ޤާނޫނު ނަންބަރު 2011/8 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނު) ގެ 28 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަން އެކުލަވާލައްވައި، އެ ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ހޮއްވަވާފައިވާ މިދަންނަވާ 5 ބޭފުޅުން، އެ ކޮމިޝަނުގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
1. އަލްފާޟިލާ ވިޒާދު ޢަލީ ހ.އާޒާދެވާދީ
2. އަލްފާޟިލް ޔޫސުފް މާނިޢު މުޙައްމަދު ގ.އަތަ
3. އަލްއުސްތާޛާ ޖިހާދާ އަނީސް ބްލޫރޯޒް، ގއ.ކަނޑުހުޅުދޫ
4. އަލްއުސްތާޛާ ފަރީޝާ އާދަމް ގ.ވަޒަންވެހި
5. އަލްފާޟިލާ ފާޠިމަތު ޝަމްވީލާ ގ.ޢަލީއާބާދު