ރައީސުލްޖުމްހޫރިއްޔާ، 5 މިނިސްޓްރީއެއްގެ މިނިސްޓަރުގެ ނައިބު ކަމުގެ މަޤާމަށް ބޭފުޅުން ޢައްޔަނު ކުރައްވައިފިއެވެ. އެގޮތުން ޢައްޔަނު ކުރެއްވި ބޭފުޅުންނާއި، އެބޭފުޅުން ޢައްޔަނު ކުރެއްވި މިނިސްޓްރީތައް މިދަންނަވަނީއެވެ.

1. މިނިސްޓަރ އޮފް ހެލްތް އެންޑް ޖެންޑަރގެ ނައިބު ކަމުގެ މަޤާމަށް ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށި އޯކިޑްމާގޭ އަލްފާޟިލް އާދަމް ޛާލިފް. އޭނާ މިހާތަނަށް ހުންނެވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ނައިބު ކަމުގެ މަޤާމުގައި.

2. މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނައިބު ކަމުގެ މަޤާމަށް ތިލަދުންމަތި އުތުރުބުރީ ވަށަފަރު ބޮޑުގޭ އަލްފާޟިލް ޙުސައިން ޙަނީފް.

3. މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ނައިބު ކަމުގެ މަޤާމަށް މާފަންނު މުލި އަލްފާޟިލް އިކްރާމް ޙަސަން.

4. މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ނައިބު ކަމުގެ މަޤާމަށް އައްޑުއަތޮޅު ހިތަދޫ މުދިންގޭ އަލްފާޟިލް އަޠްހަރު ޙަލީމް.

5. މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނައިބު ކަމުގެ މަޤާމަށް ތިލަދުންމަތި ދެކުނުބުރީ ވައިކަރަދޫ ޖޭޒްމީން އަލްފާޟިލް ޙުސައިން ޒާމިރު.