ޤާނޫނު ނަންބަރު 2013/12 (މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނު)ގެ 60 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ [ޓްރެފިކްކުރުމާ ގުޅޭ ކަންކަން ވިލަރެސްކުރާ ކޮމިޓީ] އަށް ރައްޔިތުންގެ މަޖިލީހުން ކަނޑައެޅުއްވި އެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން، އެކޮމިޓީއަށް އެ ޤާނޫނުގެ ދަށުން ހަމަޖައްސަވަންޖެހޭ އެހެން މެންބަރުން، މިދިޔަ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވުމާ ގުޅިގެން، އެ މެންބަރުންގެ ނަންފުޅުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންވަނީ އިޢުލާންކުރައްވާފައެވެ.