެއްޔަކީ، ރިވަރސޭންޑަކީ މިއަދު އެއީ ފަރުބަދަ މުގުރައިގެން ނަގާ ހިލަވެލި އެއީ. އޭގައި ގާތްގަނޑަކަށް ފަސްދޮޅަހަކަށް ޕަސެންޓް މިހުންނަނީ ޑަސްޓް. ޙަޤީޤަތުގައި ކޮންސްޓްރަކްޝަނަށް އޭތި ބޭނުންކޮށްފި ކަމަށްވަންޏާ، އޭގައި ބޮޑެތި މައްސަލަތައް ނުކުންނާނެ. އެއިން ސްޓްރެންތެއްވެސް ބޮޑެތި ޢިމާރާތްތަކަށް ނުލިބޭނެ. އޭގައި ޙަޤީޤަތުގައި ހުންނަންޖެހޭނީ، ހަތަރު ޕަސެންޓާއި ފަސް ޕަސެންޓާ ދޭތެރޭގައި ކިސަޑު. ނޫނިއްޔާ، ހިރަފުސް ހުރިއްޔާ ހުންނަންޖެހޭނީ.

އެހެންވީމާ، އެގޮތުން އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ މިދަތުރުގައި ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި އަޅުގަނޑުމެންނަށް ހަމަ އިރާދަކުރެއްވިއްޔާ، ހަމަ ހީނުކުރާވެސްވަރުގެ ކުރިއެރުންތައް ލިބިގެންދިޔަ. އަނެއްކާ ސިލޯނުގައި ތިބި ދިވެހި ރައްޔިތުންނަށްވެސް ހަމަ އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ އެތަނުގެ ރައީސަށް ދެންނެވި ހަމަ ހުރިހާ ކަމެއް، ފުރިހަމައަށް އަދާކޮށްދޭނެ ކަމަށް އެމަނިކުފާނުވަނީ ވަރަށް ފުރިހަމައަށް ޔަޤީންކަން ދެއްވާފައި.

އެހެންވީމާ، މިދަތުރަކީ އަޅުގަނޑު ދެކޭގޮތުގައި، އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ، ސިލޯނުގައި އުޅޭ އެންމެހާ ރައްޔިތުންނަށާއި އަދި ދިވެހިރާއްޖެއިން ސިލޯނަށްދާ އެންމެހާ ރައްޔިތުންނަށް ހަމަ ދުވަހަކުވެސްނުވާ ފަސޭހައެއް މިއަދުން ފެށިގެން އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތަނުގައި ވާނެކަމަށް އަޅުގަނޑުމެންނަށް ޔަޤީންކުރެވޭ.

ޢަލީ ނާފިޒް – ހަވީރު ނޫސް

ލަންކާގެ މަސްވެރިން ރާއްޖޭގެ ކަނޑު ހުރަސްކޮށް ދިޔުމަށް އަނެއްކާވެސް ލަންކާއިން އެދިފައި މިވަނީ. ސަރުކާރުގެ ވިސްނުމަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް

މީގައި ދޮއެއްތޯ، އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ މަސްވެރިކަމަކީ ހަމަ ވަރަށް މުހިންމު ޞިނާޢަތެއް. އެހެންވީމަޔާއެކީ އަޅުގަނޑުމެންގެ ޤާނޫނުތައް މިހިރީ މަސްވެރިކަމާބެހޭ ޤާނޫނުތަކުގައި މިކަމަށް ޖާގަ ލިބެނީ، މަސްވެރިން އަޅުގަނޑުމެންގެ ކަނޑުތައް ހުރަސްކޮށްފައި ދަތުރުކުރާކަމަށްވަންޏާ، އިސްވެ ހުއްދަ ނަގައިގެން ދާން. މިހާރު ޤާނޫނު އޮތް ގޮތަކީ އެއީ. ދެން އެބޭފުޅުންނަށްވެސް އެކަން އެނގިވަޑައިގަންނަވާނެ. އަޅުގަނޑުމެންވެސް އެކަން އެގޮތަށް ހާމަކޮށްފައި، އަޅުގަނޑުމެން ދެންނެވިން. ތި އިޝޫއަކީ ދެން ހަމަ ޖޮއިންޓް ކޮމިޝަންގައި އަޅުގަނޑުމެން ނަގައިގެން، ދެފަރާތުން ވާހަކަ ދައްކަންޖެހޭ އިޝޫއެކޭ. އެހެންވީމާ، ޖޮއިންޓް ކޮމިޝަންގައި މި މައްސަލަ ނަގައި، އިތުރަށް ދިރާސާ ކޮށްފައި، ދެން ގޮތްތަކެއް ނިންމަން އަޅުގަނޑުމެން ނިންމާފައި އެއޮތީ. އެ ޤާނޫނަށް އިޞްލާޙު އައިސްގެން ނޫނިއްޔަކާ، އަޅުގަނޑުމެންނަށް އޭގައި މިހާރު އޮތް ޕޮޒިޝަން ދޫކޮށްލެވެން އޮތްކަހަލަ މައްސަލައެއް ނޫން އެއީކީ.

