ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ސަރުކާރުގެ ޚާރިޖީ ސިޔާސަތު މިއަދު އިޢުލާނު ކުރައްވާނެއެވެ. ޚާރިޖީ ސިޔާސަތު އިޢުލާނު ކޮށްދެއްވުމުގެ ރަސްމިއްޔާތު އޮންނާނީ، މިއަދު މެންދުރުފަހު 2.30 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ޚާރިޖީ ސިޔާސަތު އިޢުލާނު ކުރައްވައި، ރައީސުލްޖުމްހޫރިއްޔާ މި ރަސްމިއްޔާތުގައި ދައްކަވާ ވާހަކަފުޅުގައި، ދިވެހި ޚާރިޖިއްޔާގެ ޤާބިލުކަން އިތުރުކުރެއްވުމަށްޓަކައި ކުރައްވަން ނިންމަވާފައިވާ މުހިންމު ކަންކަމުގެ މައްޗަށް ބައްލަވައިލައްވާނެއެވެ.