ރައީސުލްޖުމްހޫރިއްޔާ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް އެންޑް ޖެންޑަރ ކަމަށް ދަފްތަރު ނަންބަރު 5485 އަލްފާޟިލް ފުއާދު ޤާސިމް ޢައްޔަނު ކުރައްވައިފިއެވެ. ފުއާދު ޤާސިމް މިހާތަނަށް ހުންނެވީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިޝަރީޒް އެންޑް އެގްރިކަލްޗަރ ކަމުގެ މަޤާމުގައެވެ. މީގެއިތުރުން ފޮރިން ސެކްރެޓަރީ ކަމަށް ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ބެންހާގޭ ޑޮކްޓަރ ޢަލީ ނަޞީރު މުޙަންމަދު ޢައްޔަނު ކުރައްވައިފިއެވެ. ޢަލީ ނަޞީރު މުޙަންމަދު މިހާތަނަށް ހުންނެވީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓަރީގެ މަޤާމުގައެވެ.