ޢަލީ ނާފިޒް – ހަވީރު ނޫސް

ރައީސް ނަޝީދުގެ ސަރުކާރުގައި އެކަމާ ގުޅިގެން އެބައޮތް އެގްރީމަންޓެއްގައި ލަންކާއާއެކު ސޮއި ކުރެވިފައި. އެހެން ނަމަވެސް، އެ އެގްރީމަންޓް އަދި އިމްޕްލިމަންޓް ނުކުރޭ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް

ދެން އެ އެގްރީމަންޓަކީ ޤާނޫނާ މުޅިން އެއްގޮތް ނޫން އެގްރީމަންޓެއް ކަމަށްވަންޏާ، އެ އެގްރީމަންޓް އިމްޕްލިމަންޓެއް ނުވާނެ އިނގޭތޯ. މި ސަރުކާރުގައި ކަންކަން ހިނގާނީ ޤާނޫނާ އެއްގޮތަށް. އެހެންވީމާ، އަޅުގަނޑުމެން ދިވެހިންގެ މަޞްލަޙަތުތައް ޙިމާޔަތް ކުރާނަން. އެހެންވީމާ، މިހާރު ޤާނޫނު އޮތްގޮތުން، މި ޤާނޫނު ހެދިފައި އެއޮތީ ހަމަ ޒަމާނުއްސުރެ ދިވެހިންގެ މަސްވެރިކަމަކީ ދިވެހިންނަށް މުހިންމު ޞިނާޢަތަކަށްވާތީ، ދިވެހިން ޙިމާޔަތް ކުރުމަށްޓަކައި. އެހެންވީމާ، އަޅުގަނޑުމެންނަށް މޮނިޓަރ ކުރެވޭ ގޮތަކަށް ނޫނިއްޔަކާއެއް އަޅުގަނޑުމެންނަކަށް އިނަސަންޓް ޕެސެޖްވެސް އަޅުގަނޑުމެންނަށް ދޭކަށް ފަސޭހައެއް ނުވާނެ. އެހެންވީމާ، މިހާރު ޤާނޫނުގައި އޮތްގޮތުން އަޅުގަނޑުމެންނަކަށް، ސަރުކާރަކަށް ކޮށްދެވޭނެ ކަމެއް އަދި މިވަގުތަކު ނެތް. އެހެނެނެއް ނޫން، އަޅުގަނޑުމެން ދިރާސާތަކެއް ކޮށްފައި އަދި މަސްވެރިންނާ މަޝްވަރާކޮށްގެން ކުރާ ދިރާސާތަކެއްގެ އަލީގައި ތަފާތު ގޮތަކަށް ބަދަލުވާންޖެހޭ ކަމަށްވަންޏާ އެއީ އަދި ޤާނޫނަށްވެސް އިޞްލާޙު ގެނެސްގެން. މިހާރުން މިހާރަށް އަޅުގަނޑުމެންނަކަށް އޭގައި ކޮށްދެވޭނެ މާބޮޑު ކަމެއް ނެތްކަމަށް އެބޭފުޅުންނަށް ދެންނެވިން. އެކަންވެސް އެބޭފުޅުން ހަމަ ޤަބޫލުވެސް ކުރައްވާ އިނގޭތޯ.

