ނިލަންދެއަތޮޅު ދެކުނުބުރީ [ވާނީ] ގައި މިހާރު މީހުން ދިރިއުޅެމުން ނުދާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 8 ވަނަ ބާބާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް، ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން، ނިލަންދެއަތޮޅު ދެކުނުބުރީ [ވާނީ] އަކީ މީހުން ދިރިނޫޅޭ ރަށެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން މިއަދު ކަނޑައަޅުއްވައިފިއެވެ.