ހަތްވަނަ ސާކް ސްޕީކަރޒް އެންޑް ޕާލަމެންޓޭރިއަންސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ސާކް ޕާލަމެންޓަރީ ގްރޫޕްތަކުގެ ރައީސުންގެ ޝަރަފުގައި، ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ރޭ ފަރިއްކޮޅެއް ދެއްވައިފިއެވެ.

ޕެރެޑައިސް އައިލެންޑް ރިޒޯޓްގައި، ބޭއްވެވި މި ފަރިއްކޮޅުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ސާކް ސެކްރެޓަރީ ޖެނެރަލް އަޙްމަދު ސަލީމާއި، ސަރުކާރުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.