ދެން ޚާރިޖިއްޔާއިން އިސްނަންގަވައިގެންވެސް ހަމަ ވަރަށްގިނަ ކަންތައްތަކެއް މިދަތުރުގައި ކޮށްދެއްވި. އަޅުގަނޑަށް ހީވަނީ ފޮރިން މިނިސްޓަރ ބައެއް ވާހަކަފުޅު ތިޔަބޭފުޅުންނާ ޙިއްޞާކޮށްލައްވަން ބޭނުންފުޅުވާނެހެން.
ދުންޔާ މައުމޫން – މިނިސްޓަރ އޮފް ފޮރިން އެފެއާޒް

بســم اللّـه الرّحمـن الرّحيــم

އަޅުގަނޑުވެސް ދެކޭގޮތުގައި ހަމަ ވަރަށް ކާމިޔާބު ދަތުރުފުޅެއް. ދެން ދެޤައުމުގެ ދޭތެރޭގައި އޮތް ގުޅުން ހަމަ އިތުރަށް ބަދަހިވެ، އިތުރަށް ދެޤައުމުގެ ރައްޔިތުންނަށް ކުރިއެރުން ހޯދުމަށް ވާހަކަތައް ކުރިއަށް ގެންދެވުނު. ދެކެވުނު. ދެން ރައީސް ވަރަށް ސާފުކޮށް ވިދާޅުވެއްޖެ، ދިވެހި މަސްވެރިންނަށް އެއްވެސްކަހަލަ ގެއްލުމެއް ލިބޭ ނުވަތަ ޤާނޫނާ ޚިލާފަށް ނުވަތަ އަޅުގަނޑުމެންގެ ކަނޑުތަކަށް ވަދެވޭނެ އެއްވެސް ކަހަލަ ގޮތަކަށް އަޅުގަނޑުމެންގެ ވާހަކައެއް ނުގެންދަން. އަދި ނުވެސް ގެންދާނަން ކުރިއަކަށް. ދިވެހި ރައްޔިތުންގެ ޙައްޤުތައް ކުރިއަށް ނެރެގެން، ދިވެހި ރައްޔިތުންގެ މަޞްލަޙަތަށް ވާހަކަ ދައްކަމުން އަޅުގަނޑުމެން ގެންދިޔައީ. ދެން ފާހަގަކުރައްވައިފިކަންނޭނގެ، އެގްރީމަންޓްތަކުގެ ވާހަކަ. މީގެ ތަފްޞީލު އަޅުގަނޑު އިރާދަކުރެއްވިއްޔާ ވަރަށް އަވަސް ފުރްޞަތެއްގައި ހުރިހާ މީޑިއާތަކާ ޙިއްޞާކުރާނަން. ދިވެހި ރައްޔިތުންނަށް، އަދި އެކޮޅުގައި ހުރި ވިސާގެ ދަތިކަންތަކާއި އަދި ދިވެހި ރައްޔިތުންނަށް، ކިޔަވާ ކުދިންނަށް ޚާއްޞަކޮށް، ކުޑަކުދިންނަށް ދިވެހި އިސްލާމް ކިޔަވައިދިނުމަށް، ޤުރްއާން ކްލާސް ބޭއްވުމާއި، ޚާއްޞަކޮށް، އެތާ ހުންނަ ސޯސަންވިލާ އިތުރަށް މަރާމާތުކޮށް، ދިވެހި ރައްޔިތުންނަށް އެތަން ބޭނުންކުރެވޭނެ ގޮތަށް އަޅުގަނޑުމެން މަސައްކަތް ފަށާނެ ވާހަކަ ރައީސްގެ ވާހަކަފުޅުގައިވެސް ފާހަގަކުރައްވައިފި. އެހެންވީމާ، އިތުރު ސުވާލެއް ނެތިއްޔާ، އަޅުގަނޑު މިހާ ހިސާބުން ނިންމާލާނަން. ދެން އަޅުގަނޑު ހަމަ ވަރަށް އަވަސް ފުރްޞަތެއްގައި ޚާރިޖިއްޔާގައި އިތުރަށް މީޑިއާއާ ބައްދަލުކޮށް އިތުރު ތަފްޞީލު ދޭނަން.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް

