ދެ މިނިސްޓްރީއެއްގެ ސްޓޭޓް މިނިސްޓަރުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ، ދެ ބޭފުޅަކު ޢައްޔަނު ކުރައްވައިފިއެވެ. އެގޮތުން ޢައްޔަނު ކުރެއްވީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް އެންޑް އެނަރޖީ ކަމަށް އައްޑުއަތޮޅު މަރަދޫފޭދޫ ބަގީޗާގޭ އަލްފާޟިލް ޙަސަން ޝާހާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން ކަމަށް ގަލޮޅު ތަރިޖެހިގޭ އަލްފާޟިލް މުޙަންމަދު އަނީސެވެ.