ރައީސުލްޖުމްހޫރިއްޔާ، ދެ މިނިސްޓްރީއެއްގެ މިނިސްޓަރުގެ ނައިބު ކަމުގެ މަޤާމަށް ދެ ބޭފުޅަކު ޢައްޔަނު ކުރައްވައިފިއެވެ. އެގޮތުން ޢައްޔަނު ކުރެއްވި ދެ ބޭފުޅުންނަކީ، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ނައިބު ކަމުގެ މަޤާމަށް، ދަފްތަރު ނަންބަރު 1434 އަލްފާޟިލް ޢަބްދުﷲ ވަޙީދާއި، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނައިބު ކަމުގެ މަޤާމަށް ހައްދުންމަތި މާމެންދޫ ޕެރިސް އަލްފާޟިލް ޢަބްދުލްޙަލީމް ޢަބްދުލްޣަފޫރެވެ.