ދެން އަޅުގަނޑު ހަމަ ވާހަކައެއް ދަންނަވާލާނަން އިނގޭތޯ. ދެން ހަމަ އަޅުގަނޑުމެން ހުރިހާ އެންމެންވެސް ޤަބޫލުކުރޭ ދޮއެއްތޯ، ދިވެހިރާއްޖެއާއި ސިލޯނާ ދޭތެރޭގައި މިއޮންނަނީ ވަރަށް ގާތް އެކުވެރި ރަޙްމަތްތެރި ގުޅުމެއް ދޮއެއްތޯ. އެހެންވީމާ، މިގުޅުމުގެ އަގު ވަޒަންކުރުމުގެ ގޮތުން، އަޅުގަނޑުމެން އިސްވެ ސިލޯނު ސަރުކާރުގައި ދެންނެވިން، ސިލޯނުގެ ޗާންސަރީ ނޫނިއްޔާ އެމްބަސީ މާލޭގައި ހުރުމަށް އަޅުގަނޑުމެން ބިންކޮޅެއް ހަމަޖައްސައިދޭނަމޭ. ދެން އެބޭފުޅުން ވަރަށް ހިތްޕުޅުހަމަޖެހިގެން އެކަން ބަލައިގެންނެވި. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިއަހަރުގެ ތެރޭގައި މާލެއިން ސިލޯނުގެ އެމްބަސީ އަޅާނެ ބިންކޮޅެއް ހަމަޖައްސައިދޭނަން. ދެން ހަމަ އެޔާއެކީ އަޅުގަނޑުމެންނަށްވެސް އެކަން އެކޮޅުގައި ހަމަޖެހިގެންދާނެ.

ދެން އަޅުގަނޑުމެންގެ ދަޢުވަތަކަށް ސިލޯނުގެ ޕްރެޒިޑެންޓް ރާޖަޕަކްސަ އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ވަރަށް އަވަހަށް ވަޑައިގަންނަވާނެވެސްމެ. ދެން އަޅުގަނޑަށްވެސް ފާހަގަކުރެވުނީ، ޙަޤީޤަތުގައި ދެޤައުމުގައި މިއޮންނަ ހަމަ ގާތް އިތުރަށް ހަރުދަނާވެގެންދިޔަ ކަމަށް. ދެން ހަމަ ވަރަށް ތަފްޞީލުކޮށް، މިބޭފުޅުންވެސް ހަމަ ސިލޯނު ސަރުކާރުގެ އެކިއެކި މިނިސްޓަރުންނާ އިންޓަރެކްޓް ކުރެއްވި. އަދި ޚާރިޖީ ވަޒީރުވެސް ވަކިން ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައި، ދެޤައުމުގެ ދޭތެރޭގައި ހުރި ކަންތައްތަކާމެދު ވާހަކަ ދެކެވުނު. އަދި އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ މި ސަރަޙައްދުގައި މިއުޅޭ ޤައުމުތަކަށް ކަނޑުގެ ސަލާމަތާ، މިކަންކަމާ ބެހޭގޮތުންވެސް އަޅުގަނޑުމެންގެ ތެރޭގައި ވާހަކަތަކެއް ދެކެވުނު. އެހެންވީމާ، އެކަންކަމުގައި އަޅުގަނޑުމެންގެ ކޮމަން ޕޮޒިޝަނަކަށް މިނެގީ، އިންޑިޔާ ކަނޑުގެ އިންޓްރެސްޓް އެންމެ ބޮޑަށް އޮންނާނީ އިންޑިޔާ ކަނޑަށް ފޭސްވާ ޤައުމުތަކަށޭ. ދިވެހިރާއްޖެ، އިންޑިޔާ، ސްރީލަންކާ. އެހެންވީމާ، އަޅުގަނޑުމެން މީގެ ބައެއް ކަންކަމަށް މިއީ އަޅުގަނޑުމެން ޓްރައިޕަރޓައިޓް އެއްބަސްވުންތަކެއް ހުންނަ ކަންކަން. ތިން ޤައުމުގެ އެއްބަސްވުން ހުންނަ ކަންކަން. އެހެންވީމާ، މިކަންކަމުގައި އަޅުގަނޑުމެންގެ ޕޮޒިޝަން ހަމަ ވަރަށް އެއްގޮތް.

