ޤާނޫނު ނަންބަރު 2013/14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު)ގެ 17 ވަނަ މާއްދާގެ (ށ)އާ ޙަވާލާދީ، ރާއްޖޭގެ ޖަލުތައް ބެލެހެއްޓުމާއި، ޕެރޯލްގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ ޙަވާލުވެފައިވާ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ހިނގަމުންދާނީ، މިނިސްޓަރ އޮފް ހޯމްއެފެއާޒްގެ ބެއްލެވުމުގެ ދަށުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.