ރައީސުލްޖުމްހޫރިއްޔާ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށާއި، މިނިސްޓްރީ އޮފް ހެލްތް އެންޑް ޖެންޑަރ އަށް ނައިބުން ޢައްޔަނު ކުރައްވައިފިއެވެ. މިގޮތުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ ނައިބު ކަމުގެ މަޤާމަށް ޢައްޔަނު ކުރެއްވީ މާފަންނު ރޭޝަމް ޑޮކްޓަރ ޢާއިޝަތު މުނީޒާއެވެ. ޢާއިޝަތު މުނީޒާއަކީ، މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން ޤާނޫނީ ރޮނގުން ޕީ.އެޗް.ޑީ ޙާޞިލު ކުރައްވާފައިވާ ބޭފުޅެކެވެ. މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ ނައިބު ކަމުގެ މަޤާމަށް ޢައްޔަނު ކުރެއްވީ މައްޗަންގޮޅީ ރެސްޓިންގ ހައުސް އަލްފާޟިލާ ފާޠިމަތު ޢިނާޔާއެވެ. ފާޠިމަތު ޢިނާޔާ މިހާތަނަށް ހުންނެވީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޖޮއިންޓް ސެކްރެޓަރީ ކަމުގެ މަޤާމުގައެވެ. މިނިސްޓަރ އޮފް ހެލްތް އެންޑް ޖެންޑަރގެ ނައިބު ކަމުގެ މަޤާމަށް ޢައްޔަނު ކުރެއްވީ، ދަފްތަރު ނަންބަރު 1540 އަލްފާޟިލް މުޙަންމަދު މާހިރެވެ.