ދެން އަޅުގަނޑުމެންގެ ކެންޑިޑޭޓުންނަށް ތާއީދުކޮށްދެއްވުމަށް އ.ދ.ގެ އެކިއެކި މަޤާމުތަކަށް، ނޫނިއްޔާ އެކި ކޮމިޓީތަކަށް އަޅުގަނޑުމެން ހުށަހަޅާ ނަންނަމަށް ތާއީދުކޮށްދެއްވުމަށް އިންޑިޔާގައިވެސް އަޅުގަނޑުމެން ދެންނެވިން. އިންޑިޔާއިންވެސް އަޅުގަނޑުމެންނަށް އެއަށް އާނ ބަސް ވިދާޅުވެފައި އޮތީ. ހަމައެގޮތަށް، ސިލޯނުވެސް ހަމަ އިސްވެ އެކަން ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވޭ. ސިލޯނަށް މިދިމާވާ އިންސާނީ ޙައްޤުތަކުގެ މައްސަލައިގައި، މިހާރު ސިލޯނުވެސް މިއުޅެނީ ސީމެގްގައި ޕްލޭސްވެގެން ދޮއެއްތޯ. މިކަންކަމުގައި މިހާތަނަށް ދިވެހިރާއްޖެއިން ހަމަ ވަރަށް ޕޮޒިޓިވްކޮށް ސިލޯނާ ދޭތެރޭގައި އަޅުގަނޑުމެން ބައިނަލްއަޤްވާމީ މައްސަލަތަކުގައި ހުންނާނީ އަޑުއުފުލާފައި. ދެން އެކަން ހަމަ ވަރަށް އެޕްރިޝިއޭޝަނާއެކީ، ވަރަށް އީޖާބީ ގޮތެއްގައި ބަލައިގަންނަވާ. ދެން ކޮންމެ ގޮތަކަށް، މިދެންނެވީ ކުރުކޮށްލާފައި ވާހަކަ ދަންނަވާ ކަމަށްވަންޏާ، ހަމަ ދަންނަވަންޖެހެނީ، ސިލޯނަކީ އަޅުގަނޑުމެންގެ ދިވެހިން ހަމަ ވަރަށް ދޯޅު ފަރިތަ ރަށެކޭ. އެހެންވީމާ، އަޅުގަނޑުމެން އެކޮޅުގައި ތިބޭ ދިވެހިންނަށް ފަސޭހަ ގޮތްތަކެއް، ކަންކަމުގައި ވުމަކީ އަޅުގަނޑުމެން އެދޭ ކަމެކޭ. އެހެންވީމާ، އެކަންކަން އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ކުރާނަން.

މިހާރު އަނެއްކާ އަޅުގަނޑުމެން ސިލޯނު ސަރުކާރާ ގުޅިގެން ޚާރިޖިއްޔާއިން މަސައްކަތްތަކެއް އެ ފަށްޓަވަނީ. އެއީ ސިލޯނުގައި ދިރިއުޅޭ ހުރިހާ ދިވެހިންގެ ރަޖިސްޓްރީއެއް މިވަގުތަކު ސަރުކާރުގެ އެއްވެސް ތަނަކު ނެތް. އެހެންވީމާ، މިހާރު އިރާދަކުރެއްވިއްޔާ، މި ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި، ސިލޯނުގައި ދިރިއުޅުއްވަމުން ގެންދަވާ ހުރިހާ ދިވެހި ރައްޔިތުންގެ ނަމާއި އެޑްރެސްތަކާ އެއްޗެހި އަޅުގަނޑުމެން ސިލޯނު ސަރުކާރާ ގުޅިގެން، މިހޯދަނީ، އެއްވެސް ކަމެއް ދިމާވެއްޖެ ކަމަށްވަންޏާ، އަޅުގަނޑުމެން އެމްބަސީއަކީ އިސްވެ ދިވެހިންގެ ބޭނުންތަކަށް އިޖާބަދޭނެ ތަނަކަށްވުމަށްޓަކައި. އެމްބަސީގައި މިހާރު ދުންޔާ ހަމަޖައްސަވާފައި އެއޮތީ، ވަރަށް ވަރުގަދަ ކޮންސިއުލަރ ޑިޕާޓްމަންޓެއް އެ ހެއްދެވީ. އޭގެ ބޭނުމަކަށްވަނީ، ސިލޯނުގައި ހަމަ ދިރިއުޅޭ ދިވެހިންނަށް ދިމާވާ އެކިއެކި މައްސަލަތަކުގައި، އަޅުގަނޑުމެން ސަރުކާރުގެ ފަރާތުން އެމްބަސީން ހަމަ ޚިދްމަތްތަކެއް ފޯރުކޮށްދެއްވުމަށް.

