ރައީސުލްޖުމްހޫރިއްޔާ، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުގެ ނައިބުކަމުގެ މަޤާމަށް ދެބޭފުޅަކާއި، މިނިސްޓަރ އޮފް ހޯމް އެފެއާޒުގެ ނައިބު ކަމުގެ މަޤާމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފިއެވެ.

މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުގެ ނައިބު ކަމުގެ މަޤާމަށް ޢައްޔަން ކުރެއްވި ދެ ބޭފުޅުންނަކީ، ދަފްތަރު ނަންބަރު 6895 އަލްފާޟިލް ޚޫރުޝީދު ތައުފީޤާއި، މ.ރެވިނަލަ އަލްފާޟިލް މުޙައްމަދު ޝަރީފެވެ. މިނިސްޓަރ އޮފް ހޯމްއެފެއާޒުގެ ނައިބު ކަމުގެ މަޤާމަށް ޢައްޔަން ކުރެއްވީ، މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ ރަންކޮކާގޭ އަލްފާޟިލް މޫސާ ފަތުޙީ އާދަމެވެ.