ޤާނޫނު ނަންބަރު 2011/17 (މަސްތުވާ ތަކެއްޗާބެހޭ ޤާނޫނު)ގެ 26 ވަނަ މާއްދާގެ (ހ)ގެ ދަށުން އުފައްދަވާފައިވާ ނޭޝަނަލް ޑްރަގް އެޖެންސީގެ ބޯޑު، ރައީސުލްޖުމްހޫރިއްޔާ އަލުން އެކުލަވައިލައްވައިފިއެވެ. މިގޮތުން، ބޯޑުގެ ޗެއަރމަނަކަށް ހަމަޖައްސަވާފައިވަނީ، މިނިސްޓަރ އޮފް ހެލްތް އެންޑް ޖެންޑަރގެ ނައިބު އަލްފާޟިލް މުޙަންމަދު މާހިރެވެ. ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާޒް ސެކްރެޓަރީ އަލްއުސްތާޛާ ޢާއިޝަތު ބިޝާމާއި، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ އެގްޒެކެޓިވް ޑިރެކްޓަރ އަލްފާޟިލް ޙާމިދު ޔޫސުފާއި، މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ނައިބު އަލްފާޟިލް ނާއިފް ޝައުކަތާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ފާޠިމަތު ޢައްޒާއާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ލެފްޓެނަންޓް ކާނަލް ޑޮކްޓަރ ޢަލީ ޝާހިދު މުޙަންމަދާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙަންމަދު ރަޝީދާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އެސިސްޓެންޓް ކޮމިޝަނަރ އޮފް ކަސްޓަމްސް އަލްފާޟިލާ އާމިނަތު ރަޝީދާއާއި، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އަލްފާޟިލް ޢަބްދުﷲ ވަޙީދާއި، މަސްތުވާ ތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ އަމިއްލަ ޖަމާޢަތެއް ކަމަށްވާ ޖަރނީ އިން އަލްފާޟިލް މުޙަންމަދު ޒުބައިރެވެ.