މުރުޝިދު ޢަބްދުލްޙަކީމް – ސަން މީޑިއާ

މަރުގެ ޙުކުމާ ބެހޭގޮތުން ހޯމް މިނިސްޓަރ ނެރުއްވި އަމުރަކީ، އެމަނިކުފާނުގެ އަމުރެއްކަމަށް ވިދާޅުވީ. ވަޒީރުންގެ މަޖިލީހުގެ މަޝްވަރާތަކަށްފަހު، މި އަމުރު ބަދަލުވެގެން ދިޔުމުގެ ފުރްޞަތެއް އެބައޮތްތޯ؟

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް

ވަޒީރުންގެ މަޖިލީހުގައި އަޅުގަނޑުމެން އެ އަމުރާ ބެހޭގޮތުން އަޅުގަނޑުމެން ވާހަކަ ދައްކާނެ ދޮއެއްތޯ. ދެން ހޯމް މިނިސްޓަރު އެ ވިދާޅުވި ވާހަކަފުޅަކީ، މިހާރުވެސް ޤާނޫނުލްޢުޤޫބާތުގައި އެކަން އޮތްގޮތް ދޮއެއްތޯ. އެހެންވީމާ، އެއީކީއެއް، އެ ވިދާޅުވީތީ ގޯސް ވާހަކައެއް ނޫން އިނގޭތޯ. ޤާނޫނުގައި މިހާރުވެސް އެއަށް ޖާގަ އޮތް ވާހަކަ އިނގޭތޯ. ދެން ހޯމް މިނިސްޓަރު ހަމަ އެވާހަކަ އަޅުގަނޑުމެންނާ ހަމައަށްވެސް ގެންނަވާނެވެސްމެ. ދެން އަޅުގަނޑު ހަމަ މިހިރީ އިރާދަކުރެއްވިއްޔާ، ވަރަށް އަވަހަށް ކެބިނެޓްގައި ފުޅާ ދާއިރާއެއްގައި މި މަޝްވަރާ ކުރަން. މިހާރުވެސް ޤާނޫނުގައި އޮތީ މިގޮތަށް. ދެން އަޅުގަނޑުމެންގެ މި ސިޔާސީ ޕާޓީތަކުގައި، އިންތިޚާބުގެ ތެރޭގައި މަސައްކަތް ކުރިއިރު، އަޅުގަނޑުމެން ހުރިހާ ސިޔާސީ ލީޑަރުންގެ ވާހަކަ އެއްގޮތްކުރައްވާފައި ވިދާޅުވެފައި އޮންނާނެ، އަޅުގަނޑުމެން ހުރިހާ އެންމެންވެސް ބޭނުންވަނީ، ދިވެހިރާއްޖޭގައި މަޢުޞޫމް މުޖުތަމަޢުގެ ޙައްޤުތައް ކުރިއަށް ނެރުން، ކުށްވެރިންގެ ޙައްޤަށްވުރެ އިނގޭތޯ. ކުށްވެރިންގެ ޙައްޤުތަކެއް އޮންނާނެ. އެ ޙައްޤަށް ޤާނޫނުގެ ތެރެއިން ސަރުކާރުންދޭ ހުރިހާ ޖާގައެއް ދޭނެ. އަދި ޝަރުޢީ ދާއިރާގެ ތެރެއިންވެސް މުއައްސަސާތަކުން ދެއްވާ ހުރިހާ ޖާގައެއް ދެއްވާނެ. އެކަމަކު އެޔާއެކީވެސް އިސްވެ ސަރުކާރެއްގެ ޒިންމާ އޮންނާނީ، މަޢުޞޫމް ރައްޔިތުން ޙިމާޔަތް ކުރުން ދޮއެއްތޯ. އެމީހެއްގެ ޙައްޤުތައް ޙިމާޔަތް ކުރުން. އެހެންވީމާ، އަޅުގަނޑުގެ ސަރުކާރުގެ ޕޮޒިޝަނަކަށްވާނީ ހަމަ މި ސޮސައިޓީ ޙިމާޔަތް ކުރުން ދޮއެއްތޯ. އަދި މިކަހަލަ ބޮޑެތި ޖަރީމާތައް ހިންގުމަށް ޖާގަ ނުދިނުން އެއީ އަޅުގަނޑުމެންގެ ސަރުކާރުގެ އަމާޒު.
________________________